ރަމަޟާން މަހުގައި މިސްކިތްތަކުގައި ރޯދަވީއްލުން ސައުދީ ސަރުކާރުން މަނާކޮށްފި

މިސްކިތްތަކުގެ ސާފުތާހިރުކަމަށް އަސަރުކުރާކަމަށްބުނެ ރަމަޟާން މަހުގެ ތެރޭގައި މިސްކިތްތަކުގެ ތެރޭގައި ރޯދަވީއްލުން ސައުދީ އަރަބިއާ ސަރުކާރުން މަނާކޮށްފިއެވެ. ސައުދީ އަރަބިއާގެ އިސްލާމިކް މިނިސްޓްރީއިން ނިމިދިޔަ ހަފްތާގައި ނެރުނު ބަޔާނުގައި ބުނެފައިވަނީ މިސްކިތުގެ ސާފުތާހިރުކަން ދެމެހެއްޓުމުގެ ގޮތުން މިސްކިތްތަކުގެ އެތެރޭގައި ރޯދަވީއްލުމުގެ ކަންކަން ކޮށްގެން ނުވާނެކަމަށެވެ. އެގޮތުން، މިސްކިތްތަކުގެ އިމާމުންނާއި މިސްކިތް ބަލަހަށްޓާ ފަރާތްތަކުން މިސްކިތުގެ ބޭރު ގޯތި ތެރޭގައި ރޯދަވީއްލުމުގެ ކަންކަން އިންތިޒާމުކުރުމަށް އަންގައި އެ ވުޒާރާއިން ބުނީ، ރޯދަ ވީއްލުމުގެ ބޭނުމުގައި ހާއްސަ ކޮޓަރިތަކާއި، ޓެންޓުތައް […]
އިންޑިއާގެ ކަނޑުގެ ސިފައިންގެ ތަދުބީރީ ބޭސްއެއް ރާއްޖެ ކައިރީގައި ހުޅުވަނީ

ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރައި ގައުމަށް ގެންދިޔުމަށް ހަމަޖެހިފައިވާ ވަގުތު ކުޑަތަން ވެފައިވާއިރު، ދިވެހިރާއްޖެއާއި ގާތުގައި އޮންނަ ރަށްތަކުގައި އިންޑިއާ ކަނޑުގެ ސިފައިންގެ “ސްޓްރެޓީޖިކް” ބޭސްތަކެއް ހުޅުވުމަށް ތައްޔާރުވެފައިވާކަން ހާމަކޮށްފިއެވެ. އިންޑިއާ ކަނޑުގެ ސިފައިން ބުނެފައިވާ ގޮތުގައި މާރޗް 6 ވަނަ ދުވަހު އިންޑިއާގެ ލަކްޝްވަދީބުގައި ހުޅުވުމަށް ހަމަޖެހިފައިވާ ބޭސްއާއެކު ވަކިން އޮންނަ ކުޑަ ސަރަހައްދެއް “މިނިވަން ނޭވަލް ޔުނިޓް” އަކަށް ބަދަލުކުރެވިގެން ދާނެއެވެ. އިންޑިއާގެ ލަކްޝަދީބަކީ ދިވެހިރާއްޖޭގެ އުތުރުން 130 ކިލޯމީޓަރު ދުރުގައި އޮންނަ […]
މެލޭޝިއާގެ ފުރަތަމަ ޕޭޕަރލެސް އިމްތިހާން މަނިޕާލް ޔުނިވަރސިޓީ ކޮލެޖް މެލޭޝިއާގައި ބާއްވައިފި

ސިއްހީ ތައުލީމް އުނގަންނައިދޭ މަނިޕާލް ޔުނިވަރސިޓީ ކޮލެޖް މެލޭޝިއާ (އެމްޔޫސީއެމް) ގައި މެލޭޝިއާގެ ފުރަތަމަ ޕޭޕަރލެސް ޑިޖިޓަލް އިމްތިހާނު ބާއްވައިފިއެވެ. އެމްޔޫސީއެމްގެ ދަތުރު ޑިޖިޓަލައިޒްކުރުމަށްކުރާ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި، އެ ކޮލެޖުންވަނީ ފެކަލްޓީ އޮފް ޑެންޓިސްޓްރީގެ 130 ދަރިވަރުންގެ އިމްތިހާނު ކާމިޔާބުކަމާއެކު ފުރިހަމަ ކޮށްދީފައެވެ. 26 ފެބްރުއަރީ ގައި ބޭއްވި މި އިމްތިހާނުގައި ދަރިވަރުން ޖަވާބުދިނުމަށް ބޭނުންކޮށްފައިވަނީ އެމްޔޫސީއެމް އިން ދީފައިވާ އީޕެޑް ތަކެވެ. މިގޮތުން، ފެކަލްޓީ އޮފް މެޑިސިންގެ 262 ދަރިވަރަކު މާރޗް މަހުގެ ތެރޭގައި […]
ޣައްޒާގެ ކޮންމެ ހަތަރު މީހަކުން އެކަކު ތިބީ ބަނޑަށްޖެހުމުގެ މަގުމަތީގައި: ޔޫއެން

ފަލަސްތީނުގެ ޣައްޒާގައި މިވަގުތު ތިބި ކޮންމެ ހަތަރު މީހަކުން އެކަކު ތިބީ ބަނޑަށްޖެހުމާއި ‘އެއް ފިޔަވަޅު ދުރުގައި’ ކަމަށް އެކުވެރި ދައުލަތުން ބުނެފިއެވެ. އަދި އިންސާނީ އެހީ ފޯރުކޮށްދޭ ޖަމިއްޔާ ޖަމާއަތްތަކަށް އެހީ ފޯރުކޮށްދިނުމަށް ދިމާވަމުންދާ ދަތިތަކާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ޣައްޒާގެ ހާލަތު އިތުރަށް ގޯސްވާނެކަމަށްވެސް ޔޫއެންއިން ވަނީ ލަފާކޮށްފައެވެ. ޔޫއެންގެ ހިއުމެނިޓޭރިއަން އޮފީހުގެ ކޯޑިނޭޝަން ޑިރެކްޓަރ ރަމޭޝް ރާޖަސިންގްހަމް ބުނެފައިވާގޮތުގައި ބަނޑަށް ޖެހުމުގެ މަގުމަތީގައި ތިބި 575،000 މީހަކު މިވަގުތު ޣައްޒާގައި ތިބި އިރު، […]
ކުރީގެ ބޮޑުވަޒީރު މުހްޔުއްދީންގެ މައްޗަށް ސާބިތުނުވާކަމަށް ބުނި ކޮރަޕްޝަންގެ މައްސަލަތައް މެލޭޝިއާގެ އިސްތިއުނާފީ ކޯޓުން ބަލައިގަނެފި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މުހްޔުއްދީން ޔާސީންގެ މައްޗަށް އުފުލާފައިވާ ބާރާއި ނުފޫޒުގެ ނާޖާއިޒު މަންފާ ނެގުމުގެ ހަތަރު މައްސަލައެއް އޭނާގެ މައްޗަށް ސާބިތުނުވާކަމަށް ނިންމި ނިންމުން މެލޭޝިއާގެ ކޯޓް އޮފް އެޕީލްއިން ބާތިލުކޮށްފިއެވެ. ދަ ސްޓާރ ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްތިއުނާފީ ކޯޓުގެ ތިން މެންބަރުންގެ ޕެނަލަކުން ބެލި މިމައްސަލާގައި، މުހްޔުއްދީންގެ މައްޗަށް އުފުލި ދައުވާތަކަކީ އެއްވެސް ސާބިތުނުކުރެވޭ ދައުވާތަކެއްކަމަށް ބުނެ ނިމި ދިޔަ އަހަރުގެ ތެރޭގައި މެލޭޝިއާގެ ހައިކޯޓުން ނެރުނު އަމުރަކީ ބާތިލް އަމުރެއްކަމަށް ވަނީ […]
އިޒްރޭލަކީ ޔަހޫދީ ގައުމެއް ނޫން، ޤާތިލުންގެ ޒަޔަނިސްޓް ގައުމެއް: ޔަހޫދީން

އިޒްރޭލަކީ ޔަހޫދީ ގައުމެއް ނޫންކަމަށާއި، އެއީ ޤާތިލުންނާއި ގަތުލުއާންމު ހިންގާ ޒަޔަނިސްޓުންގެ ގައުނެއް ކަމަށް ޔަހޫދީން ބުނެފިއެވެ. އެކްސްގައި “ތޯރާހްޖުޑައިޒަމް” ގެ ނަމުން ހިންގާ އެކައުންޓުގައި ޔަހޫދީން ޝައިއުކުރި ޕޯސްޓެއްގައި ބުނެފައިވަނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ގަތުލުއާންމެއް ހިންގާތާ 75 އަހަރު ވެފައިވާކަމަށެވެ. “އެންމެ މާތް ބިމުގައު ޒަޔަނިޒަމް އާލާވެ އާންމުވުމަަށްފަހު މިއަދާއި ހަމައަށްވެސް އެބިމުގައި އޮންނަ ޔަހޫދީ މުޖުތަމައު އަންނަނީ ޒަޔަނިޒަމްގެ ވަކިތަކާއި ހަލާކުކުރަނިވި ފިކުރާއި ހަނގުރާމަ ކުރަމުން.” ޔަހޫދީން ބުނެފައިވެއެވެ. މީގެއިތުރުން، ޒަޔަނިޒަމްއާއި […]
ޔަމަނުން ގަލްފް އޮފް އޭޑެންގައި އޮތް އެމެރިކާގެ ތެޔޮ ޓޭންކަރަކަށް ހަމަލާދީފި

ގަލްފް އޮފް އޭޑެންގައި އެމެރިކާ ދިދަ ޖަހައިގެން ދަތުރުކުރަމުންދިޔަ އެމްވީ ޓޯރމް ތޯރ ނަމަކަށް ކިޔާ ތެޔޮ ޓޭންކަރަކަށް ޔަމަނުގެ ހޫތީ މުޖާހިދުން ހަމަލާދީފިއެވެ. ހޫތީންގެ ތަރުޖަމާނު، ޔަހްޔާ ސާރެއާ ބުނެފައިވާ ގޮތުގައި އެ ތެޔޮ ޓޭންކަރަކީ އެމެރިކާގެ، އެމެރިކާއިން އޮޕަރޭޓްކުރާ އުޅަނދެއް ކަމަށާއި ހަމަލާދިނީ ނޭވަލް މިސައިލް ބޭނުންކޮށްގެންނެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހޮނިހިރު ދުވަހު ބުނެފައިވާގޮތުގައި އެގައުމުގެ ގައިޑެޑް މިސައިލް ޑިސްޓްރޯޔަރއެއް ކަމަށްވާ ޔޫއެސްއެސް މޭސަން އިން ގަލްފް އޮފް އޭޑެންއިން […]
އަޔަރލެންޑް ސެނެޓުން އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމައިފި

އިޒްރޭލުން ޣައްޒާގައި ހިންގަމުންގެންދާ ގަތުލުއާންމާއެކު ދުނިޔޭގެ ގިނަ ގައުމުތަކުގެ ސަރުކާރުތަކުން އިޒްރޭލާ ދެކޮޅަށް ގިނަ ވާހަކަތަކެއް ދެއްކުމަށްފަހު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާއިރު، އަޔަރލެންޑުން އިޒްރޭލާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ. އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އަޔަރލެންޑުގެ އިންތިހާބީ މަޖިލީހުން ނިންމާފައިވާއިރު، އެގައުމުގެ ވައިގެ ސަރަހައްދު ބޭނުންކޮށްގެން އެމެރިކާއިން އިޒްރޭލަށް ހަތިޔާރު އެތެރެކުރުން ހުއްޓުވުމަށާއި އިޒްރޭލާއި ދެކޮޅަށް ބައިނަލްއަޤްވާމީ އާމްސް އެމްބާގޯއެއް އިއުލާނުކުރުމަށް ވަކާލާތުކުރުމަށް އަޔަރލެންޑުގެ ސެނެޓުން ވަނީ ފާސްކޮށްފައެވެ. ޣައިރު މުސްލިމު […]
އިޒްރޭލު އެމްބަސީ ކުރިމަތީގައި އެމެރިކާ ސިފައިންގެ މީހަކު އަމިއްލައަށް ގައިގައި އަލިފާން ރޯކޮށްލައިފި

ވޮޝިންގްޓަންގައި ހުންނަ އިޒްރޭލް އެމްބަސީ ކުރިމަތީގައި އެމެރިކާ ސިފައިންގެ މީހަކު އޭނާގެ އަމިއްލަ ގައިގާ އަލިފާން ރޯކޮށްލައިފިއެވެ. އޭނާ ބުނެފައިވަނީ، “އަހަރެންނަކީ އެމެރިކާ އެއަރ ފޯސްގެ އެކްޓިވް ޑިއުޓީ މެންބަރެއް” ކަމަށާއި “މީގެފަހުން ގަތުލުއާންމުގައި އެއްގޮތަކަށްވެސް ހިއްސާ ނުވާނެ” ކަމަށެވެ. އެހެން ބުނެ ގައިގާ އަލިފާން ރޯކޮށްލުމަށްފަހު އޭނާ ގެންދިޔައީ ތަކުރާރުކޮށް ފަލަސްތީނު މިނިވަން ކުރުމަށް ގޮވާލަމުންނެވެ. އަލިފާން ރޯވެފައި ހުރިއިރު “ފްރީ ޕަލަސްޓައިން” ތަކުރާރުކޮށް ގޮވަމުން ގެންދިޔައެވެ.
މަގާމުގެ ގޮތުން ހެދުން އަޅަންޖެހޭ ރަސްމީ އުސޫލު ސައުދީއިން އާންމުކޮށްފި

ސައުދީ އަރަބިއާގެ ފިރިހެނުން އެ މީހުން ތިބޭ މަގާމުގެ ގޮތުން ރަސްމީ ބައްދަލުވުންތަކާއި ވަޒީފާއަށްދާއިރު ހެދުން އަޅަންޖެހޭ ގޮތުގެ ރަސްމީ އުސޫލެއް އެކުލަވާލައި އާންމުކޮށްފިއެވެ. މިގޮތުން، ސައުދީ އަރަބިއާގައި ފިރިހެނުންނަށް ޚާއްސަ ސަގާފީ ހެދުމެއް ކަމަށްވާ ބިޝްތް، ބޭނުންކުރަން ޖެހޭ ބައެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އަމީރުންނާއި، ޑެޕިއުޓީ އަމީރުންނާއި، ގަވަރްނަރުންންނާއި، ވަޒީރުންނާއި، ނައިބު ވަޒީރުންނާއި، މިނިވަން ޑިޕާޓްމަންޓްތަކުގެ ވެރީންނާއި، ވެރީންގެ ނައިބުންގެ އިތުރުން ޓައުން ސެންޓަރުތަކުގެ ވެރީންނެވެ. މި ފަރާތްތަކުން ވަޒީފާއަދާކުރާ ތަނަށް ވަންނައިރު އަދި ނުކުންނައިރު […]