ހިޔާ ފްލެޓުގެ ބެލްކަންޏެއްގައި ކުޑަކުއްޖަކު އެކަހެރިކޮށް ބަންދުކޮށްފައި ބެހެއްޓި މައްސަލައެއް ބަލަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުގެ ބެލްކަންޏެއްގައި ކުޑަކުއްޖަކު އެކަހެރިކޮށް ތަޅުލާފައި ބެހެއްޓި މައްސަލައެއް ބަލަން ފަށައިފިއެވެ. ރޭގެ ވަގުތެއްގައި ހިޔާ ފްލެޓުގެ ބެލްކަންޏެއްގައި ކުޑަކުއްޖަކު އެކަހެރިކޮށް ތަޅުލާފައި ހުރި ވީޑިއޯއެއް ސޯޝަލްމީޑިއާގައި ދައުރުވަމުންދާތީ އެކަމާ ގުޅިގެން އެޗްއާރްސީއެމްއިން ބުނީ ކަމާބެހޭ އިދާރާތަކުން އެ މައްސަލަ ބަލަމުންދާ ކަމަށެވެ. ކުޑަކުދިންނާ ގުޅުން ހުރި މިފަދަ ވީޑިއޯތައް ސޯޝަލްމީޑިއާގައި ދައުރުކުރުމަކީ ކުޑަކުދިންގެ ކަރާމާތަށް ނުސީދާ ގޮތަކަށް އަސަރު ކޮށްފާނެ ކަމެއްކަން ފާހަގަކޮށް ކުޑަކުދިންނާ ގުޅުންހުރި މިފަދަ ވީޑިއޯތައް […]
ޑރ.މުޢިއްޒު މާދަމާ އަރިއަތޮޅަށް, ސެމްބެ ހުވަދުއަތޮޅަށް

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު މާދަމާ އަރިއަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ޑރ.މުޢިއްޒުގެ އިންތިޚާބީ އެެޖެންޓް މުޙައްމަދު ޠޮލާލް ވިދާޅުވީ އއ.އަތޮޅާއި އދ.އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި ޑރ.މުޢިއްޒު މާދަމާ ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ދެ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަތުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާރޭ ކަމަށް ޠޮލާލް ވިދާޅުވިއެވެ. މީގެއިތުރުން ޑރ.މުޢިއްޒުގެ ރަނިންގމޭޓް ޙުސައިން މުޙައްމަދު […]
އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނައިބު ނައުޝާދު މަގާމުން ވަކިކޮށްފި

ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނައިބު ނައުޝާދު ވަޙީދު ޙަސަން މަނިކު އެ މަގާމުން ވަކިކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނައުޝާދަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނައުޝާދަކީ ދިވެހި ދައުލަތަށާއި ރާއްޖޭގެ ޑިމޮކްރެސީގެ ހަރަކާތްތަށް އެންމެ ޚިދުމަތް ކުރެއްވި އެކަކު ކަމަށާއި އޭނާ […]
ބޭބެއަށް ހަމަލާދީ މަރައިލި ކޮއްކޮ 12 އަހަރަށް ޖަލަށް

އައްޑޫ ސިޓީގައި ބޭބެއަށް ހަމަލާދީ މަރައިލިކަމުގެ ދައުވާ ލިބޭ ކޮއްކޮ ކުށަށް އިއުތިރާފުވެފައިވާތީ 12 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. މަރަދޫފޭދޫގައި އެއްބަނޑުއެއްބަފާ ބޭބެއަށް ކަތުރަކުން ހަމަލާދީ މަރައިލި މައްސަލާގައި ދައުވާ ކުރަނީ އެ ރަށު ބްލޫސްޓާރ ޙުސައިން މަވާޒުގެ މައްޗަށެވެ. ބްލޫސްޓާރ, އަޙްމަދު ޝުއައިބުގެ މަރުގެ މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މަވާޒު ވަނީ ކުށަށް އިއުތިރާފުވެ ހާދިސާ ހިނގި ގޮތް ކިޔައިދީ, އެކަމަށް ހިތާމަ ކުރާ ކަމަށާއި ތައުބާވެފައިވާ […]
މުޢިއްޒަކީ ހަރުކަށި ބޭފުޅެއް ނޫން, އެވަރުގެ ތެދުވެރި ވަފާތެރި ފިރިއަކު ނުލިބޭނެ: ސާޖިދާ

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމެއްގައި ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރައި ހައްގުތަކުން މަހުރޫމު ކުރާނެކަމަށް ބުނެ ސަރުކާރުން ދައްކާ ވާހަކަތަކަށް އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ. ޑރ.މުޢިއްޒުގެ ވެރިކަމެއްގައި އަންހެނުންގެ ހައްގުތައް ނިގުޅައިގަންނާނެ ކަމަށް ބުނެ ވާހަކަ ފަތުރަމުންދާތީ ސުވާލުކުރުމުން މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ މުޢިއްޒާ ގުޅޭ ގޮތުން އެފަދަ ވާހަކަތައް ދައްކަނީ ކީއްވެކަން ސާފުވާން ޖެހޭ ކަމަށެވެ. އެއަށްފަހު ވިދާޅުވީ އިސްލާމްދީނަކީ އަންހެނުންގެ ހައްގުތައް ފުރިހަމައަށް […]
ފުވައްމުލަކު ސިޓީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ

މިދިޔަ ހޮނިހިރު ދުވަހު ފުވައްމުލަކު ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާ މިއަދު ނިޔާވެއްޖެއެވެ. ފުވައްމުލަކު ނައިބުތުއްތު މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ބަމްޕަރަކަށް އަރައި ވެއްޓި ހިނގި ހާދިސާގައި ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އާދިއްތަ ދުވަހު މާލެ ގެނެސް އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް މިއަދު ވަނީ އޭނާ ނިޔާވެފައެވެ. ނިޔާވީ ފުވައްމުލަކު ދެބުދާރުގޭ އިސްމާޢީލް ޙަސަން (30 އ) އެވެ. ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން […]
ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީއާއެކު ކުރިއަށް ދާން އެމްއެންޕީއިން ނިންމައިފި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީއާއެކު ކުރިއަށް ދިއުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ނިންމައިފިއެވެ. މިގޮތަށް ނިންމީ މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ ކައުންސިލުގައި 37 މެންބަރުގެ ވޯޓާއެކުއެވެ. “މިރޭ ބޭއްވުނު އެމްއެންޕީގެ ގއުމީ ހިންގާ ކައުންސިލްގެ މެޖޯރިޓީ ވިސްނުމަކީ ޕީޕީއެމް/ޕީއެންސީއާއެކީ މަޝްވަރާ ކުރިއަށް ގެންދިއުން ކަމަށްވާތީ އެމްއެންޕީގެ ލީޑަރޝިޕްއިން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައި“ އެ ޕާޓީގެ ތަރުޖަމާނު ޝިދާތާ ޝަރީފް ކުރެއްވި ޓުވީޓުގައިވެއެވެ. މިއީ މިދިޔަ ހޮނިހިރު ދުވަހު […]
ރައްޔިތުން ތިބޭ ހޭލާ, ދެވަނަ ބުރުގައި މާ ބޮޑު ތަފާތަކުން ރައްޔިތުން މި ސަރުކާރު ބަލި ކުރާނެ: މުޢިއްޒު

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށްވުރެ މާ ބޮޑު ތަފާތަކުން ރައްޔިތުން ދެވަނަ ބުރުގައި މި ސަރުކާރު ބަލި ކުރާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މާލޭގައި މިއަދު ހަވީރު ބޭއްވި ކަންމަތީ ބައްދަލުވުމުގައި މުޢިއްޒު ވިދާޅުވީ ރައްޔިތުންނަށް ކުރިމަތިވެފައި ހުރި ކަންކަން ބަދަލެއް ނުވާ ކަމަށާއި އެއީ ތެދު ހަގީގަތްކަން ސާފުކޮށް އެނގެމުންދަނީ އެ ކަންކަމަށް ފަސްއަޅައި ވާހަކަ ބަދަލު ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާތީ ކަމަށެވެ. “މި ގައުމުގަ […]
މުޢިއްޒުގެ އިލްތިމާސަކީ ވީހާވެސް އަވަހަށް ވަޑައިގެން ހުރިހާ ބޭފުޅުން ވެސް ވޯޓުދެއްވުން

ވީހާވެސް އަވަހަށް ވޯޓުލާ މަރުކަޒަށް ވަޑައިގެން ހުރިހާ ބޭފުޅުން ވެސް ވޯޓުދެއްވުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. މުޢިއްޒު މިގޮތަށް އެދިވަޑައިގެންނެވީ އައިޖީއެމްއެޗް ކައިރީގައި ހުންނަ އޭނާގެ އަމިއްލަފުޅު ގެކަމަށްވާ މ.ދިމްޔާތުން ފެށިގެން ހިންގަވާފައި ތާޖުއްދީން ސްކޫލަށް ވަޑައިގެން ވޯޓުލެއްވުމަށްފަހު ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ. މުޢިއްޒު ވިދާޅުވީ އޭނާއާއި އޭނާގެ ރަނިންމޭޓް ޙުސައިން މުޙައްމަދު ލަޠީފް އެދިވަޑައިގަންނަވަނީ ކޮންމެ ރައްޔިތެއްގެ ވެސް ސުލްހަވެރިކަމާއެކުވގާނޫނީ ވާޖިބު އަދާކުރުމަށް ކަމަށެވެ. އެގޮތުން ވީހާވެސް އަވަހަށް ވަޑައިގެން އެބޭފުޅަކަށް […]
ޑރ.އިޔާޟް ޤުރުއާނަށް ފުރައްސާރަ ކުރައްވާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވެއްޖެ

ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ކީރިތި ޤުރުއާނަށް ފުރައްސާރަ ކުރައްވާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ޕްރޮފެސަރެއް ކަމަށްވާ ޙުސައިން އުގެއިލް އިއްޔެ ވަނީ މި ސަރުކާރު ބަދަލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެކަމާ ގުޅުވައި އިޔާޟް ކުރެއްވި ޓުވީޓުގައި ވަނީ ކީރިތި ޤުރުއާނުގެ އާޔަތެއްގެ މާނަ ޓުވީޓު ކުރައްވާފައެވެ. “ފަހެ ތިޔަބައިމީހުން ނުދަންނަ ކަމުގައިވާނަމަ ތިޔަބައިމީހުން ޢިލްމުގެ އަހްލުވެރިންނާއި ސުވާލު ކުރާށެވެ! އައްނަޙްލު 43, އަލްއަންބިޔާ 7“ […]