ޑރ.އިޔާޟް ޤުރުއާނަށް ފުރައްސާރަ ކުރައްވާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވެއްޖެ

Loading

Facebook
Twitter
WhatsApp

ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ކީރިތި ޤުރުއާނަށް ފުރައްސާރަ ކުރައްވާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޕްރޮފެސަރެއް ކަމަށްވާ ޙުސައިން އުގެއިލް އިއްޔެ ވަނީ މި ސަރުކާރު ބަދަލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެފައެވެ.

އެގޮތުން އެކަމާ ގުޅުވައި އިޔާޟް ކުރެއްވި ޓުވީޓުގައި ވަނީ ކީރިތި ޤުރުއާނުގެ އާޔަތެއްގެ މާނަ ޓުވީޓު ކުރައްވާފައެވެ.

‏“ފަހެ ތިޔަބައިމީހުން ނުދަންނަ ކަމުގައިވާނަމަ ތިޔަބައިމީހުން ޢިލްމުގެ އަހްލުވެރިންނާއި ސުވާލު ކުރާށެވެ! އައްނަޙްލު 43, އަލްއަންބިޔާ 7“ އިޔާޟްގެ ޓުވީޓުގައިވެއެވެ.

މިކަމާ ގުޅިގެން ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވީ ކޮންޓެކްސްޓުން ބޭރުގައި ޤުރުއާނުގެ އާޔަތްތައް ބޭނުންކުރުން ޢާންމުކަމަކަށް ހެދުމަކީ ފުރައްސާރަ ކުރުން ކަމަށެވެ.

އިޔާޟް އިޝާރާތް ކޮށްފައިވާ އާޔަތްތަކުގައި ވަނީ  މީސްތަކުންނަށް ނޭގޭ ތަޚައްޞުޞީ (ސްޕެޝަލައިޒްޑް ) ކަންތައްތަކުގައި ތަފާތު ޢިލްމުތަކާއި ފަންނު ތަކުގައި ތަޚައްޞުޞް ވެވަޑައިގެން ތިއްބެވި ކަމާބެހޭ ޢިލްމާއި ތަޖުރިބާގެ އަހްލުވެރިންނާ ސުވާލުކޮށް ދެނެގަތުމުގެ ވާހަކަ ކަމަށާއި ވެރިން އިޚުތިޔާރުކުރުމުގެ ބާބަކީ ބުނެވުނު އާޔަތްތައް އެޕްލައި ކުރެވޭނެ ބާބެއް ނޫން ކަމަށް ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވިއެވެ.

އަދި ވެރިން އިންތިޚާބު ކުރުމަކީ ވޯޓުލުމުގެ ހައްގު ލިބިގެންވާ ކޮންމެ ރައްޔިތެއްގެ އަސާސީ ހައްގެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އެއްވެސް މީހެއްގެ ޝަޚްޞީ ރައުޔަކީ އެއަށް އަސަރުކުރާނެ ރައުޔެއް ނޫން ކަމަށެވެ.

Loading

2 Responses

  1. ދީނުގެ އިލްމުވެރިން އެކަކު އަނެކަކަށް ނޭންގޭ ނޭންގޭ ގޮވަންފެށީމާ އަހަރެމެން ނޭންގޭ މީހުންނަށް އެނގޭނީ ފަހެ ކިހެނެއްތަ !

  2. މިއިޔާޒަކީ މިހާރު މިގައުމަށް ޖެހިފައިވާ ބލ އެއް. އަދި ސޭކު ނިޝާނަކީވެސް މިވަގުތު ނަގުލައްފިތި އާހިރަތް ދޫކޮށް މާއްދިއްޔަތައް ވިކި ސަރުކާރުދެކެ ބިރުން ބަސްބުނަމުންދާ ދެ ސޭކުން. މިހާރު ދީނީ އިލްމޢކިޔައިގެން މިވެރިން ދުނިޔޭގެ ކަންކަން އިސްކޮށްފި. މީފަހުޒަމާނުގެ އަލާމާތްތައް. ރައްޔިތުންނޭ ހޭއަރާ ސަމާލުވޭ. ސަލަފުގެ ގުނަ ސޭކުންވެސް ތިބީ މިގޮތައް. އާހިރަތައްވުރެ ދުނިޔެ އިސްކޮށްގެން. މަށަކު މިވެރިން ކިޔާ ލަވަޔަކަށް ނުނަށާނަން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް