މުޢިއްޒުގެ އިލްތިމާސަކީ ވީހާވެސް އަވަހަށް ވަޑައިގެން ހުރިހާ ބޭފުޅުން ވެސް ވޯޓުދެއްވުން

Loading

Facebook
Twitter
WhatsApp

ވީހާވެސް އަވަހަށް ވޯޓުލާ މަރުކަޒަށް ވަޑައިގެން ހުރިހާ ބޭފުޅުން  ވެސް ވޯޓުދެއްވުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

މުޢިއްޒު މިގޮތަށް އެދިވަޑައިގެންނެވީ އައިޖީއެމްއެޗް ކައިރީގައި ހުންނަ އޭނާގެ އަމިއްލަފުޅު ގެކަމަށްވާ މ.ދިމްޔާތުން ފެށިގެން ހިންގަވާފައި ތާޖުއްދީން ސްކޫލަށް ވަޑައިގެން ވޯޓުލެއްވުމަށްފަހު ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.

މުޢިއްޒު ވިދާޅުވީ އޭނާއާއި އޭނާގެ ރަނިންމޭޓް ޙުސައިން މުޙައްމަދު ލަޠީފް އެދިވަޑައިގަންނަވަނީ ކޮންމެ ރައްޔިތެއްގެ ވެސް ސުލްހަވެރިކަމާއެކުވގާނޫނީ ވާޖިބު އަދާކުރުމަށް ކަމަށެވެ.

އެގޮތުން ވީހާވެސް އަވަހަށް ވަޑައިގެން އެބޭފުޅަކަށް ފެނިވަޑައިގަންނަވާ ބޭފުޅަކަށް ވޯޓުދެއްވުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.

“ހަވީރު ވަންދެން މަޑުނުކޮށް, 16:00 ގައި ވޯޓު ފޮށި ބަންދު ކުރާނެ. އެހެންވީމާ އެއަށްވުރެ ކުރިން ވޯޓުދެއްވުމަކީ އަޅުގަނޑުމެންގެ އިލްތިމާސަކީ އަދި އެދުމަކީ“

ރިޔާސީ އިންތިޚާބުގެ ވޯޓުލުން ވޯޓުލުން ފެށީ ހެނދުނު 08:00 ގައި ފެށިއިރު, ހަވީރު 16:00 ގައި ކިއުގައި މީހަކު ނެތް ނަމަ ވޯޓުލުން ބަންދުކުރާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް