ޒަމާނަށް ހޭނުލާ ތިބެގެން އަމާނެއް ލިބި ނެތޭ ދާކަށް….

”އިންޑިއާ އައުޓް“ ނުވަތަ އިންޑިއާ މިލިޓަރީ އައުޓް ރާއްޖޭގެ ގިނަ ރައްޔިތުން ގޮވަމުން ގެންދިއުމާ ދޭތެރޭ މިހާރު ފުންކޮށް ވިސްނާލަން ޖެހެއެވެ. އެހެނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙުގެ ގަރާރަކުން ”އިންޑިއާ އައުޓް“ ގޮވުން މިވަނީ ބޮޑު ޖިނާޢީ ކުށަކަށް ހަދައި ފުލުހުންނާއި ސިފައިން ލައްވައި އެފަދަ ލިޔުމެއް ގެންގުޅޭނަމަ މަގުމަތީން ބަނޑުމުސާރައަށް ބައްދައިގެން ނަމަވެސް އެފަދަ އެއްޗެއް އަތުލާން ފަށާފައެވެ.  ގައުމުގެ ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި އަދި އިދިކޮޅު ކޯލިޝަނުންވެސް ބުނަމުން ގެންދަނީ މިއީ ރައީސް ޞާލިޙު ދިވެހި ރާއްޖޭގެ ގާނޫނީ ހުރިހާ އިމެއްގެ ބޭރުން ކުރައްވާ ކަމެއްކަމަށެވެ. ކުރީގެ ރައީސް […]

ބޭރު ކުރަންވީ ކާކު އަދި ކޯއްޗެއް؟

މި ލިއުމަކީ އެއްވެސް މިންވަރަކަށް އެއްވެސް މީހަކަށް އަމާޒުކޮށްގެންލިޔާ ލިއުމެއްނޫނެވެ. ހަމައެކަނި މަގްސަދަކީ ރާއްޖެއަށް ތަޢާރުފް ކުރެވިފައިވާ ވެރިކަމުގެ ނިޒާމުގެ ސަބަބުން ރައްޔިތުން ބިކަވެ ގެއްލުމާއި ތަކްލީފްތަކެއް އުފުލަންޖެހޭތީ އެކަންތައްތައް ޙައްލުކުރުމަށް ވެރިކަމުގެ ފަރާތަށާއި ރައްޔިތުންނަށްވެސް ބާރު އެޅުމުގެ ގޮތުން އަޅުގަނޑުގެ ޚިޔާލަށް ފެންނަގޮތް ހާމަކުރުމެވެ. އެވާހަކަތައް ހާމަކުރުމުގައި ވެރިކަމުގެ ފަރާތުން ތަންފީޒު ކުރަމުން ގެންދާ ނުވަތަ ތަންފީޒު ކުރަމުން ގެންދިޔަ ސިޔާސަތު ތަކަކާއި އުސޫލުތަކެއް ހިމެނޭއިރު އެކަމުގައި ޝާމިލުވާމީހުން ޖުމުލަގޮތެއްގައި ނުވަތަ ފަރުދީގޮތެއްގައިވެސް ނަންގެނެވިގެން ދިއުމަކީ ޒާތީގޮތުން ވަކިބޭފުޅަކަށް ނުވަތަ ވަކި ބޭފުޅުން ތަކަކަށް އިނގިލި ދިއްކޮށްގެން ބުނާ ވާހަކައެއް ނޫންކަށް ޔަގީންކޮށްދެމެވެ.  އެހެނަސް ދިވެހިން މިވާހަކަ ދައްކަން އެބަޖެހެއެވެ. ކޮޮންމެވެސް […]

ރައީސް ސޯލިޙު ގެ ގަރާރަކީ ގާނޫނީ ބުރަދަނެއް ނެތް ގަރާރެއް -–ދިޔާނާ 

ކުރީގެ ބަންޑާރާ ނައިބުކަން ވެސް ކުރައްވާފައިވާ އުސްތާޒާ ދިޔާނާ ސަޢީދު ވިދާޅުވަނީ އިންޑިއާ އައުޓް ޙަރަކާތް ހުއްޓުވުމަށް ރައިސް އިބުރާހިމް މުޙައްމަދު ސޯލިޙު ނެރުއްވާފައި ގަރާރަކީ ގާނޫނު ދަންނަ އެއްޗެސް ނޫންކަމަށެވެ. އަދި ފުލުހުން އިސްނަގައިގެން ހުށްޓުވަން އެޙަރަކާތް ހުއްޓުވުމަށް އަޅަމުން ގެންދާ ހަރުކަށި ޢަމަލުތަކަކީ ވެސް ގާނޫނު ދަންނަ ހަމައެއް އޮތް ކަމެއްނޫންކަމަށެވެ. އެހެނީ ފުލުންހުންނަކީ ގާނޫނު ތަންފީޒްކުރަން ލާޒިމްކޮށްފައިތިބި ބަޔަކުކަމަށްވާއިރު ގާނޫނުން ބޭރުން އަންނަ އޯޑަރުތަކަށް ޢަމަލުނުކުރެވޭނެކަމަށެވެ. އެންމެންވެސް ގާނޫނަށް ބޯލަބަން ޖެހޭނެ ކަމަށް […]

އިންސާނުންގެ ލަދު ހަޔާތަށް މިވަނީ ކީއްތަ؟ އިންޑިއާގެ ޙަލަތައް ރާއްޖެވެސް؟

ލަދު ޙަޔާތަކީ އިންސާނައަށް ލިބިފައިވާ އަގުބޮޑު ނިއުމަތެކެވެ. އެ ނިއުމަތަށް ކުފުރުވެރިވުމަކީ އިންސާނުންނާއި ޖަނަވާރުން ވަކިކުރަން އޮތް އިންފާރުވައްޓާލުމެވެ. މިހާރަކަށް އައިސް ރާއްޖޭގައިވެސް ގެވެށި އަނިޔާއާއި ކުޑަކުދިންގެ އިއްފަތާ ބެހުން ވަރަށް ގިނަވެއްޖެކަމަށް ޚަބަރުތަކުން އެނގެއެވެ. މިއީވެސް ބޭރުން ގެނެވޭ ސަގާފަތެއްބާވައޭ ހިތަށް އަރައެވެ. މިހެންބުނަންޖެހެނީ އަވަށްޓެރި ބައެއް ގައުމުތަކުގައިވެސް މިހާރަކަށް އައިސް ގެވެށި އަނިޔާއާއި ކުޑަކުދިންގެ އިއްފަތާ ބެހުން އާދަޔާޚިލާފަށް ގިނައިން ރިޕޯރޓްކުރެވެމުން ދާކަމުގެ ޚަބަރުތައް ލިބޭތީއެވެ. މި ސީޣާއިން މިއަދު ލިބޭ ޚަބަރުތަކަށް ބަލާއިރު […]

ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމަކީ ރައްޔިތުމީހާގެ ޙާލުބަލައި އެހީތެރިކަން ފޯރުކޮށްދިނުން!

ރައްޔިތުންނަށް ޚިދުމަތްކުރައްވާ ސަރުކާރުގެ މުއައްސަސާތަކަށް ބޭނުމެއް ޖެހިގެންދާ ކޮންމެ ފަހަރަކު ސިޓީއެއް ނުވަތަ ފޯމެއް ހުށަހަޅައިގެން މެނުވީ އެއްވެސް ޚިދުމަތެއް ނުލިބެއެވެ. އަމިއްލައަށް ސިޓީ ލިޔެގެން ނުވަތަ ފޯމުފުރައިގެން ޚިދުމަތް ހޯދުމަކީ މަދުމީހަކަށް މެނުވީ ނުވާކަމެކެވެ. އެހެންކަމުން ރައްޔިތުމީހާ ކޮންމެވެސް ޕްރިންޓްކުރާ ތަނަކަށްވަދެ ބޮޑުއަގުދީގެން ސިޓީލިޔެގެން ޚިދުމަތަށް އެދުމަކީ ސަރުކާރުގެ ރޫޙާ ޚިލާފު އަނިޔާއެކެވެ. މިހެން މިދެންނެވީ ވޯޓު ހޯއްދަވަން ވަޑައިގަތް ދުވަހު އަޅުގަނޑުގެ ސިޓީއާއި ފޯމު ފުރުއްވައިދެއްވި ބޭފުޅުން މިއަދު އެވިދާޅު ވަނީ އަޅުގަނޑުގެގާތު، ކަލޭ […]

ދިވެހި ސިފައިންނާއި ފުލުހުން އަނެއްކާވެސް ބަޣާވާތެއް ކޮށްފާނެ – – ނަޝިދު

ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ސިފައިންނާއި ފުލުހުން ސަރުކާރާއި ދެކޮޅަށް ބަޢާވާތެއް ނުހިންގާނެކަމަށް ދަންނަވާކަށް ކެރިވަޑައެއް ނުގަންނަވާކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވެެއްޖެއެވެ. ނަޝީދަކީ އަބަދުވެސް ދިވެހި ސިފައިންނާއި ފުލުހުން އަދި އޭގެ އިތުރުން ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ ގަދަރާއި ކަރާމަތަށް ގެއްލޭފަދަ ބަހުގެ ޙަމަލާތަށް ދެއްވާބޭފުޅެއްކަމުގައި ވަނީ ފާހަގަކުރެވިފައެވެ. ނަމަވެސް އެކުރައްވާ ތުޙުމަތުތަކަކީ ރައީސް ސޯލިޙު އަދި އެވިދާޅުވާ އިންސްޓިޓިއުޝަންސް ތަކާއި ޙަވާލުވެ ތިއްބެވި ބޮޑުން އޭރުވެސް މިހާރުވެސް ވިދާޅުވާގޮތުގައި […]

އުނގަންނައި ދިނުމާއި ހޭލުންތެރިކުރުވުން

news

އުނގަންނައި ދިނުމާއި އުނގެނުމަކީ ކޮންމެދީނަކާއި މަޒްހަބެއް އަދި އާދަކާދައެއްގައި ވެސް ވަރަށް މަތިވެރި މަގާމައް ދީފައި އޮންނަ ކަމެކެވެ. އެހެންކަމުން އެކަމާ އިދިކޮޅަށް އެއްޗެއް ބުނުމަކީ އެދެވިގެންވާކަމެއް ނޫނޭ ވަރަށް ފަސޭހައިން ބުނެވިދާނެއެވެ. ނަމަވެސް ކޮންމެކަމެއްގައިވެސް ވިސްނާފިކުރުކުރަން ކޮންމެ މަޒުހަބެއްގައިވެސް ބާރުއަޅާާތީ އަޅުގަނޑުގެ ވިސްނުމާއި ފިކުރު ދިވެިރާއްޖޭގެ ގާނޫނުއަސާސީގެ ތަރަހައިގެތެރޭގައި ފާޅުކުރުމުގެ މިނިވަންކަން ލިބިގެންވާކަމަށް ދެކެެވެ. އަަޅުގަނޑު ލިޔަންބޭނުންވަނީ ކައިރި މާޒީއެއްގައި ހޭލުންތެރިކުރުވުމުގެގޮތުން ހިންގުނު ބައެއް ޕްރޮގްރާމްތަކުން ދަސްވި އަދި ދަސްވަމުންދާ ފިލާވަޅުތަކަކާބެހޭގޮތުންނެވެ. ދަސްވެނިވި ފަރާތްތަކަށް ވުރެން […]