ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމަކީ ރައްޔިތުމީހާގެ ޙާލުބަލައި އެހީތެރިކަން ފޯރުކޮށްދިނުން!

Loading

Facebook
Twitter
WhatsApp
Maldivian's socialising at sun set, Madifushi Island, Kolhumadulu (Thaa) Atoll, Maldives.

ރައްޔިތުންނަށް ޚިދުމަތްކުރައްވާ ސަރުކާރުގެ މުއައްސަސާތަކަށް ބޭނުމެއް ޖެހިގެންދާ ކޮންމެ ފަހަރަކު ސިޓީއެއް ނުވަތަ ފޯމެއް ހުށަހަޅައިގެން މެނުވީ އެއްވެސް ޚިދުމަތެއް ނުލިބެއެވެ. އަމިއްލައަށް ސިޓީ ލިޔެގެން ނުވަތަ ފޯމުފުރައިގެން ޚިދުމަތް ހޯދުމަކީ މަދުމީހަކަށް މެނުވީ ނުވާކަމެކެވެ. އެހެންކަމުން ރައްޔިތުމީހާ ކޮންމެވެސް ޕްރިންޓްކުރާ ތަނަކަށްވަދެ ބޮޑުއަގުދީގެން ސިޓީލިޔެގެން ޚިދުމަތަށް އެދުމަކީ ސަރުކާރުގެ ރޫޙާ ޚިލާފު އަނިޔާއެކެވެ. މިހެން މިދެންނެވީ ވޯޓު ހޯއްދަވަން ވަޑައިގަތް ދުވަހު އަޅުގަނޑުގެ ސިޓީއާއި ފޯމު ފުރުއްވައިދެއްވި ބޭފުޅުން މިއަދު އެވިދާޅު ވަނީ އަޅުގަނޑުގެގާތު، ކަލޭ ތިކަމާ ސިޓީލާށޭ ނުވަތަ މިވެނި ނަމްބަރު ފޯމްފުރައިގެން ފުރާފައި ހުށަހެޅުމަށެވެ. އަދި ފޯމް މިވެނި ވެބްސައިޓަކުން ލިބެން ހުންނާނެވާހައެވެ. އެހެނަސް ވޯޓަށް ސަލާމްޖަހަން އައި ދުވަހު އޭނާއާއި އޭނާގެ ގުރޫޕުން އެފޯމްތައް ފުރައި އިނގިލީގައި ހިއްޕަވައި އިނގިލިފެއްތުވަންވެސް ވަގުތުނެތިގެނެއް ނޫޅެއެވެ.

ވެރިކަމުގަ ބާރު އަހަރެމެން ލީ ވޯޓުން ހަމަ ލިބި ބާރުލިބުމުން މީ ރަނގަޅު ގޮތެއްތޯ ތިޔަބޭފުޅުން ވިސްނަވާށެވެ! ވޯޓަށްފަހު ރައްޔިތުމީހާ، ޚިދުމަތަށް ޓަކިޖެހީމާ ޚިދުމަތްދެއްވާ ރައްޔިތުމީހާގެ ނޯކަރު (ސަރުކާރުގެ ބޮޑުން) އެފޯމު ނުވަތަ ސިޓީ ލިޔެނުދެއްވުމަކީ ރައްޔިތު މީހާއަށް އިޙުތިރާމް ކުޑަކުރުން ކަމުގައި ދެކެމެވެ. ވޯޓުދިނީ ތަކުލީފު އުފުލައިގެން އާދޭސްކޮށްގެން ޚިދުމަތް ހޯދާގޮތަށް ނޫންކަމުގައި އެދުވަހުވެސް ބޫނީމެއްނޫންހެއްޔެވެ.

ރައްޔިތުންގެ ތެރޭގައި މުޅިދުވަހު އެއްފަހަރު ކައިގެން އެހެން ޚިދުމަތްތަކަށް ސޭވްކުރާ މީހުންނާ ޒަރޫރީ ބޭނުންތައް ނުފުއްދިގެން ބޯގާނާ އެތައްހާސް ބަޔަކު މިހިނދު މިރާއްޖޭގައި އެބައުޅެއެވެ. މިއީ ޙަގީގަތެވެ. ފަހަރެއްގައި ސިޔާސީ ވެރިންނަށް މިކަންނޭގިދާނެއެވެ. ވޯޓަކާ ކައިރިވާއިރަށް އެވާހަކަ ކަންފަތާއި ހަމައަށް އިވޭނެވެސްމެއެވެ. ދެން ދޮގުތަށް ރާވައިލައިގެން އައިސް ރައްޔަތުމީހާ ބޯކާލާނެއެވެ.

ލިޔާއިރު އަންނަ ”ދޭސީ“ ޚިޔާލެއްވެސް ލިޔެލާނަމެވެ. ރައީސުލް ޖުމްހޫރިއްޔާ އެއޮފީހުން ބޮޑު މާލަމެއް ހުސްކޮށް ވިއްސަކަށް ބޭފުޅުންނަށް މަސްއޫލިއްޔަތު އަދާކުރެވޭ ވަރުގެ އުޖޫރައެއް ދެއްވާފައި ރައްޔަތުންގެ ޙާލުބަލާ އެނހީތެރިކަން ފޯރުކޮށްދެނެ މަގާމުތަކެއް އުފެއްދުން ކީއްތޯއެވެ؟ މިބޭފުޅުންގެ ވާޖިބަކަށްވާނީ މުޅިރާއްޖޭގެ ރައްޔިތުންގެ ޙާލު ބެއްލެވުންކަމަށް ހެއްދެވިއްޔާ ގޯސްވާނެތޯއެވެ؟ މުޅިރާއްޖެ ސަރުކާރުން ކަނޑައަޅާ ޒޯންތަކަކަށް މިދެންނެވި ވެރިން ލައްވައި ރައްޔިތުންގެ ޙާލުބެއްލެވުމަކީ އިސްލާމީ އުންމަތެއްނަމަ ކުރައްވަން ޖެހޭ ކަމަކަށްވާތީއާއި ގައުމެއްގެ ވަލިއްޔުލް އަމްރަކީ ރައްޔަތުންގެ ޙާލު ގާތުން ބަލައި ޒިންމާނަގަން ޖެހޭ އަދި މާތްﷲ ގަންދީ ބޮޑު ހުވައެއްކޮށްވެސް ވެރިކަމާ ޙަވާލުވާމީހަކަށްވީމައެވެ. މީ ވެރިކަމުގެ އަސާސް އަކަށްވާންވާނީ ރައްޔަތުންގެ ޙާލުބަލައި އެނހީތެރިވުމެވެ. ދެން ހިނހޫތަނުން ކާންލިބޭ ކަމެއްނުކޮށް ބޮޑުމުސާރަލިބޭ ބައިގަނޑެއް ބުނާނީ ތިބުނާ މާލަމާއި 20 މީހުނަށް ހާދަ ބޮޑު ޚަރަދެއް ބަޖެޓުން ދާނެ ވާހަކައެވެ. އާއެކެވެ. ވަރަށް ބާރުލައިފަ އެކަން އެނގޭނެއެވެ. އެހެނަސް ކަމެއްނުކޮށް ބޮޑުމުސާރަނަގާ އެމީހާއަކަށް އޭނާ ނަގާ މުސާރައާއި ޢިނާޔަތެއް ނުފެންނަކަހަލައެވެ. ހަމައެކަނި ކޮށްލާކަމަކި ޓުވިޓްއެއް ފޮނުވާލުމާއި ދެބައޮޑުވުމެވެ.

އެންމެ ފަހަރަކު ނަމަވެސް، 5 އަހަރުގެ ތެރޭގައި ރައްޔިތުމީހާގެ ޙާލު ބައްލަވާ ތަނެއް ނުފެންނާތީ ވަރަށް ހިތަށް ތަދުވެއެވެ. ރައްޔިތުން ބޮޑު މުސާރަ ދީގެން ރައްޔިތުންނަށް ޚިދުމަތް ކުރުވާނެ ބަޔަކު ކަނޑައެޅުމުން ރައްޔިތުމީހާ އެބޭފުޅާގެ ފައިދަށުލެއްވުމަކީ ހަމަގައިމުވެސް މިއުންމަތް ގަބޫލުކު ކުރާ އަދި ދަންނަ ސިފައެއްވެސް ނޫނެވެ.

ބަހާރުމޫސުން ދެމެހެއްޓޭނެ ގޮތެއް ޝާއިރުން ސިފަކޮށްދެއްވާފައި ނުވުމަކީ ރައްޔިތުންނަށް ލިބެމުންމިދާ ލޮޑުކަމުގެ ހަގީގަތެވެ. އިރުވައިިިި މޫސުމުގައި އިރުވައިހުދު ރަށްރަށުގެ ދަންޑުތަކަށް ޖައްސާފަދައިން ކޮންމެ ވޯޓަކާދިމާކޮށް ސިޔާސީ ބައިގަނޑު ރަށްރަށް ޖެއްސުމުގެ ސަގާފަތް ބަދަލުކުރަން ޖެހެއެވެ.

ޖައްވާއި ފަޒާ ޒީނަތްތެރިކޮށް ދެއްވާނޭ ވަފާތެރި މުރުޝިދުން މިގައުމުން ވުޖޫދު ކުރައްވާނެ ދުވަހެއްގެ އިންތިޒާރުގައި މުޅިކާއިނާތު ދެމިއޮންނާނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް