އެމްއެންޑީއެފުގެ ކަމެއް ގޯސްވާއިރަށް އަޅުގަނޑަށް ފާޑުކިޔަނީ އަޅުގަނޑަކީ އަންހެނަކަށްވާތީ: މާރިޔާ

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސެކިއުރިޓީ ފެއިލްވި މައްސަލައިގައި އޭނާާއަށް ފާޑުކިޔަނީ އަންހެނަކަށްވާތީ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދުދީދީ މިއަދު ވިދާޅުވެއްޖެއެވެ. މިދިޔަ ހޯމަ ދުވަހުގެރޭ އިދިކޮޅު ކޯލިޝަނުން މުޒާހަރާ ކުރަމުންދަނިކޮށް ޕީޕީއެމް އޮފީސް ސަރަހައްދުން ރައީސް ޞާލިޙާއެކު އެމަނިކުފާނުގެ މޮޓޯކޭޑް ދަތުރުކުރި ވަގުތު މުޒަހަރާގެ ބައިވެރިން ވަނީ މޮޓޯކޭޑަށް ހުރަސް އަޅައިފައެވެ. ހިނގަމުންދިޔަ މުޒާހަރާއެއްގެ ތެރެއަށް ރައީސްގެ މޮޓޯކޭޑް ވަނުމަކީ އިއްތިފާގެއްކަމަށް ނުބެލެވޭ ކަމަށް ބުނެ މާރިޔާ މަގާމުން ވަކިކުރަން ގޮވާލައްވައި ރައްޔިތުންގެ މަޖިލީހަށް […]

މަރުހޫމް ރިޟާގެ ހަނދާނުގައި ތައުބީނުގެ ޖަލްސާއެއް ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދަވަނިކޮށް އަވަހާރަވެވަޑައިގެންނެވި އަލްއުސްތާޒު އިބްރާހިމް ރިޟާ ހަނދާނުގައި ތައުބީނުގެ ޖަލްސާއެއް ބާއްވަން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނިންމައިފިއެވެ. މަރުހޫމް ރިޟާގެ ހަނދާނުގައި ބާއްވާ ޖަލްސާ އޮންނާނީ މިރޭ 21:00 ގައި ގުރައިދޫގައެވެ. މި ޖަލްސާއަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްގައްޔޫމުގެ އެދިވަޑައިގަތުމުގެ މަތިން ބާއްވާ ޖަލްސާއެކެވެ. މެލޭޝިޔާގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރިޟާ އަވަހާރަވީ މިދިޔަ މަހުގެ 23 […]

ވަޅިން ހަމަލާދިނުމުގެ ސަބަބުން ޒަޚަމްވި ޒުވާނާ މަރުވެއްޖެ

މިދިޔަ ހުކުރު ދުވަހުގެރޭ މާފަންނުގައި ހުންނަ ފިހާރައެއްގެ ތެރޭގައި ހުއްޓާ ވަޅިން ހަމަލާދިނުމުގެ ސަބަބުން ޒަޚަމްވި ޒުވާނާ މަރުވެއްޖެއެވެ. އައްޑުއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ މުޙައްމަދު އަޙްމަދު ދީދީ (ނައުއްޓެ) މަރުވީ އައިޖީއެމްއެޗުގައި ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް މިއަދު 6:45 ގައެވެ. ހެލްމެޓް އަޅައިގެން ތިބި ދެ މީހުން ގޮސް އޭނާއަށް ހަމަލާދީ ޒަޚަމްކޮށްލީ މާފަންނު މުރަނގަމަގުގައި ހުންނަ ކްރާސާ ފިހާރައިގެ ތެރޭގައި ހުއްޓައެވެ. މި މައްސަލައާ ގުޅިގެން 20 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ […]

ފުއްގިރި މައްސަލަ: ގާޒީ ނިންމެވީ ދިފާއުން އެދުނު ހެކި ރައްކާތެރި ކުރުމުގެ އަމުރުތައް ނެރެދެވޭނެ ތަނެއް ނެތްކަމަށް

އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ރ.ފުއްގިރި ކުއްޔަށް ދޫކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތްތަކުން އެދިފައިވާ ހެކި ރައްކާތެރި ކުރުމުގެ އަމުރުތައް ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ޢަލީ ނަދީމް ނިންމަވައިފިއެވެ. ފުއްގިރި ކުއްޔަށް ދޫކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލައިގައި ދައުލަތުން ދަޢުވާ ކުރަނީ ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމާއި މއ.ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޟާއާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމަންޓުގެ މައްޗަށެވެ. […]

މާރިޔާ, ސަމަދުބެ ޖޯކު ޖެހުމުން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

އިންޑިއާއަށް ގޮސް އުޅެނިކޮށް ޑީޕޯޓުކޮށްލި ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް ޢަބްދުއްޞަމަދު (ސަމަދުބެ) އަށް ފުރައްސާރަ ކުރައްވައި ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ދެއްކެވި ވާހަކަތަކާ ގުޅިގެން އެކަމަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައްްވައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.  ޢަބްދުއްޞަމަދަށް ފުރައްސާރަ ކުރައްވައި މާރިޔާ ވާހަކަ ދެއްކެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް މިދިޔަ ހުކުރު […]

ޢައްބާސް ޢާދިލް ރިޒާގެ މައްޗަށް “ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ދަޢުވާ“ އުފުލައިފި

ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ދައުރުގައި ސަރުކާރުގެ އިސް މަޤާމުތައް ފުރުއްވާފައިވާ ޢައްބާސް ޢާދިލް ރިޒާގެ މައްޗަށް ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ދަޢުވާ އުފުލައި މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. ޢައްބާސްގެ މައްޗަށް ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ދަޢުވާ އުފުލީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 222 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި އެ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުންނެވެ. ދަޢުވާ އުފުލި ސަބަބު: […]

ޝަރަހައެއް: “އާދޭ އާދޭ, އެންމެން އާދޭ, އުދުހިފަ އާދޭ, ޑްރަގް އެތެރެކުރަން އުފަލުން އާދޭ“

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެންމެ ހޫނުކޮށް ކުރިއަށް ދިޔައީ ރާއްޖެއަށް ޑްރަގް އެތެރެކުރުމުގެ ވާހަކައެވެ. އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ މެންބަރުންނާއި, މަޖިލީހުގެ ރައީސްގެ ފެކްޝަނުގެ މެންބަރުން ދެއްކެވީ ސަރުކާރުގައި ހުރި ދޯދިޔާކަމާއި, ދޯހަޅިކަމުގެ ވާހަކައެވެ. “ކަނު ކަލޮޔަށް އިރުވާހުދު ދެއްކިހެން,“ ދެން ތިއްބެވި ބައެއް މެންބަރުން ވާހަކަ ދެއްކެވީ ޙަޤީޤަތާ ޚިލާފު ގޮތަކަށް ރައްޔިތުންނަށް ކަންކަން “ތެދު“ ކޮށްދިނުމަށެވެ. ކޮންމެެއަކަސް ޑްރަގްގެ މައްސަލައަކީ ޤައުމުގައި އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. ދުވަހަކަށްވުރެ ދުވަހަކު […]

ފަތުރުވެރިޔާ މަރުވި މައްސަލަ: ޑިންގީގެ ކެޕްޓަން ހައްޔަރުކޮށް ގޭބަންދުކޮށްފި

ކ.ތުލުސްދޫ ކަނޑުއޮޅިއަށް މޫދަށް އެރި އުޅުނު ފަތުރުވެރިއެއްގެ ގައިގައި އެ ސަރަހައްދުން ދުއްވާފައި ދިޔަ ޑިންގީއަކުން ޖެހި އޭނާ މަރުވި މައްސަލައިގައި އެ ޑިންގީގެ ކެޕްޓަން ހައްޔަރުކޮށްފިއެވެ. މިދިޔަ އާދިއްތަ ދުވަހު ކ.ތުލުސްދޫ ކަނޑު އޮޅިއަށް ގޮސް އުޅެނިކޮށް މަރުވީ ޕޮލެންޑަށް ނިސްބަތްވާ ފިރިހެނެކެވެ. ޑިންގީގެ ބުރަފަތީގައި ޖެހުމުން އޭނާގެ ބަނޑު ފަޅައިގެން ގޮސް ގޮހޮރު އޮތީ ބޭރަށް ނުކުމެފައެވެ. އަދި އޭނާގެ އެއް އަތް ވެސް ބުރިވިއެވެ.  ފުލުހުން ވިދާޅުވީ އެ މައްސަލައިގައި 45 އަހަރުގެ […]

އިދިކޮޅު ކޯލިޝަނުގެ “ހޯޕް ކޮންފަރެންސް“ ގެ ތެރެއިން ބޮޑު އިހުތިޖާޖެއް

އިދިކޮޅު ކޯލިޝަނުގެ ލީޑަރު ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ބާއްވާ ކޮންފަރެންސްގެ ތެރެއިން އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. ރައީސް ޔާމީނަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވާ “ހޯޕް ކޮންފަރެންސް“ އޮންނާނީ އަންނަ މަހުގެ 02 އިން ފެށިގެން 04 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޮންފަރެންސްގެ ތަފްސީލް: ކޮންފަރެންސްގައި ކޯލިޝަންގެ ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުން ބައިވެރިވާނެ. ސްޓިއަރިން […]

އަންނަ މަހުގެ 06 ވަނަ ދުވަހަކީ ބަންދު ދުވަހެއް ކަމުގައި ކަނޑައަޅުއްވައިފި

މިއަހަރުގެ ފެބުރުއަރީމަހުގެ 06 ވަނަ ދުވަހަކީ ބަންދު ދުވަހެއް ކަމުގައި ކަނޑައަޅުއްވައިފިއެވެ. ރައީސް އޮފީހުން މިއަދު ވިދާޅުވީ ފެބުރުއަރީމަހުގެ 06 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވާފައިވާ ކަމަށެވެ. މި ދުވަސް ސަރުކާރު ބަންދު ދުވަހެއްކަމުގައި ކަނޑައެޅުއްވީ ރައީސް ޞާލިޙްގެ މި ދައުރުގެ ފަހު ރިޔާސީ ބަޔާން އިއްވަވާ ދުވަސް ކަމަށްވާތީއެވެ. ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސަވާފައިވަނީ […]