ޤިޞާޞްގެ މައްސަލައިގައި ރައީސް  މައުމޫނަށްއަރުވާ ހުޅުވާލެވިފާވާ ސިޓީއެއް

ޢިއްޒްތެރި ކުރީގެރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމަށް، ވެދުން ސަލާމަށްފަހު ދަންނަވަމެވެ.  މަނިކުފާނުގެ ދިގު ތިރީސް އަހަރު ދިވެހި ޤައުމަށް ކޮށްދެއްވި ޚިދުމަތްތަކަށް ދިވެއްސެއްގެ ޙައިސިއްޔަތުން ޝުކުރު ދަންނަވަމެވެ. މެލޭޝިއާ ސިންގައްޕޫރު ފަދަ މިސަރަޙައްދުގެ އެހެން ޤައުމުތަކުގެ ވެރިން ތިރީސް އަހަރު ވެރިކަން ކުރައްވައި، އެޤައުމުތައްވަނީ ތަރައްޤީ ކުރައްވާފައެވެ. އަދިއެ ޤައުމުތަކުގެ ރައްޔިތުންނަކީ މުއްސަނދި ފުދުންތެރި ބައެއްގެ ގޮތުގައި ހައްދަވައި ދެއްވާފައެވެ. ޢާއިލާގެ ބޭފުޅުންކޮޅަކާއި، ގާތް ރަޙްމަތްތެރިން ކޮޅެއް މުއްސަނދި ކުރެއްވުން ފިޔަވައި އެހެން ކަމެއް މަނިކުފާނަކަށް ނުކުރެވުނެވެ. އެވާހަކަ އިތުރަށް ދައްކާކަށް ނެތީމެވެ. ރައީސް ނަޝީދުގެ ވެރިކަމަށްފަހު، މަނިކުފާނުގެ ތިރީސްއަހަރާއި، އޭގެފަހުން ރާއްޖޭގައި އުފެދުނު […]

މަޖިލީވެސް ޤާނޫނުއަސާސީއަށް ވުރެ ބޮޑެއް ނުވާނެ. ދިވެހިރާއްޖެއަކީ ދުސްތޫރީ ސިޔާދަތީ ބާރުއޮންނަ ޤައުމެއް!

ޖުމްހޫރީ ނިޒާމެއްގައި ދައުލަތް އެކުލެވިގެންވަނީ ވަރަށް މުސްތަޤިއްލު ތިން ގޮތްޕެއް ނުވަތަ ތިންބާރެއް އެކުލެވޭގޮތުންނެވެ. ޤާނޫނުއަސާސީ ކަށަވަރުކޮށްދެނީ އެއްވެސް ޙާލެއްގައި އެއްބާރު އަނެއްބާރުގެ މައްޗަށް ނުފޫޒު ނުހިންގޭނެކަމެވެ. އެއްބާރުގެ އިޚްތިޞާޞަށް އަނެއްބާރަކުން ގަދަވެގަތުމަށް ހިންގާ ކޮންމެ ޢަމަލަކީ ޤާނޫނު އަސާސީގެ ބާރުކަނޑުވާލަން ހިންގޭ ޣައިރު ދުސްތޫރީ ޢަމަލެކެވެ. ދުސްތޫރީ ޢިލްމުވެރިންގެ ނަޒަރުގައި ޖުމްހޫރީ ނިޒާމެއްގައި ދައުލަތުގެ ތިންގޮފީންކުރެ އެއްވެސް ގޮތްޕަކީ ވަކީން މާބާރުގަދަ ގޮތްޕެއް ނޫނެވެ. އެހެންނަމަވެސް ތަފާތު ޒިންމާތަކަކާއި ބާރުތަކެއް ކޮންމެ ގޮތްޕެއްގެ ދައުރާމަސައްކަތާއި ގުޅޭގޮތުން  ޙަވާލުވެފައި ވަނީއެވެ. ދުސްތޫރީ ވެރިކަންހިންގާ ޑިމޮކްރެޓިކް ނިޒާމުތަކުގައި ސިޔާދަތީބާރު ދައުލަތްތަކުގައި ތަފާތު ދެގޮތަކަށް ލިބިދެވިފައި ވެއެވެ. ބައެއް ޤައުމުތަކުގައި އޮންނަނީ ބަރުލަމާނީ ސިޔާދަތީ ބާރެވެ. އަނެއްބައި ޤައުމުތަކުގައި އޮންނަނީ ދުސްތޫރީ […]

އިނގިރޭސި ރާނީ އަވަހާރަވުމާއި ބަންގާޅު ބޮޑުތަދުގެ ޙާދިސާ 

އިނގިރޭސީންގެ ވެރިކަމުގައި އެންމެ ގިނަދުވަހު ތަޚުތުގައި އިންނެވި ރާނީ އެލިޒެބަތު 2 ވަނަ، ހަތްދިހަ އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ މަގާމު ފުރުއްވަމުން ގެންދަވަނިކޮށް 9 ސެޕްޓެމްބަރ 2022 ގައި އަވަހާރަވެއްޖެއެވެ.  އިނގިރޭސި ދައުލަތުގެ އައު ޞަފްޙާއެއް ފަތްޖެހިގެން ތާރީޚުގެ ތެރޭގައި ރައްކާ ކުރެވިގެން ދިޔައީއެވެ. ގޮށްމުށުގެ ގަދަބާރުން އަނިޔާވެރި ވެރިކަމެއް ދުނިޔޭގެ ބޮޑު ބައެއްގައި ގާތްގަނޑަކަށް 3 ޤަރުނު މި ރާނީގެ އިނގިރޭސީން ހިންގިއެވެ. ދުނިޔޭގެ ފަސް ބައްރުގައި އިނގިރޭސީން ކުރި އިސްތިޢުމާރީ ވެރިކަމުގެ އެންމެ ފަހުގެވެރިޔާ އަވަހާރަވީއިރު، އިނގިރޭސި ދައުލަތުން ދުނިޔެއަށް ދީފައިވާ އަނިޔާއާއި،އަޅުވެތިކަމާއި، ނާއިންސާފާއި، ލާއިންސާނީ ހަނދާންތައް އަޅުވެތި ކުރެވުނު ޤައުމުތަކުގެ ރައްޔިތުންގެ އަރުތަކުން މުޅިން ފިލައިގެން ނުދެއެވެ.  ރާނީ އެލިޒެބަތު ދެވަނަ، އިނގިރޭސި […]

އިސްލާމީ ޚިލާފަތު އުވާލެވުނުތާ 100 އަހަރު ފާއިތުވެ ދިއުން.

27 ރަޖަބް 1342 ވަނަ ދުވަހަކީ ފާއިތުވީ 14 ޤަރުނުގެ ތެރޭގައި އިސްލާމީ އުއްމަތަށް ކުރިމަތިވި އެންމެ އަނދިރި ދުވަހެވެ. ސައްޔިދުނާ އަބޫ ބަކުރު އައްޞިއްދީޤް ރަޟިއަﷲ ޢަންހު މުސްލިމުންގެ ޚަލީފާއަކަށް އިސްކުރެވުނު ދުވަހުން ފެށިގެން މިދުވަހާއި ހަމައަށް މިއުއްމަތުގެ އެންމެހައި މުސްލިމުތަކުންގެ މައްޗަށް ޢަމުރު މަޢުރޫފު ހިންގާނޭ ވެރިޔަކުނެތް ދުވަހެއް ނުދެއެވެ. ބައެއް ވެރީންނަކީ ރައްޔިތުންނަށް އޯގާތެރި، ދީނުގެ ޙުކުމްތަކަށް ފަރުވާ ބެހެއްޓެވި މަތިވެރި ވެރީންނެވެ. އަނެއްބައި ވެރީންނަކީ އަނިޔާވެރި ޚުދުމުޚްތާރު ވެރީންނެވެ. ބައެއްފަހަރު ވެރިކަމާއި […]