ހޫތީން ސަޢޫދީގެ އެއަރޕޯޓްތަކަށް އަމާޒުކޮށް ހަމަލާދެނީ!

ވޯލް ސްޓްރީޓް ޖަރނަލްގެ ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ސަޢޫދީ ޢަރަބިއްޔާގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް އަމާޒުކޮށް ހަމަލާދެމުން ދިއުމާ ގުޅިގެން، އެ ޤައުމުގެ ދަތުރުފަތުރާއި ފަތުރުވެރިކަން އަދި ބޭރުގެ އިންވެސްޓްމަންޓްތަކާ މެދު ކަންބޮޑުވުން އުފެދިއްޖެއެވެ. ރިޔާޟުގެ ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓަށާއި ސަޢޫދީގެ ދެކުނުގެ ބައެއް ސިޓީތަކަށް އަމާޒުކޮށް ދިން މިސައިލް ހަމަލާތަކުގެ ސަބަބުން ދަތުރުވެރިންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ. ސަޢޫދީ ޢަރަބިއްޔާއަކީ ބައިނަލްއަޤްވާމީ ކޮންފަރެންސްތަކާއި ދަތުރުފަތުރުގެ އެންމެ ބާރުބޮޑު ދުވަސްވަރަކަށް […]

ޕެނަމާއަށް ބިރުވެރި ދުވަހެއް! މުޅި ޤައުމު ގުޑުވާލައިފި!

އިއްޔެ، ޕެނަމާގެ ދެކުނުގެ ސަރަހައްދުތަކަށް ރެކްޓަރ މިންގަނޑުން 7.7 އަދި 6.6 ގެ ބާރުމިނުގައި އައި ބާރުގަދަ ދެ ބިންހެލުމާއި ގުޅިގެން އިމާރާތްތައް ވެއްޓި، މަގުތަކަށް ގެއްލުންވެ، މުޅި ގައުމުން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހިއްޖެއެވެ. ފުރަތަމަ ބިންހެލުން އައީ މެދުތެރޭ ހެރޭރާ ޕްރޮވިންސްގެ އެކަހެރި އަވަށެއް ކަމަށްވާ ޕިޓަލޯޒާ އަރީބާ ކައިރިއަށެވެ. ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި މި ބިންހެލުން އުފެދުނީ ބިމުގެ އަޑިން ގާތްގަނޑަކަށް 10 ކިލޯމީޓަރުގެ […]

ތޯޢޫން ބަލީގެ ބިރުވެރިކަން ދުނިޔެއަށް ފެތުރެނީ! ހަޤީޤަތަކީ ކޮބައިބާ؟

ރަޝިޔާގައި ނިއުމޯނިކް ޕްލޭގް ނުވަތަ ތޯޢޫން ބަލީގެ ވޭދަނައެއް ފެނިފައިވާ ކަމަށް ބެލެވޭތީ އެކަމުގެ ބިރުވެރިކަން މުޅި ދުނިޔޭގައިވެސް އެބަ އިތުރުވަމުން އެބަދެއެވެ. މި ބިރުވެރިކަން އުފެދުނީ ރަޝިއާގެ ސައިބީރިއާގައި ހުންނަ، ޕްލޭގް ދިރާސާކުރާ އިންސްޓިޓިއުޓެއްގައި މަސައްކަތްކުރާ އުމުރުން 28 އަހަރުގެ އަންހެނަކު، ސަބަބު ދެނެގަނެވިފައިނުވާ ނިއުމޯނިއާ ބައްޔެއް ޖެހިގެން މަރުވުމާއި ގުޅިގެންނެވެ. މިއާއެކު ބައިނަލްއަޤްވާމީ ޞިއްޙީ އިދާރާތަކުން ދަނީ މިކަމުގެ ތަފްޞީލު ހޯދުމަށް އެދެމުންނެވެ. އިރްކުޓްސްކްގެ އެންޓި-ޕްލޭގް އިންސްޓިޓިއުޓްގައި މަސައްކަތްކުރި މި އަންހެންމީހާ މަރުވުމުގެ ކުރިން […]

ދުނިޔޭގެ ހޫނުމިން އިންތިހާއަށް މައްޗަށްދާނެ ކަމުގެ އިންޒާރު!

ބާރުގަދަވަމުން އަންނަ އެލް ނީނޯ، ކުރިއަށް އޮތް ޑިސެމްބަރު މަހު އޭގެ އެންމެ މައްޗަށް ދިއުމުގެ ކުރިން އިތުރަށް ވަރުގަދަވާނެ ކަމަށް ލަފާކުރެވޭއިރު، މިއީ 1950 ވަނަ އަހަރަށް ފަހު ރެކޯޑު ކުރެވޭ އެންމެ ބާރުގަދަ މޫސުމީ ހާދިސާތަކުގެ ތެރޭގައި ހިމެނޭނެ ކަމެއް ކަމަށް އދ. އިން ވަނީ އިންޒާރު ދީފައެވެ. ދުނިޔޭގެ މޫސުމާ ބެހޭ ޖަމްއިއްޔާ (ޑަބްލިއުއެމްއޯ) އިން ބުނި ގޮތުގައި، އުފެދެމުން އަންނަ މި އެލް ނީނޯގެ ސަބަބުން ދުނިޔޭގެ ބޮޑު ސަރަހައްދެއްގެ ފިނިހޫނުމިން […]

ހަނގުރާމައިގެ ތިން އަހަރުގެ ތެރޭގައި ޣައްޒާއަށް އައި ބަދަލުތައް

ހަނގުރާމައިގެ ތިން އަހަރުގެ ތެރޭގައި ޣައްޒާގެ ދިރިއުޅުން މުޅިން ބަދަލުވެ، ގެދޮރާއި، އިޤްތިޞާދާއި، ތަޢުލީމީ ނިޒާމާއި، ޞިއްޙީ ނިޒާމު އަދި އަސާސީ އުމްރާނީ ވަސީލަތްތައް ސުންނާފަތިވެފައިވާ ކަމަށް އަލްޖަޒީރާ އާއި، އދ. އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ހާމަކޮށްފައިވާ ހިސާބުތަކުން ދައްކައެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި، 7 އޮކްޓޯބަރު 2023 ގައި ޙަމާސް އިސްވެދިން ޙަމަލާއާ ގުޅިގެން އިސްރާއީލުން ފެށި ހަނގުރާމައިގައި، މިހާތަނަށް ފަލަސްޠީނުގެ 74,245 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޮކްޓޯބަރު […]

ޙޫތީންގެ މިސައިލްތަކުން ޢަދަން އެއާޕޯޓަށް އަމާޒުކޮށްފި

އީރާނުގެ ތާއީދު އޮންނަ ޙޫތީންނާއި ބައިނަލްއަޤްވާމީ ގޮތުން ބަލައިގެންފައިވާ ޔަމަނުގެ ސަރުކާރާއި ދެމެދު ހިނގަމުންދާ ހަނގުރާމަ ވަރުގަދަވެފައިވާ ދަނޑިވަޅެއްގައި، ޙޫތީންގެ ބާރުތަކުން ޔަމަންގެ ޢަދަން އިންޓަނޭޝަނަލް އެއާޕޯޓަށް ބެލިސްޓިކް މިސައިލާއި ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯންތަކުން ޙަމަލާދީފިއެވެ.ޔަމަންގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ދެ ބެލިސްޓިކް މިސައިލާއި ގިނަ އަދަދެއްގެ ޑްރޯންތަކުން އެއާޕޯޓަށް ޙަމަލާ އަމާޒުކޮށްފައިވާ ކަމަށާއި، މީގެ ސަބަބުން ފަސިންޖަރުންނާއި މުވައްޒަފުން އަދި ފްލައިޓް ކްރޫންގެ ފުރާނައަށް ނުރައްކާވި ކަމަށެވެ. ފުރަތަމަ ލިބުނު މަޢުލޫމާތުތަކުން އެއްވެސް މީހަކަށް ގެއްލުމެއް […]

އަބަދު އަމިއްލަ ނަފްސުގެ ކުށް ހޯދުމަކީ ކޮންކަހަލަ ކަމެއްބާ؟

އަމިއްލަ ނަފްސު މިއަދަށްވުރެ ރަނގަޅު މީހަކަށް ހެދުމަށް އަބަދު މަސައްކަތްކުރުމަކީ، މިއަދު ތިމާއަކީ ކާކުކަން ދެނެގަނެ، އެކަމުގެ އުފާ ހާސިލުކުރަން ބައެއް ފަހަރު ހަނދާން ނެތިދާނެ ކަމެއް ކަމަށް ސޯޝަލް މީޑިއާގައި ލިޔުނު ޚިޔާލެއްގައި ބުނެފައިވާއިރު، މިއީ އިންޓަނެޓުގައި ބޮޑު ބަހުސެއް އުފެދިގެން ދިޔަ ކަމެކެވެ. އެކްސް ބޭނުންކުރާ މީހެއްކަމުގައިވާ ސިމްރަން ސަޗްދޭވާ ވަނީ މީހުން މާ ބޮޑަށް ހުނަރުވެރި، ކާމިޔާބު، ރީތި، އަޚުލާގު ރަނގަޅު އަދި ޝައުގުވެރި މީހަކަށް ވުމަށް އަމިއްލަ ނަފްސަށް ކުރިމަތިކުރުވާ ޕްރެޝަރާ […]

ފްލައިދުބާއީގެ ކޯ-ޕައިލެޓާ ގުޅޭގޮތުން އިހުމާލެއް އޮތްކަން ފާހަގަކޮށްފި

ހައްދުފަހަނައެޅި ކަންކަމަށް ޝައުގުވެރިކަން ހުންނަކަމުގެ ކަންބޮޑުވުންތަކެއް ކުރިން އުފެދިފައި ވަނިކޮށް، އުމާނުގެ ރައްޔިތެއް ކަމަށްވާ ހަމާމް އަލް-ހައްމާމީ އަށް ފްލައިދުބާއީގެ ކޯ-ޕައިލެޓަކަށް ވެވުނު ގޮތާމެދު އުމާނު ސަރުކާރުގެ އިސް މަސްދަރުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެކި މީޑިއާ ރިޕޯޓްތަކުގައި އޭނާގެ ނަމަކީ އެއީ ކަމަށް ވަނީ ބުނެފައެވެ. މި ތުހުމަތުތައް ފެންމަތިވެފައި މިވަނީ، ދުބާއީން ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓް އެފްޒެޑް1073 ގައި ހިނގައިދިޔަ ހާދިސާއެއް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރަމުންދާ ދަނޑިވަޅެއްގައެވެ. […]

އަނދިރީގައި ނިދުމުގެ ފައިދާ ބޮޑުވަނީ ކީއްވެ؟

މުޅިން އަނދިރި ކޮޓަރިއެއްގައި ނިދުމަކީ ހިތުގެ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އާ ދިރާސާއަކުން ދައްކާ ގޮތުގައި، ނިދާފައި އޮންނަ ވަގުތު ކުޑަ އަލިކޮޅެއް އެޅުނު ނަމަވެސް، އެކަމަކީ ހިތުގެ އޮނިގަނޑާއި އޭގެ މަސައްކަތަށް ބަދަލުތަކެއް އައުމާ ގުޅިފައިވާ ކަމެކެވެ. އެމެރިކާގެ ޓިއުލޭން ޔުނިވަރސިޓީގެ ދިރާސާވެރިން ވަނީ އިނގިރޭސިވިލާތުގެ ގާތްގަނޑަކަށް 11،000 މީހުންގެ ޞިއްޙީ މަޢުލޫމާތު ތިން އަހަރު ދުވަހުގެ މުއްދަތަށް ދިރާސާކޮށްފައެވެ. ’ޔޫރަޕިއަން ހާޓް ޖާނަލް‘ ގައި ޝާއިޢުކޮށްފައިވާ މި ދިރާސާއިން ދައްކާ ގޮތުގައި، ރޭގަނޑުގެ […]

ރަޝިޔާގައި ތޯޢޫން ބަލީގައި މީހަކު މަރުވެ، 200 މީހުން ކަރަންޓީނުކޮށް 5 ހޮސްޕިޓަލް ބަންދުކޮށްފި

ރަޝިޔާގެ އިރްކުޓްސްކް ސަރަޙައްދުގައި ތޯޢޫން ބަލި ޖެހިގެން 28 އަހަރުގެ ލެބޯޓްރީ ޓެކްނީޝަނަކު މަރުވުމާއި ގުޅިގެން ބިރުވެރިކަން އުފެދި، 200 އަށް ވުރެ ގިނަ މީހުން ކަރަންޓީނުކޮށް، ފަސް ހޮސްޕިޓަލެއް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ސައިބީރިއާގެ އެކަހެރި ސަރަޙައްދެއްގައި އޮންނަ އަވަށެއް ކަމަށްވާ ޝެލެޚޯވްގައި ހުންނަ އެންޓި-ޕްލޭގް ރިސާޗް އިންސްޓިޓިއުޓުގައެވެ. ދާރިޔާ ޝިޕިލޯވާ ކަމަށް ދެނެގަނެވިފައިވާ މި ޓެކްނީޝަން މެޑިކަލް ސްޓާފުންނަށް ކިޔައިދީފައިވާ ގޮތުގައި، ޓެސްޓު ކުރުމަށް ސާމްޕަލް ނަގަމުން ދަނިކޮށް، ދިރިހުރި […]