ޕާކިސްތާނާއި ރާއްޖޭގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ހަރުދަނާ ކުރުމަށް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ދީފި

ޕާކިސްތާނާއި ރާއްޖޭގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މުޢިއްޒު އެ ޔަޤީންކަން ދެއްވާފައި ވަނީ ”ޕާކިސްތާން ޑޭ“ގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއަށާއި ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. އެގޮތުން ޕާކިސްތާނުގެ ރައީސަށާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުންވި ސިޓީފުޅުގައި ރައީސް ވަނީ، ދެ ޤައުމުގެ ޒަމާންވީ އަޚުވަންތަ […]

ޑިވެލޮޕްމެންޓް ބޭންކްގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

މި ސަރުކާރުން ރާއްޖޭގައި އުފެއްދި ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ނޮއެލް ގްރެގާ ޕެޓަރސަން-ޖޯންސް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ޕީސީބީން ދެންމެ ބުނީ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ކަމުގެ މަގާމުގައި ހުންނެވި ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް އިސްތިއުފާ ދެއްވުމަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން އެ ބޭފުޅާގެ އިސްތިއުފާ ގަބޫލުކޮށް އެ މަގާމުން ވަކިކޮށްފައިވާ ކަމަށް ޕީސީބީން ބުނެފައި ވެއެވެ. އިނގިރޭސި ވިލާތަށް ނިސްބަތްވާ […]

ޕެޓްރޯލްގެ އަގު ހެޔޮކޮށްފި

އެސްޓީއޯއިން ރާއްޖޭގައި ވިއްކަމުން އަންނަ ޕެޓްރޯލްގެ އަގު ހެޔޮކޮށްފިއެވެ. އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން ފިޔުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމްގެ ޕެޓްރޯލް ޝެޑުތަކުން ޕެޓްރޯލް ލިބެން ހުންނާނީ 13.50 ރުފިޔާއަށް ކަމަށެވެ. މި ބަދަލާއެކު ލީޓަރަކުން މި ވަނީ 48 ލާރި އަގުހެޔޮވެފައެވެ. މީގެ ކުރިން އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 13.98ރ އަށެވެ. އެހެންކަމުން ލީޓަރަކުން 48 ލާރި ހެޔޮކުރުމުން، ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 13.50ރ އަށް ތިރިވެފައެވެ.

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ހައްޔަރުކޮށްފި

އިއްޔެ މަޤާމުން ވަކިކުރި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޝަންމާން މިރޭ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ. މައްސަލައަކާ ގުޅިގެން ޝަމްއާން މަގާމުން ވަކިކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި ރޭ ސަރުކާރުން […]

އަމިއްލަ ނަފްސުދެކެ ލޯބިވާނީ ކިހިނެތް؟

އަމިއްލަ ނަފްސުދެކެ ލޯބިވާން ދަސްކުރުމަކީ ފުރިހަމަ ދިރިއުޅުމެއް އުޅުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަމިއްލަ ނަފްސްދެކެ ލޯބިވުމުގައި ހިމެނެނީ ތިމާއަކީ ކާކުކަން، ހުރިހާ އުނިކަންތަކަކާއި އެކު ހުރިހާ ކަމެއް ގަބޫލުކޮށް އަގުވަޒަން ކުރުމެވެ. އަމިއްލަ ނަފްސުދެކެ ލޯބިވުމަށް އެހީތެރިވެދޭނެ ބައެއް ކަންކަން ހިމަނާލާނަމެވެ. އަމިއްލަ ނަފްސުދެކެ ލޯބިވުމަށްޓަކައި އަމިއްލަ ނަފްސަށް އޯގާތެރިވެ ރަނގަޅު ރަޙްމަތްތެރިއަކާ މެދު ކަންތައް ކުރާ ފަދައިން އަމިއްލަ ނަފްސާއި މެދުވެސް ހެޔޮކޮށް ކަންތައް ކުރާށެވެ. މާބޮޑަށް ފާޑުކިޔުމެއް ނެތި ތިމާގެ މަސައްކަތާއި ނާކާމިޔާބީތައް […]

ސިއްޙީ ދާއިރާގެ އޯޓީ ލިމިޓް ވެސް އުވާލައިފި

ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިތުރު ގަޑީގެ އިނާޔަތުގެ ފައިސާ ދިނުމުގެ ލިމިޓް އުވާލައިފިއެވެ. އަލަށް އެކުލަވާލެވުނު އިސްލާހާއެކު، ރޯދައިގެ ފަހު 10 އިން ފެށިގެން އެ މަހުގެ ނިޔަލަށް ހިމެނޭ ދުވަސްތަކާއި ކަލަންޑަރުގައި ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ދުވަސްތައް އަދި ރައީސްގެ ދެންނެވުމަކުން ސަރުކާރު ބަންދުކުރާ ދުވަސްތަކަށް 10 ޕަސެންޓުގެ ލިމިޓު ނުލައި، އެ ދުވަސްތަކުގައި އިދާރާއިން މުވައްޒަފުން ނެރެގެން މަސައްކަތްކުރުވާ ހުރިހާ ވަގުތަކަށް އިތުރު ގަޑީގެ ފައިސާ ދޭންޖެހެއެވެ. މި މަހުގެ […]

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް ފަޞީޙް ޢައްޔަނު ކުރައްވައިފި

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް، މ. ދިއްގަލި، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް ރޭ ޢައްޔަން ކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް އެ މަޤާމަށް އައްޔަނު ކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ކަމަށެވެ. ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް އަކީ ޔޫ.އެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސް، ކުއަންޓިކޯ، ވާޖީނިއާގެ އެފް.ބީ.އައި ނޭޝަނަލް އެކަޑަމީއިން އެފްބީއައި ޖެނެރަލް ކޯސް އޮފް އިންސްޓްރަކްޝަން […]

އިމިގްރޭޝަން ކޮންޓްރޯލަރު މަގާމުން ވަކިކޮށް ތަހުގީގެއް!

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރަމުން އަންނަ ކަމަށްބުނެ ތަހުގީގެއް ފަށައި، އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މަޤާމުން ވަކިކޮށްފިއެވެ. އެނގިފައިވާ ގޮތުގައި މައްސަލައަކާ ގުޅިގެން ޝަމްއާން މަގާމުން ވަކިކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި ރޭ ސަރުކާރުން ވަނީ ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަޤާމަށް އިތުރު ބޭފުޅަކު އައްޔަނު ކުރައްވާފައެވެ. ފުލުހުން ރޭ ބުނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ […]

ފަހު 10 ގައި ވަޒީފާ އަށް ނިކުންނަ މުވައްޒަފުންނަށް ހާޒިރީ އެލަވަންސެއް ދެނީ

މި ރަމަޟާން މަހުގެ ފަހު 10 ގައި ވަޒީފާ އަށް ނިކުންނަ މުވައްޒަފުންނަށް ހާޒިރީ އެލަވަންސެއް ދޭން ނިންމައިފިއެވެ. ނޭޝަނަލް ޕޭ ކޮމިޝަނުން، މި އިސްލާހު ހިމެނޭ ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް 7 ވަނަ އިޞްލާޙު ގެނެސް މިހާރު ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ. މި އިޞްލާހުގައި ހިމެނިގެން ދައުލަތުގެ ޕޭ ފްރޭމްވަރކަށް ގެންނަވާފައިވާ މުހިންމު ބަދަލުތަކުގެ ތެރޭގައި ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން […]

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޝަހީދު ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ސ. ހިތަދޫ/ ބާޒީގެ ހުސައިން ޝަހީދު އައްޔަންކުރައްވައިފިއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.‎ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވެވި ރަސްމިއްޔާތެއްގައި އަލަށް އައްޔަންކުރެއްވި ފަނޑިޔާރު ހުސައިން ޝަހީދަށް މަގާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދެވެ. އެ ރަސްމިއްޔާތުގައި މަގާމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން، ރައީސް […]