ރާއްޖޭގެ ފަތުރުވެރިކަމަށް އާދަޔާ ޚިލާފު ކާމިޔާބީ ލިބެމުން އެބަދޭ!

ރާއްޖެޔަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު މިދުވަސްވަރު ވަނީ މީގެ ކުރިން ދުވަހަކުވެސް ނުދާހާ މައްޗަށް ޖެހިލާފައެވެ. މިއީ ކޮވިޑްގެ މި ހާލަތުގައި ވެސް ވަކިވަކި ޖަޒީރާ ތަކުގެ ގޮތަށް އުފެދިފައިވާ ދިވެހިރާއްޖޭގައި ރައްކާތެރިކަން ލިބޭނެ ކަމަށް އޮންނަ އިތުބާރު ބޮޑުވުމުން ދިމާވެގެން އުޅޭ ކަމަކަށް ވެސް ވެދާނެއެވެ. ނޫންނަމަ ރާއްޖެ އިސްތިހާރު ކުރުމަށް ކުރެވޭ ގިނަ މަސައްކަތްތަކުގެ ނަތީޖާ ކަމަށް ވެސް ވެދާނެއެވެ. ކޮންމެ ސަބަބަކާ ހެދި ނަމަވެސް ރާއްޖެ އަށް މިހާރު ދުވާލަކު އެވްރެޖް ގޮތެއްގައި […]
އިންޑިޔާގެ އެންމެ ދިގުމީހާ ސަމާޖްވާދީ ޕާޓީއާ ގުޅިއްޖެ

އިންޑިޔާގައި މިވަގުތު ހުރި އެންމެ ދިގު މީހާކަމަށް ދައުވާކުރާ ދަރްމެންދުރަ ޕްރަތާޕް ސިންގ ސަމާޖްވާދީ ޕާޓީ އާގުޅިއްޖެއެވެ. އިސްކޮޅުގައި އަށްފޫޓު އެއް އިންޗި ހުންނަ ދަރުމެންދުރާ އެޕާޓީ އާ ގުޅުމަށްފަހު ބުނެފައި ވަނީ އޭނާ ޕާޓީ އައު އުސްމިންތަކަކަށް ގެންދިއުމަށް މަސަކަތް ކުރާނެ ކަމަށާއި އިދިކޮޅުން ވާދަކުރާފަރާތްތައް ”ކުޑަކޮށްލާނެ“ ކަމުގައެވެ. އިވެންޓް މެނޭޖަރުކަން ކުރިން ކުރަމުން އައި އުމުރުން ސާޅީސް ހަ އަހަރުގެ ދަރުމެންދުރަ ޕްރަތާޕް ސިންގ ސިޔާސީ މައިދާނަށް ވަނުމަށް ސަމާޖްޕާޓީ އިޚްތިޔާރުކޮށްފައި މި ވަނީ […]
ޕާކިސްތާންގެ ސްޕްރީމް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރެއް

ޕާކިސްތާންގެ ސްޕްރީމް ކޯޓަށް އައްޔަން ކުރެވުނު ފުރަތަމަ އަންހެން ފަޑިޔާރު މަގާމުގެ ހުވާކުރައްވައި މަސައްކަތާ ހަވާލުވެ ވަޑައިގެންފިއެވެ. އުމުރުފުޅުން ފަންސާސް ފަސް އަހަރުގެ އައިޝާ މާލިކް ހިމެނިވަޑައިގަންނަވަނީ ސުޕްރީމްކޯޓުގެ ބެންޗުގައި ސޯޅަފިރިހެން ފަޑިޔާރުންނާއެކު އިންނަވާނެ ހަމައެކަނި އަންހެން ފަޑިޔާރުކަމުގައެވެ. ގާނޫނީ އެކިފަރާތްތަކުންނާ ބައެއް އެކްޓިވިސްޓުން ބުނި ގޮތުގައި މިއީ ވެރިކަމުގައި ފިރިހެނުންގެ މެޖޯރިޓީއެއް އޮންނަ ޕާކިސްތާންގައި އަންހެނުން ނެރުމަށް ގިނަ އަހަރުތަކެއް ވަންދެން ކުރެވުނު މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެކެވެ. ނަމަވެސް މިކަމާ ދެކޮޅު […]
ޖެސިންޑާ އާޑަންގެ ކައިވެނިފުޅު ކެންސަލް

ނިއުޒީލެންޑުގައި ކޮވިޑް ފެތުރުން ހުއްޓުމުމަށް އަޅާ އައު ފިޔަވަޅުތަކެއް އިއުލާން ކުރެއްވުމަށްފަހު ބޮޑުވަޒީރު ޖެސިންޑާ އާޑަން އެކަމަނާގެ އަމިއްލަފުޅު ކައިވެނީގެ ރަސްމިއްޔާތު ވެސް ކެންސަލް ކުރައްވައިފިއެވެ. ނިއުޒީލެންޑުން ކޮވިޑްބަލީގެ އައުވޭރިއަންޓް އޮމިކްރޮންގެ އައު ކޭސް ތަކެއް ފެނިފައި ވުމާއެކު މުޅި ގައުމަށް ވަނީ ކަންބޮޑުވުން ފެތުރިފައެވެ. އަލަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އާންމު އެއްވުންތައް އެންމެ ގިނަވެގެން ބޭއްވޭނީ ވެކްސިން ޖަހާފައިވާ ސަތޭކަ މީހުންނަށެވެ. އަދި ފިހާރަތަކަށް ދިއުމުގައްޔާއި ބަސް، ރޭލް ފަދަ އާންމު ދަތުރުފަތުރު ގައި […]
މަހާތިރު މުހައްމަދުގެ ހާލުކޮޅު ރަނގަޅު

ހިތުގެ ބަލީގެ ޚާއްޞަ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުންގެންދަވާ މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތިރު މުޙައްމަދުގެ ހާލުކޮޅު ރަނގަޅުކަމަށް މަހާތިރުގެ ދަރިކަނބަލުން މަރީނާ މަހާތިރު ވިދާޅުވެއްޖެއެވެ. މިއީ އުމުރުފުޅުން 96 އަހަރުގެ މަހާތީރު ދެތިންހަފުތާ ތެރޭ ހޮސްޕިޓަލްގައި އެނދުމަތި ކުރެވުނު ކުރެވުނު ތިންވަނަ ފަހަރެވެ. ކުއަލަލާމްޕޫރުގައި ހުންނަ ނެޝަނަލް ހާޓް އިންސްޓިޓިއުޓްގައި ހޮނިހިރު ދުވަހު މަހާތީރު އެނދުމަތި ކުރެވުމާއެކު އެ ސަރަހައްދަށް ނޫސްވެރިން ވަނީ އެއްވެފައެވެ. އަދި މިހާރުގެ ބޮޑުވަޒީރު އިސްމާއިލް ސޮބްރީ ޔާގޫބް ވެސް ވަނީ މަހާތިރުގެ […]
އަޔަލަންޑް ގައި ކޮވިޑް ފިޔަވަޅުތައް އުވާލަނީ

ކޮވިޑް-19 ބަލި ކޮންޓްރޯލް ކުރުމަށް އަޔަލަންޑްގައި އަޅާފައިވާ ގިނަ ފިޔަވަޅުތައް ހޮނިހިރު ދުވަހު އުވާލާނެ ކަމަށް ޚަބަރުލިބެއެވެ. ޓީވީ މެދުވެރި ކުރައްވައި ގައުމާ މުޚާޠަބް ކުރައްވަމުން ބޮޑުވަޒީރު މައިކަލް މާޓިން ހުކުރު ދުވަހު ވިދާޅުވީ ގައުމުގެ އާބާދީގެ ބޮޑު އިންސައްތަ މިހާރު ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހާފައި ވުމާއެކު އޮމިކްރޮން ވޭރިއަންޓްގެ ސަބަބުން ސީރިއަސްކޮށް ބަލިވާ މީހުންގެ ނިސްބަތް ވަރަށް ބޮޑަށް ދަށް ކުރެވުނު ކަމަށާއި އަޔަލަންޑަށް މިހާރު މިވަނީ ތޫފާނުގެ ގަދަ ހިސާބު ހުރަސް ކުރެވިފައި […]
ފަތްކޭލުގެ ބާވަތަކުން ދުނިޔެ ކާޑަށް ޖެހުން ހުއްޓުވިދާނެތަ؟

އިތިއޯޕިޔާގައި އާންމުކޮން ހައްދަމުން އަންނަ ފަތްކެޔޮ އާއިލާގެ ބާވަތެއްކަމަށް ”އެންސެޓް“ މި ގަސް ފުޅާ ދާއިރާއެއްގައި ހައްދައިގެން ދުނިޔޭން ކާޑުގެ ދަތިކަން ފިލުވުމަށް އެހީތެރިވެދީފާނެ ކަމަށް އަލަށް ހެދި ދިރާސާ އަކުން ދައްކައިފި އެވެ. މިބާވަތުގެ ގަސް މުހިންމު ވަނީ މިއީ ހޫނު މޫސުމުގައިވެސް ހެއްދޭ ބާވަތަކަށް ވާތީއެވެ. ދިރާސާ ހެދި ފަރާތްތަކުން ބުނެފައިވާ ގޮތުގައި މިހާރަށް ވުރެ ފުޅާކޮށް މިބާވަތް ހައްދައި ފޯރުކޮށްދީފިނަމަ ސަތޭކަ މިލިއަނެއްހާ މީހުންނަށްވެސް ކެއުމަށް ފުދޭވަރަށް ހެއްދިދާނެއެވެ. ނަމަވެސް އެންމެ ހައިރާން […]
ޓޮޔޯޓާގެ އައު ކާރު ނެރުން 4 އަހަރަށް ލަސްވެދާނެ

މުޅި ދުނިޔޭގައި ވެސް މަގުބޫލު ކަން ހޯދާފައިވާ ލޭންޑް ކްރޫޒަރ އެސްޔޫވީ ކާރުގެ އެންމެ ފަހުގެ މޮޑެލް ގަންނަން ބޭނުންވާ ފަރާތްތަކުން ހަތަރު ވަރަކަށް އަހަރުގެ އިންތިޒާރެއް ކުރަން ޖެހިދާނެ ކަމުގައި ކާރު އުފައްދަމުން ގެންދާ ޓޮޔޯޓާ ކުންފުނިން ބުނެފިއެވެ. ޓޮޔޯޓާގެ މިނިންމުމާ ގުޅިގެން އެކުންފުނީގެ ހިއްސާގެ އަގުވަނީ ހުކުރު ދުވަހު 2.7 އިސައްތަ ދަށަށް ގޮސްފައެވެ. ކާރު އުފެއްދުމުގެ މަސައްކަތުގައި މުޅި ދުނިޔޭގައި ވެސް އެންމެ ކުރީގައި އުޅޭ ޓޮޔޯޓާ ކުންފުނިން މިފަދަ ލަސްވުމެއް އަންނާނެ […]
ޒުވާން އަންހެންކުއްޖަކު ދުނިޔެ ވަށައި ބުރު ޖެހުމުގެ ރެކޯޑު ގާއިމުކޮށްފި

އުމުރުން ވިހި އަހަރުވެސް ނުވާ އަންހެންކުއްޖަކު ކުޑަ މަތިންދާބޯޓެއްގައި އެކަނި ދުނިޔެ ވަށައި ބުރު ޖެހުމުގެ ރެކޯޑް ގާއިމު ކޮށްފިއެވެ. މިތާރީޚީ ފަޚުރު ހޯދާފައި ވަނީ އިގިރޭސި އަދި ބެލްޖިއަމްގެ ޕާސްޕޯޓް އޮންނަ، އުމުރުން ނަވާރަ އަހަރުގެ ޒާރާ ރަދަފޯޑް އެވެ. ސާޅީސް އެއް ގައުމުގައި ޖައްސައި 52 ހާސް ކިލޯމީޓަރުގެ ދަތުރު ފުރިހަމަކޮށް އޭނާ ބުރާސްފަތި ދުވަހު ބެލްޖިއަމްއަށް ދަތުރު ނިންމާލާފައި ވަނީ ގިނަ ބައެއްގެ ތަރުތީބުގެ ތެރެއިންނެވެ. މިދަތުރާއެކު ޒާރާ ރަދަފޯޑް ވަނީ ދުނިޔޭގެ […]
ބޭހަށް ނުގުޑާ ބަލިތަކުގައި މަރުވާ މީހުންގެ އަދަދު އިތުރު ވަނީ

އެންޓީބަޔޯޓިކްސް ބޭހަށް ނުގުޑާ ބެކްޓީރިޔާގެ ސަބަބުން ޖެހޭ ބަލިތަކުގައި 2019ވަނަ އަހަރު އެކަނި ވެސް 1.2 މިލިއަން މީހުން މަރުވެފައިވާކަން ދުނިޔޭގެ ފެންވަރުގައި ހެދި ބޮޑު ދިރާސާ އަކުން ދައްކައިފި އެވެ. މިއީ މެލޭރިޔާ އަދި އެއިޑްސް ޖެހިގެން މަރުވި މީހުންނަށް ވުރެ ވެސް އިތުރު އަދަދެކެވެ. ޔުނިވަރިސިޓީ އޮފް ވޮޝިންގޓަންގެ އިންސްޓިޓިއުޓް ފޯ ހެލްތު މެޓްރިކްސް އެންޑް އިވެލުއޭޝަން ގެ ފަރާތުންހެދި ދިރާސާ ދައްކާ ގޮތުން މަސްއަލަ އެންމެ ބޮޑަށް ފާހަގަ ކުރެވިފައިވަނީ ފަގީރު ގައުމުތަކުގައެވެ. […]