ޗައިނާއަށް ދައްކަންޖެހޭ ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ހަދައި ދިނުމަށް ލަންކާއިން އެދިއްޖެ

ސްރީލަންކާއިން ޗައިނާއަށް ދައްކަންޖެހޭ ލޯނު ދެއްކުމުގައި ލުއިގޮތްތަކެއް ހަދައި ދިނުމަށް ލަންކާއިން ޗައިނާގައި އެދެފިއެވެ. މިކަމަށް އެދިފައި ވަނީ ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ (ފޮޓޯ) ޗައިނާގެ ޚާރިޖީ ވަޒީރު ވޭންގް ޔީ އާއެކު އާދިއްތަ ދުވަހު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ. ފާއިތުވެދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި ޗައިނާއިން ސްރީލަންކާއަށް ފަސްބިލިއަން ޑޮލަރަށްވުރެގިނައިން ލޯނުގެ ގޮތުގައި ފައިސާ ދީފައިވެއެވެ. އާދީއްތަ ދުވަހުގެ ބައްދަލު ވުމުގައި ރައީސް ގޮތަބަޔާ ރާޖަޕަކްސާ އެދިވަޑައިގެންނެވި އިތުރުކަންކަމުގެ ތެރޭގައި ޗައިނާގެ ޓުއަރިސްޓުން ލަންކާއަށް […]

ޕާކިސްތާނަށް ފޭބި ސްނޯގެ ތޫފާނުގައިމަރުވި މީހުންގެ އަދަދު 21 އަށް

ޕާކިސްތާނުގެ އުތުރުގެ ބައެއް ހިސާބުތަކަށް ކުރިމަތިވެގެން އުޅޭ ސްނޯގެ ތޫފާނުގައި މަރުވި މީހުންގެ އަދަދު 21އަށް އަރައިފިއެވެ. މީހުން މަރުވާން ދިމާވީ ވެހިކަލްތަކުގެ މައްޗަށް ސްނޯ ގިނަ އަދަދަކަށް ފައިބައި ކުރިޔަށް ދެވޭގޮތް ނުވެ ވެހިކަލްތަކުގައި މީހުން ބަންދު ވުމުގެ ސަބަބުންނެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް މިހާރު ސިފައިން ނެރެފައިވާއިރު މިހާތަނަށް ތިންސަތޭކަ އެއްހާ މީހުންސަލާމަތް ކުރެވިފައިވާ ކަމަށް އިމަރޖެންސީ ރެސްކިއު ސަރވިސަސް އިން ހާމަ ކޮށްފައިވެއެވެ. ޕާކިސްތާންގެ ދާޚިލީ ވަޒީރު ޝޭއިޚް ރަޝީދު ވިދާޅުވީ […]

މިއޮތީ ފޮތް ކިއުމަށް މާފަސޭހަ ގޮތެއް

    ފޮތް ކިއުމަކީ އަޅުގަޑުމެންގެ ތެރެއިން ގިނަ ބަޔަކު ވަރަށް ކުރާހިތްވާ ކަމެކެވެ. އަދި ގެޔަކަށް ނިސްބަތްކޮށް ބުނާނަމަވެސް އެގެއެއްގައި ފޮތް ހަރުގަޑެއް ނެތް ގެޔަކީ ފަޅު ތަނެއްގެ ގޮތުގައި ބަޔެއް ފަރާތްކުން ސިފަ ކުރެއެވެ. ދުނިޔޭގެ މަޝްހޫރު ކާމިޔާބު އެކި ފަރާތްތަކުން އެމީހުންގެ ކާމިޔާބީގެ ފަހަތުގައި ވަނީ ފޮތްކިއުން ކަމަށް ބުނެފައި ވެއެވެ. މިގޮތުން އެމެރިކާގެ މަޝްހޫރު މަހުޖަނު، ބިލިއަނަރ ވޮރެން ބަފެޓްގެ ކާމިޔާބީގެ ސިއްރަކީ ވެސް ފޮތް ވިދާޅުވުންކަމަށް ހާމަކުރައްވާފައި ވެއެވެ. ބަފެޓް […]

އިޓަލީން އިންޑިޔާއަށް އަނެއްކާވެސް ”ބޯޓެއްގެ ފުރާ“ ކޮވިޑް

ދެދުވަހުގެ ތެރޭ އިޓަލީން އިންޑިޔާއަށް ދިޔަ ދެވަނަ ފްލައިޓަކުން ދަތުރުކުރި ގިނަ އަދަދެއްގެ ފަސިންޖަރުންނަށް ކޮވިޑްޖެހިފައި ތިބިކަން ހާމަވެއްޖެ އެވެ. ޚަބަރު ލިބިފައިވާގޮތުގައި ހުކުރު ދުވަހު އިޓަލީގެ ރޯމުން އިންޑިޔާގެ އަމްރިތުސަރުއަށް ދަތުރުކުރި ފްލައިޓަކުން ދަތުރު ކުރި 173މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަން މިހާރު ވަނީ ޔަގީންވެފައެވެ. ބުދަދުވަހު އިޓަލީގެ މިލާނުން އަމްރިތުސަރުއަށް ދަތުރުކުރި ބޯޓަކުންވެސް ސަތޭކައަށް ވުރެގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ކަމަށް ހާމަވެފައި ވެއެވެ. އިޓަލީ އާއި އިންޑިޔާ އަކީ މިހާރު އަނެއްކާވެސް […]

ދުނިޔެއަށް ކޮވިޑް-19ގެ ސުނާމީއެއް

ކޮވިޑް-19ގެ އައު ވޭރިއަންޓް އޮމިކްރޯން ގެ ސަބަބުން ވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ގިނަ އަދަދަކަށް މީހުން މަރުވަމުން އެބަ ދާކަމަށާއި އެހެން ކަމުން އައުވޭރިއަންޓަކީ ވަކި ބާރު ދެރަ ވައްތަރެއް ކަމަށްސިފަ ނުކުރުމަށް ޑަބްލިއު އެޗްއޯ އިން އަންގައިފިއެވެ. ޑެލްޓާ ވޭރިއަންޓަށް ވުރެ އޮމިކްރޯން ބާރު ދެރަ ކަމަށްތަހުލީލުތަކުން ދެއްކި ނަމަވެސް ބަލިޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރު ވަމުންދާތީ ސިއްހީ ނިޒާމުތަކަށް ބުރަބޮޑުވެ ނުތަކާވަރުވެފައިވާ ކަމަށާއި އެހެން ކަމުން އައު ވޭރިއަންޓަކީ ބާރުދެރަ ވައްތަރެއް […]

އިންޑިޔާގައި އެއްދުވަހުގެ ތެރޭގައި ލައްކައަކަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިއްޖެ

ކޮވިޑް-19 ޖައްސާ ވައިރަސްގެ އައު ވޭރިއަންޓް ”އޮމިކްރޮން“ އަކީ މާހަލުވިކޮން ފެތުރޭ ވޭރިއަންޓެއްކަން އެގިފައިވާއިރު، އިންޑިޔާގައިވެސް ބަލިފެތުރޭ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެ، 117,100އިތުރު މީހުންނަށް ކޮވިޑް ޖެހިއްޖެ ކަމަށް ހުކުރު ދުވަހުގެ ރިޕޯޓް ތައް ބުނެފިއެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހަށް ފަހު އެއްދުވަހާ މިހާ މަތިން ކޭސްތައް ރިޕޯޓް ކުރެވުނު ފުރަތަމަ ފަހަރެވެ. ހުކުރު ދުވަހު 302 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާއިރު ކޮވިޑް ބަލީގައި އިންޑިޔާއިން މިހާތަނަށް 483,178 މީހުން […]

އިޓަލީން އިންޑިޔާއަށް ދިޔަ ފްލައިޓެއްގައި ކޮވިޑު ޖެހިފައިވާ 125 މީހުން

އިޓަލީން އިންޑިޔާގެ އަމްރިޓްސާއަށް ދަތުރުކުރި ފްލައިޓަކުން 125 ފަސިންޖަރުން ކޮވިޑް-19 އަށް ފައްސި ވެފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ. މިބޯޓުން ކުޑަކުދިންނާއެކު 179 ފަސިންޖަރުން ދަތުރުކޮށްފައިވާއިރު، ކޮވިޑަށް ޓެސްޓް ކޮށްފައިވަނީ ހަމަ އެކަނި ބޮޑެތި މީހުން ކަމަށް އިންޑިޔާގެ ސިއްހީ އޮފިޝަލުންނާ ހަވާލާ ދީ ޚަބަރުތައް ބުނެއެވެ. އިންޑިޔާގައިވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެފައިވެއެވެ. މިގޮތުން ހަ ގުނައިގެ އިތުރު ވުމަކަށްގޮސް ބުރާސްފަތި ދުވަހު އެކަނިވެސް 90 ހާހަށް ވުރެގިނަ މީހުން ކޮވިޑަށް ފައްސި […]

ޗައިނާއިން ފަގީރު ގައުމުތަކަށް ދޭ ލޯން ތަކުގެ ސަބަބުން އެގައުމުތަކަށް ނުއުފުލޭފަދަ ދަރަންޏަށް ހުށައެޅެނީތަ؟

ދުނިޔޭގެ ފަގީރު ގައުމުތަކަށް ޗައިނާއިން ލޯން ދޫކުރުމުގައި ލުއި އުސޫލުތަކެއް ގެންގުޅޭއިރު މިކަމުގެ ސަބަބުން އެގައުމުތަކުން ލޯން އަނބުރައި ދެއްކުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނެ އެކިފަރާތްތަކުން ޗައިނާއާ ދެކޮޅަށް ފާޑު ކިއުންތައް އަމާޒު ކުރަމުން ދާކަމުގެ އަޑުތައް ފެތުރިފައި ވެއެވެ. ޗައިނާއިން ބުނާ ގޮތުގައި އެއީ ހަގީގަތެއް ނޫނެވެ. އެއީ ހުޅަގުގެ ބައެއް ގައުމުތަކާއި އެމީހުންނނާއި ގުޅުން ބަދަހި ފަރާތްކުން ޗައިނާގެ އަބުރު ކަތިލުމަށް ކުރާ މަސައްކަތެކެވެ. އަދި ޗައިނާއިން ލޯން ނެގުމުގެ […]

ދުނިޔޭގެ އެންމެ މުއްސަނދިން އިތުރަށް މުއްސަނދި ވަނީ

ފާއިތުވި އަހަރު ދުނިޔޭގެ އެންމެ މުއްސަދި 500 މީހުންގެ ޖުމްލަ އާމުދަނީއަށް އިތުރަށް އެއްޓްރިލިއަން ޑޮލަރު ލިބި ބޮޑުތަނުން އެމީހުން މުއްސަނދި ވެއްޖެއެވެ. ބްލޫމްބާރގްގެ ބިލިއަނަރ އިންޑެކްސް އާ ހަވާލާދީ ”ސީ އެން އެން ބިޒްނަސް“ އިން ބުނެފައިވާ ގޮތުގައި ދުނިޔޭގެ އެންމެ މުއްސަދި މީހާކަމަށް ރިކޯޑްކުރެވިފައިވާ އެލޮން މަސްކް (ފޮޓޯ) އަށް އެކަނިވެސް ފާއިތުވި ބާރަ މަސް ދުވަހުގެ ތެރޭގައި 118 ބިލިއަން ޑޮލަރު ލިބިފައިވެއެވެ. ފާހަގަކޮށްލެވޭހާ ބޮޑަށް މުއްސަނދިކަން އިތުރުވި އެހެން ބިލިއަނަރުންގެ ތެރޭގައި […]