ޔާމިންގެ ގެކޮޅަށް ގެއްލުން ދިން ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި

 ކުރީގެ ރައީސް އަބްދުއްލާ ޔާމީން ހައްޔަރު ކުރަން ގޮވާލައި އެމަނިކުފާނުގެ ގެކޮޅު، ހ. ދޫވެއްސައް ސްޕްރޭ ކޮށް ގެއްލުންދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. އެ މީހާ ހައްޔަރުކޮށްފައިވަނީ ރައީސް ޔާމީން ގެ ކޮޅުގެ ދޮރަށާއި ގަރާޖު ގޭޓަށް ސްޕްރޭކޮށްފައި ވާހަކަމަށް ތުހުމަތުކޮށް ފައި ވެއެވެ.  އޭގެ އިތުރުން އެ ގޭކައިރި ހުންނަ ޕީޕީއެމް އޮފީހަށާއި އެ އޮފީހުގައި ހަރުކޮށްފައި ހުރި ޕޯސްޓަރަކަށް ވެސް އެ މީހާ ސްޕްރޭކޮށްފައިވާ ކަމަށް ތުހުމަތުކުރެވެއެވެ. ފުލުހުން މިއަދު ބުނީ ޔާމީންގެ […]

ރަތް ހަނދުކޭތަ މިރޭ ހިފާނެ

މިއަހަރުގައި ފުރަތަމަ ހިފާ ފުރިހަމަ ރަތް ހަނދުކޭތަ، މަޝްހޫރު ނަމުން ނަމަ ”ބްލަޑް މޫން“ މިރޭ ހިފާނެ ކަމަށް އެމެރިކާގެ ޖައްވީ ކަންތައްތަކާ ބެހޭ އިދާރާ ”ނާސާ“ އިން ބުނެފިއެވެ. މި ކޭތަ އެއްގަޑިއިރަށް ވުރެ ދިގުދެމިގެންދާނެކަމަށް ނާސާއިން ބުނެއެވެ. މި ކޭތަ ހަނދުކޭތަ އެމެރިކާއާއި އެފްރިކާ އަދި ހުޅަނގު ޔޫރަޕްގެ ގިނަ ގައުމުތަކަށް ފެންނާނެ ކަމަށް އެމެރިކާގެ ސްޕޭސް އެޖެންސީން ބުނެފައި ވެއެވެ. ނަމަވެސް  ރާއްޖެއަށް މިރީތި ހަނދުކޭތަ ނުފެންނާނެކަމަށް ފަލަކީ އިލްމުވެރިން ބުނެއެވެ. އަދި […]

ފުށް އެކްސްޕޯޓް ކުރުން އިންޑިއާއިން މަނާ ކުރިއަސް ރާއްޖެއަށް ލިބޭނެ

އިންޑިއާއިން ގޮދަންފުށް އެކްސްޕޯޓްކުރުން މަނާކުރިޔަސް އެއްވެސް ދަތިކަމެއް ނެތި ރާއްޖެއަށް ފުށް ލިބޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ. ރާއްޖެއަށް ފުށްއެތެރކުރާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން މިއަދު ބުނީ ރާއްޖެއަށް ފުށްލިބުމުގައި ދަތިކަމެއް ނޫޅޭނެ ކަމަށާ ރާއްޖެއަށް ބޭނުންވާ ވަރަށް ފުށް އެތެރެކުރެވޭނެކަމަށެވެ. އަދި މިހާރުވެސް އެސްޓީއޯގައި ފުށް ފުދޭވަރަކަށް ގުދަން ކުރެވިފައިވާ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ. އިންޑިއާއިން ބައެއް ބާވަތުގެ މުދާ އެކްސްޕޯޓްކުރުން މަނާކުރި ނަމަވެސް، މީގެ ކުރިން ވެސް ރާއްޖެ އަށް ހާއްސަ […]

ރައީސް ޔޫއޭއީގެ ރައީސްގެ އާއިލާގެ ހިތާމައިގައި ބައިވެރިވުމަށް އެގައުމަށް ފުރާވަޑައިގެންފި

ރައީސް ހަލީފާ ބިން ޒައިދު އާލް ނަހްޔާން އަވަހާރަވުމާ ގުޅިގެން އެމަނިކުފާނުގެ އާއިލާގެ ހިތާމައިގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް  ރަސްމީ ދަތުރުފުޅެއްގައި މިއަދު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގަންނަވައިފި އެވެ. ރައީސް އޮފީހުން ބުނީ ރައީސް ސާލިހުގމި ދަތުރުފުޅަކީ ޔޫއޭއީގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ސުޕްރީމް ކޮމާންޑަރު އައްޝައިޚް ހަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވުމާ ގުޅިގެން އެ މަރުހޫމުގެ އާއިލާއަށް ތައުޒިޔާ ދެންނެވުމަށާއި، […]

އާންމު ތަނެއްގައި ޖިންސީ ގުނަވަން ދެއްކުމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި

އާންމު ތަނެއްގައި ހުރެ ޖިންސީ ގުނަވަން ދެއްކި ކަމަށް ތުހުމަތުކުރވޭ އިންޑިއާ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. އެ މީހާގެ ވީޑީއޯ ސޯޝަން މީޑިއާގައި ދައުރުވަމުން އަންނައިރު އޭގެއިން ފެންނަގޮތުގައި އެ މީހާ އެ އަމަލު ހިންގީ އާޓިފިޝަލް ބީޗްގައެވެ. ފުލހުން އެ މީހާ ހައްޔަރުކުރީ އާންމުން އޭނާ ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުންނެވެ. ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ރިޕޯޓު ރޭ 21:57 ހާއިރު ފުލުހުންނަށް ހުށަހެޅުމުން އެމީހާ ހައްޔަރުކޮށްފައިވާ ކަމަށާ އެ މީހާ ޖިންސީ ގުނަވަން ދެއްކި […]

ކުޑަކުއްޖަކަށް ޖިންސީ އަމަލެއް ހިންގިކަމަށް ތުހުމަތުމަތު ކުރެވޭ މީހަކު ހޯދަނީ

ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލި މީހަކު އަލުން ހައްޔަރުކުރުމަށް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.   މިއަމުރާ ގުޅިގެން ހޯދަމުންދަނީ ކ. މާލެ / ގ. ތަބުރުގެ، މުޙައްމަދު ބިޝާރު އިސްމާއީލް (41އ) އެވެ.  ފުލުހުން ބުނީ މުހައްމަދު ބިޝާރު އިސްމާއީލްއަކީ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން 2020 ޖަނަވަރީ  19 ވަނަ ދުވަހު ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް […]

މެދު ފަންތީގެ އިތުރު ފްލެޓްތަކެއް ހުޅުމާލޭގައި އަޅައިދޭނެ ބަޔަކު ހޯދަނީ

މެދު ފަންތީގެ އާމްދަނީ އެއް ލިބޭ ފަރާތްތަށް ހާއްސަ ކޮށްގެން ހުޅުމާލޭގައި އިތުރު ފްލެޓް އިމާރާތްތަކެއް އަޅައިދޭނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ( އެޗްޑީސީ)ން އިއުލާންކޮށްފިއެވެ. އެޗްޑީސީން ބުނީ މި ފްލެޓް އިމާރާތްތައް ހެދުމަށް ނިންމާފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ކަމަށާ އެގޮތުން މި ފްލެޓްތައް އެޅުމަށް ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ހަތް ބިމެއް ކަނޑައަޅައިފައިވާ ކަމަށެވެ. އެ ބިންތަކަކީ 26،400 އަކަފޫޓާއި 34،543 އަކަފޫޓުގެ ބިން ތަކެއް ކަމަށް ވެސް އެޗްޑީސީން ބުނެއެވެ. […]

ލަންކާގެ ހަމަނުޖެހުމާއި ގުޅިގެން ދިވެއްސަކަށް އަނިޔާވިކަމުގެ ރިޕޯޓެއް ލިބިފައިނުވޭ: ފޮރިން މިނިސްޓްރީ

އަވަށްޓެރި ސްރީލަންކާ އަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމާ ހެދި ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތަކަށް ހޫނުވެ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުން ދާއިރު އެކަމުގައި އެއްވެސް ދިވެއްސަކަށް އަނިޔާވި ކަމުގެ ރިޕޯޓް އަދި ލިބިފައި ނުވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ. ފޮރިން މިނިސްޓްރީން ބުނީ ލަންކާ ހަމަނުޖެހުމާއި ގުޅިގެން އެގައުމގައި ތިބި ދިވެހިންގެ ހާލަތު އެ މިނިސްޓްރީން ބަލަމުން އަންނަކަމަށެވެ. އަދި ލަންކާގެ ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތައް ބަލައި އެކަންކަމަށް ސަމާލުވުމަށް ވެސް ފޮރިން މިނިސްޓްރީން އިލްތިމާސްކުރެއެވެ. […]

ސްކޫލު ކުދިންނަށް ޙާއްސަކޮށްގެން ޝަރުއީ ދާއިރާގެ މައުލޫމާތު ފޯރުކޮށްދިނުމުގެ ޕްރޮގާމެއް

ސްކޫލު ކުދިންނަށް ޝަރުއީ ދާއިރާގެ މައުލޫމާތު ފޯރުކޮށްދިނުމުގެ ޕްރޮގާމެއް ޖުޑިޝަލް ސަރވިސް ކޮމިޝަން ( ޖޭއެސްސީ)ން ފަށައިފިއެވެ. ޖޭއެސްސީން ބުނީ މި ސްކޫލު ދަރިވަރުންނަށް ހާއްސަކޮށްގެން އެ ކޮމިޝަނުން ކުރިއަށްގެންދާ ހަރަކާތަކީ ސިލްސިލާ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމުގެ ދަށުން ދަރިވަރުންނަށް ދަރިވަރުންނަށް ޝަރުއީ ދާއިރާއާ ގުޅުންހުރި މައުލޫމާތު ހިއްސާ ކުރެވި ދަރިވަރުންނަށް ފަނޑިޔާރުންނާ ބައްދަލުކޮށް އެބޭފުޅުންގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދީ ސުވާލުކުރުމުގެ ފުރުސަތުތައް ލިބިގެން ދާނެ ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ. އަދި މީގެ […]

ހިންނަވަރުން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ހޯދައިފި

ޅ. ހިންނަވަރުން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ހޯދައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ ހިންނަވަރު ޕޮލިހާއި ނައިފަރު ޕޮލިސް ގުޅިގެން މި މަހު 2 އިން 5 އަށް ހިންނަވަރުގައި އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ކަމަށާ މި ބަނގުރާ ހޯދައިފައިވަނީ އެ އޮޕަރޭޝަނުގައި ކަމަށެވެ. އެ  އޮ އެ އޮޕަރޭޝަނުގައި، ރަށުގެ ފަޅު ގޯތިތަކާއި ކުށްކުރާކަމަށް ބެލެވޭ މީހުން އެއްވެ އުޅޭ ރަށުގެ އެކި ސަރަހައްދުތަކާއި ވަލުތެރެ ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. […]