ސްކޫލު ކުދިންނަށް ޙާއްސަކޮށްގެން ޝަރުއީ ދާއިރާގެ މައުލޫމާތު ފޯރުކޮށްދިނުމުގެ ޕްރޮގާމެއް

Loading

Facebook
Twitter
WhatsApp

ސްކޫލު ކުދިންނަށް ޝަރުއީ ދާއިރާގެ މައުލޫމާތު ފޯރުކޮށްދިނުމުގެ ޕްރޮގާމެއް ޖުޑިޝަލް ސަރވިސް ކޮމިޝަން ( ޖޭއެސްސީ)ން ފަށައިފިއެވެ.

ޖޭއެސްސީން ބުނީ މި ސްކޫލު ދަރިވަރުންނަށް ހާއްސަކޮށްގެން އެ ކޮމިޝަނުން ކުރިއަށްގެންދާ ހަރަކާތަކީ ސިލްސިލާ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން ދަރިވަރުންނަށް ދަރިވަރުންނަށް ޝަރުއީ ދާއިރާއާ ގުޅުންހުރި މައުލޫމާތު ހިއްސާ ކުރެވި ދަރިވަރުންނަށް ފަނޑިޔާރުންނާ ބައްދަލުކޮށް އެބޭފުޅުންގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދީ ސުވާލުކުރުމުގެ ފުރުސަތުތައް ލިބިގެން ދާނެ ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.

އަދި މީގެ އިތުރުން މިޕްރޮގްރާމްގެ ސަބަބުން ވަޒީފާގެ މާހައުލުގައި ކޯޓުތަކުގައި އޮންނަ ފުރުސަތުތަކަށް ވެސް ދަރިވަރުން އަހުލުވެރި ކުރުވާ ތަފާތު ތަޖުރިބާތައް މިޕްރޮގްރާމުން ލިބިގެން ދާނެކަމަށް ޖޭއެސްސީން މައުލޫމާތު ދެއެވެ.

މި ޕްރޮގްރާމުގެ ދަށުން އެންމެ ފުރަތަމަ ކުރިއަށް ގެންދިޔަ މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެފައި ވަނީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 1-3ގެ ދަރިވަރުންނެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ސުޕްރިމް ކޯޓުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް