އަލީ ސާލިހަށް ހަމާލާދިން މީހާގެ ބަންދަށް މުއްދަތު ޖަހައިފި

އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހަށް ހަމަލާ ދިން މީހާގެ ބަންދަށް  15 ދުވަސް ޖަހައިފި އެވެ. އެ މީހާ އަލީ ސާލިހަށް ހަމަލާދިނީ އިއްޔެ މެންދުރު ހުޅުމާލޭ މަގުމަތިން ސައިކަލުގައި ވަޑައިގަންނަވަނިކޮށެވެ. މި ހަމަލާގެ ވީދިއޯއެއް ސޯޝަލް މީޑިއާގައި އާންމު ވެފައިވާއިރު އެ ވީޑިއޯއިން ފެންނަ ގޮތުގައި އެމީހާ ވަނީ ތޫނު އެއްޗަކުން އަލީ ސާލިހުގެ މޫނާއި ކަރަށް ހަމަލާ ދޭން މަސައްކަތް ކޮށްފައެވެ. ނަމަވެސް އަލީ […]

ހުންގަދަވެފައިވާ ތުއްތުކުއްޖަކު ބެލުމަށް ދެކޮޅުހެދި ޑޮކްޓަރަކީ އަބަދު ނިދާމީހެއް

ހުންގަދަވެގެން ހއ ހޯރަފުށީ ސިއްހީ މަރުކަޒަށް ޑޮކްޓަރަށް ދައްކަން ގެންދިޔަ  އެއް އަހަރުގެ ތުއްތު ދަރިފުޅަށް ފަރުވާދޭން ދެކޮޅު ހަދައި ނިދަން ބޭނުންވި ޑޮކްޓަރަކީ އާންމު ގޮތެއްގައި ވެސް ސިއްހީ މަރުކަޒުގައި ނިދާ މީހެއް ކަން ހާމަވެއްޖެއެވެ. މި މައްސަލަ ފެންމަތިވީ ބައްޕައަކު އޭނާގެ އެއް އަހަރުގެ ދަރިފުޅު ހުން ގަދަ ވެގެން ޑޮކްޓަރަށް ދައްކަން ދޮޅު ގަޑިއިރެއްހާއިރު މަޑުކުރުމަށް ފަހު ނަންބަރު ޖެހުމުން ނިދަން ކަމަށް ބުނެ ފަރުވާދޭން ޑޮކްޓަރު އިންކާރު ކުރި ކަމަށް ބުނެ […]

ގަވައިދާ ހިލާފަށް މަގުމަތީގައި ޕެލެޓް ބަހައްޓާ ފަރާތްތަކަށް ސިޓީ ކައުންސިލްގެ އިންޒާރެއް

މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕެލެޓްތައް ބަހައްޓާ ނަމަ ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު މާލޭ ސިޓީ ކައުސިލުން ދީފިއެވެ.   މާލޭ ސިޓީ ކައުންސިލުން ބުނީ ގަވާއިދާ ހިލާފަށް މާލޭ މަގުމަތީ ބަހައްޓާ ޕެލެޓް ތަކުގެ ސަބަބުން އެހެން ފަރާތްތަކަށް ދަތި ވަމުން އަންނަކަމަށެވެ. އެގޮތުން  ބޮޑެތި ވެހިކަލްތައް ޕާކުކުރުމަށް ކުރިއާލައި މަގުމަތީގައި ޕެލެޓްތައް ބަރިބަރިއަށް ޖަހާފައި ބެހެއްޓުމުން އޭގެ ސަބަބުން އެހެން ވެހިކަލްތައް ޕާކުކުރުމަށް ދަތިވެ ޝަކުވާ ކުރަމުން އަންނަ ކަމަށް ވެސް ސިޓީ […]

  ޝިއާއުގެ ކަށުނަމާދު ފުވައްމުލަކުގައި

       ބޮޑެތި އަނިޔާތަކާއެކު މަރުވެފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ ޖަނާޒާ އޭނާ އެ ރަށަކަށް ނިސްބަތްވާ ފުވައްމުލަކު ސިޓީގައި ބޭއްވުމަށް އާއިލާއިން ނިންމައިފިއެވެ. އުމުރުން 22 އަހަރުގެ ޝިއާއު މަރާލާފައި ރަހުމް ކުޑަ އަނިޔާތަކެއް ދީފައި އޮއްވާ ފެނުނީ  މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ މާލޭ ސިޓީގެ ހ. ޝީރީން ވިލާގޭގެ ނުވަ ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓަކުންނެވެ. ޝިއާއު މަރާލައިފައި އޮއްވާ  ފެނުނު އިރު ބޮޑެތި ޒަހަމްތަކެއް ވަނީ […]

 މަނަދޫގައި ހައުސިން ޔުނިޓް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ނ. މަނަދޫގައި ހައުސިންގ ޔުނިޓް އެޅުމަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީން ބުނީ މި ހައުސިން ޔުނިޓް ޕްރޮޖެކްޓްގެ ދަށުން އެރަށުގައި 40 ހައުސިން ޔުނިޓް އެޅުމަށް ހަމަޖެހިފައިވާކަމަށެވެ.ހައުސިން ޔުނިޓް އެޅުމަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުމަށް މިއަދު ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިންގ ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އަދި ދޮންބޭޒްގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ހެޑް […]

ޝައިޚް ފަޒްލޫން ހައްޔަރުކުރީ ރަނގަޅަށް: ހައި ކޯޓް

ޝައިހް ފަޒްލޫން ބިން މުހައްމަދު ހައްޔަރު ކޮށްފައިވަނީ ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމައިފިއެވެ. ޝައިހް ފަޒްލޫން ބަންދުކުރީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުންތަކަށް ހިތްވަރުދިން ކަމުގެ ތުހުމަތުގަ  ޖޫން 22 ވަނަ ދުވަހުއެވެ. އަދި  އެކި ފަހަރު މަތިން ފބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، ހައިކޯޓުގައި ތިން އަމުރެއް އިސްތިއުނާފް ކޮށްފައިވެ އެވެ. ފަޒްލޫން ދޫކޮށްލުމުގެ ކުރިން އޭނާގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓުގެ ތިން އަމުރެއް ބާތިލް ކޮށްދިނުމަށް އެދި ހައި […]

އަލަމްގިރި: ޖާދުލުގައި ޖެހުނު ގުރުއާނާއި ބެހޭ މަރުކަޒުގެ މުޝީރު ރާފިއު މަގާމުން ވަކިކޮށްފި

ގިނަ އަދަދެއްގެ ދިވެހިންނާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުކުރެވޭ  ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އަލްމްގިރީގެ ޖާދުލުގައި ޖެހި އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ މުޝީރު އިބްރާހިމް ރާފިއު މަގާމުން ވަކިކޮށްފިއެވެ. އަލަމްގިރީގެ ޖާދުލުގައި ޖެހިފައި ތިބި މީހުންގެ ވީޑިއޯތައް އާންމުވަމުން އަންއިރު ރާފިއުކަމަށް ބެލެބޭ މީހަކު އަލަމްގިރިއާ އެކު އެއްޖިންސުން ގުޅުން ހިންގާމަންޒަރު ފެންނަ ވީޑިއޯއެއް މިއަދު ވަނީ ލީކްކޮށްލާފައެވެ.   މައުލޫމާތު ލިބިފައިވާ ގޮތުގައި ވީޑިއޯ އާންމުވުމުގެ […]

މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި  9000 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި

މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މާލޭ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި އެކަމަށް ޚާއްސަ ކޮށްފައިވާ ”ގެދޮރުވެރިން ޕޯޓަލް“އަށް މިހާރު ވެސް 9000 އަށް ވުރެން ގިނަ ފަރާތަކުން ކުރިމަތިލައިފިއެވެ. ސަރުކާރުން އިންޑިއާ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ ފްލެޓް މަޝްރޫއުގައި 4000 ފްލްޓް މަސައްކަތް ދަނީ ކުރަމުންނެވެ.  މި ފްލެޓްތަކުގެ އިތުރުން ދޫކުރުމަށް ނިންމާފައިވާ ގޯތިތަކަކީ ހުޅުމާލެއިން ދޫކުރުމަށް ހަމަޖައްސާފައިވާ 1،000 ގޯއްޗާއި އަދި ގުޅީފަޅުން ހިއްކާ ބިމުން  ދޫކުރުމަށް ނިންމާފައިވާ 2،000ގޯއްޗެވެ. […]

ދުވާފަރު ޚިޔާނާތް: މައްސަލަ އޭސީސީއަށް

 ރ. ދުވާފަރު ކައުންސިލްގެ މެމްބަރުންނާއި އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ މެމްބަރުން ހިންގި ކަމަށް އެލްޖީއޭއިން ހާމަކޮށްފައިވާ ބޮޑު ހިޔާނާތުގެ މައްސަލަ އޭސީއަށް ހުށަހަޅައިފިއެވެ. އެ ހިޔާނާތުގެ މައްސަލަ އޭސީސީއަށް ހުށަހެޅީ ކައުންސިލްގެ ބެލެނިވެރި ފަރާތް އެލްޖީއޭއިންނެވެ. އެލްޖީއޭއިން ތުހުމަތުކުރާގޮތުގައި ދުވާފަރު ކައުންސިލުގެ ބައެއް މެންބަރުންނާއި އެ އިދާރާގެ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ވާނުވާ ނޭނގޭ ގޮތަށް އެ ކައުންސިލުގެ ބަޖެޓުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޖަމާކޮށްފައެވެ. […]

ކުރޫޒް ލައިނާ ދަތުރުތައް އައްޑޫ ސިޓީއަށް

ކުރޫޒް ލައިން ދަތުރުތައް އައްޑޫ ސިޓީއަށް ފެށުމަށް މިހާރު މަޝްވަރާ ކުރަމުންދާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބުނެފިއެވެ. އެމްޕީއެލްގެ ޗެއާމަން، ކެޕްޓަން މުހައްމަދު ޝަރީފް ’ރާއްޖެޓީވީ’ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ އައްޑޫ ސިޓީ ކައިރިން އެކި ގައުމުތަކުން ދަތުރުކުރާ ގިނަ އަދަދެއްގެ ކުރޫޒް ތައް ދަތުރުކުރަމުން އަންނަ ކަމަށާ އެ ދަތުރުތަކުގެ ޝެޑިއުލްހގައި އައްޑޫ ސިޓީއަށް މަޑުކޮށްފިނަމަ އެކަމަކީ ބޮޑު ފައިދާ ތަކެއް ވާނެ ކަމެއް ކަމަށެވެ. އެހެންކަމުން އެ ދަތުރުތަކުގެ ޝެޑިއުލް އިން […]