ބީއެމްއެލްގައި ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އައިޝަތު ނޫރައްދީން ބޭންކުގެ ބޯޑުން ވަކިކޮށްފި ކަމަށް ޚަބަރުލިބޭ

ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ ގެ މަގާމުގައި ހުންނެވި އައިޝަތު ނޫރައްދީން އެބޭންކުގެ ބޯޑުން ވަކި ކޮށްފި ކަމަށް ޚަބަރުލިބެއެވެ. މިކަން ހާމަ ކޮށްފައިވަނީ ރާއްޖޭގެ މަޝްހޫރު ”ވިސްލް ބްލޯވާ“ ހަސަން ކުރުސީ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ. ހަސަން ކުރުސީ ގެ ޕޯސްގައި ބުނެފައިވާ ގޮތުގައި މިމަހުގެ މުސާރަ ދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރުން ބޭންކަށް ޓްރެޝަރީ ބިލް ވިއްކަން އުޅުމުން އެކަމަށް ބޭންކުން ވަނީ އެއްބަސް ނުވެފައެވެ. ބީ.އެމް.އެލް ގެ އިތުރުން މޯލްޑިވްސް […]
ޑޭޓިންގ އެޕްތައް މެދުވެރިކޮށް ފިރިހެނުން ހައްލާލައިގެން ގެންގޮސް ލަނޑުދޭ އަންހެނުންތަކެއް

އިންޑިޔާގެ މުމްބާއީގައި ޑޭޓިންގ އެޕްތައް މެދުވެރިކޮށް ފިރިހެނުން ހައްލާލައިގެން އަގުބޮޑު ރެސްޓޯރަންޓް ތަކަށް ގެންގޮސް އެމީހުންނަށް ލަނޑުދޭ އަންހެނުން ތަކެއްގެ މައްސަލަ ފެންމަތިވެ އެކަން ބަލަން ފަށައިފިއެވެ. މިމައްސަލަ ފުރަތަމަ ހާމަކޮށްފައިވަނީ ދީޕިކާ ނަރާޔަން ކިޔާ އެކްޓިވެސްޓެކެވެ.އޭނާ އެކްސްގައި ހާމަ ކޮށްފައިވާ ގޮތުގައި މިފަދަ އަންހެނުންގެ މަޅީގައިޖެހޭ ފިރިހެނުން ގެންދަނީ އަދޭރީ ވެސްޓްގައި ހުންނަ ”ގޯޑް ފާދާ ކްލަބް“ ކިޔާ ވަކި ރެސްޓޯރަންޓަކަށެވެ.އެތަނަށް ގެންދިއުމަށް ފަހު ފިރިހެން މީހާއަށް މެނޫ ދެއްކުމެއްނެތި ކާއެއްޗިއްސާ ޑްރިންކް ތަކަށް އޯޑަރު […]
ޕޭވްމަންޓްގައި ހެދުނު ވަޅުގަނޑަކަށް ވެއްޓުނު އަންހެންމީހާ އަދިވެސް ނުފެނޭ

މެލޭޝިޔާގެ ވެރިރަށް ކުއާލަލަންޕޫރުގައި މަގެއްގެ ޕޭވްމަންޓްގެ ތަންޑަނޑެއް އަޑިޔަށް ގޮސް ހެދުނު ވަޅުގަނޑަކަށް އަންހެނަކު ވެއްޓުމާއި ގުޅިގެން އޭނާ ސަލާމަތް ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރިޔަށް އެބަގެންދެއެވެ.26 ފޫޓުގެ ފުން ވަޅުގަނޑަށް ވެއްޓިފައިވަނީ އުމުރުން 48 އަހަރުގެ އިންޑިޔާގެ ރައްޔިތެއް ކަމަށް ޚަބަރުލިބެއެވެ.ހުކުރު ދުވަހު މި ހާދިސާ ހިނގާފައިވަނީ ޖަލަން އިންޑިޔާ މަސްޖިދް ކިޔާސަރަހައްދުގައިވާ ބެންޗެއް ގައި އިދެފައި ތެދުވެ އޭނާ ހިނގައިގަތް ތަނާ ބިންމަތީގަ ބޮޑު ވަޅުގަނޑެއް ހެދިގެންކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ. […]
ފާޚާނާ ތަށިމަތީ އިންދާ 12 ފޫޓުގެ ހަރުފައެއް ދަތް އަޅައިފި

ތައިލެންޑްގައި ފިރިހެނަކު ފާޚާނާ ތަށިމަތީ އިންދާ 12 ފޫޓުގެ ހަރުފައެއް ތަށިންއަރާ އޭނާގެ ”ޓެސްޓިކަލްސް“ ގައި ދަތް އަޅައިފިއެވެ. ތަނަތު ނަމަކަށް ކިޔާ މީހާ ކިޔާދީފައިވާ ގޮތުގައި އޭނާ ފާޚާނާ ތަށިމަތީގައި އިންދާ ”ޕްރައިވެޓް ޕާޓް“ އަށް ކުއްލިއަކަށް ތަދުވިއެވެ. އޭނާ ބަލާލިއިރު ފެނުނީ ދިގު ހަރުފައެކެވެ. އަދި އޭތި ވަނީ އޭނާގެ ގައިގައި ދަތް އަޅާފައެވެ.ދެންއޭނާ ކުއްލިއަކަށް ތެދުވި ކަމަށް ވެއެވެ. އަދި ހަރުފައިގެ ކަރުގައި ބާރަށް ހިފުމަށްފަހު އޭނާގެ ގައިން ދޫކުރުވަން މަސައްކަތް ކުރިއެވެ. […]
ޑޮނަލްޑް ޓްރަމްޕް އަކީ ”ސްޓޫޕިޑް“ މީހެއްނޫން:ޓިމް ވޯލްޓްޒް

ދެވަނަ ފަހަރަށް އެމެރިކާގެ ރައީސް ކަމަށް ވާދަކުރައްވަމުން ގެންދަވާ ޑޮނަލްޑް ޓްރަމްޕް އަކީ ”ސްޓޫޕިޑް“ ނުވަތަ ބޯހަމަނުޖެހޭ މީހެއް ނޫން ކަމަށާ އެގޮތް ދައްކަމުން ދިޔަނަމަވެސް ގަބޫލު ނުކުރުމަށް އިދިކޮޅު ކެންޑިޑޭޓް ކަމަލާ ހެރިސްގެ ރަނިންމޭޓް ޓިމް ވޯލްޓްޒް ވިދާޅުވެއްޖެއެވެ.ވަރަށް ގިނަބައެއްގެ ތާއީދު ލިބިފައިވާ ޓިމް ވޯލްޓްޒް ވިދާޅުވީ ޓްރަމްޕްރައީސްކަން ހޯއްދަވަން އުޅުއްވަނީވެސް ހަމައެކަނި އަމިއްލަ މުއްސަދިކަން އިތުރު ކުރެއްވުމަށް ކަމަށާ އެމެރިކާއަށް އެއްވެސް ހެޔޮކަމެއް ކޮށް ދިނުމުގެ ނިޔަތެއް ޓްރަމްޕް ގެ ކިބައިގައި ނެތް ކަމަށެވެ. […]
އީރާންގައި ބަހެއް ފުރޮޅާލުމުގެ ސަބަބުން 28 މީހުން މަރުވެއްޖެ

ދީނީ އަޅުކަމެއްގައި ބައިވެރިވުމަށް ދިޔަ ބަޔަކު ގޮވައިގެން ދަތުރު ކުރި ބަހެއް ފުރޮޅާލުމުގެ ސަބަބުން 28 މީހުން މަރުވެއްޖެއެވެ.އީރާނުގެ ޔަޒްދް ޕްރޮވިންސްގައި އަންގާރަ ދުވަހުގެ ރޭ މި ހާދިސާ ހިނގަން މެދުވެރިވީ ބުރަކި ފެއިލް ވެގެން ކަމަށް ޚަބަރުތައް ބުނެއެވެ. ބަސް ދަތުރު ކުރީ ޕާކިސްތާންގެ ސިންދު ޕްރޮވިންސުން އީރާން ހުރަސްކޮށް އިރާގްގެ ދީނީ މަގްބަރާއެއް ހުންނަ ކަރްބަލާ އަށް ދިއުމަށް ކަމަށްވެއެވެ.އެއީ ޝިއީންގެ ދީނީ އަޅުކަމެއްގައި ބައިވެރި ވުމަށް ދިޔަ މީހުން ގޮވައިގެންނެވެ. ބަސްފުރޮޅާލުމުގެ ހާދިސާގައި […]
ޕާކިސްތާންގެ ޕާލަމެންޓް އިމާރާތުގައި ބުޅާ ބިރުގަންނަވަރު ބޮޑެތި މީދާ

ޕާކިސްތާންގެ ޕާލަމެންޓަށް އައު މައްސަލައެއް ކުރިމަތި ވެއްޖެއެވެ.ނަމަވެސް އެއީ ސިޔާސީ މައްސަލަ އެއްނޫނެވެ.އެ މައްސަލަ އަކީ މީދަލުގެ އުނދަގުލެވެ.ވަރަށް ބޮޑެތި މީދަލެވެ.އެގޮތުން އެތަނުގައި އުޅޭ ބައެއް މީދާ ސައިޒުން ބޮޑުކަމުން ބުޅާވެސް ބިރުގަންނަވަރުވާ ކަމަށް ބީބީސީ އަށް މައުލޫމާތު ދިން އެތަނުގެ އޮފިޝަލަކު ބުނެފައި ވެއެވެ. މައްސަލަ މިހިސާބަށް ހިގައްޖެކަން ހާމަވެފައިވަނީ ކުރީގެ ބައްދަލުވުން ތަކެއްގެ ރިކޯޑްތައް ބެލުމަށް ކޮމިޓީ އަކުން އެދުނު ހިސާބުންނެވެ.މިގޮތުން 2008ން ފެށިގެން ބޭއްވުނު ބައެއް ބައްދަލުވުންތަކުގެ ރިކޯޑްތައް ގެނެވުނުއިރު ފައިލްތައް ވަނީ […]
ހިކެން ހެދި ސާޖަރީ އަކުން އުމުރުދުވަހަށް ދަރިން ނުލިބޭ މީހަކަށް!

ޗައިނާގެ ޒުވާން އަންހެނަކު ބަރުދަން ލުއި ކުރުމަށް ހެދި ސާޖަރީއެއްގެ ސަބަބުން އުމުރު ދުވަހަށް ދަރިން ނުލިބޭ މީހަކަށް ބަދަލު ވެއްޖެއެވެ.ހައިރާން ކުރުވާ ކަމަކީ އޭނާ ހެދި ސަރޖަރީ އަކީ ފަލަތައް ވިރުވާލުމަށްޓަކާ އާންމުކޮން ހަދާ ލިޕޯސަކްޝަން ސާޖަރީ ކަމަށް ވާތީއެވެ. އުމުރުން 25 އަހަރުގެ މެއި ނަމަކަށް ކިޔާ މި ޒުވާނާގެ ބަރުދަނަކީ 50 ކިލޯގްރާމް ނަމަވެސް އޭނާ ބޭނުންވީ އެއަށްވުރެވެސް ބަރުދަން ލުއި ކުރުމަށް ކަމަށްވެއެވެ.ޚާއްސަކޮށް ބަނޑުގައި މަސްޖަހާފައިވާ ކަމަށް ބުނެ އޭނާ ބޭނުންވީ […]
ނާސަރީ ދެ ކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ޕްރިންސިޕަލާއި ޓީޗަރު ހިމެނޭހެން 3 މީހުން ސަސްޕެންޑްކޮށްފި

މުމްބާއީގެ ތޭން ޑިސްޓްރިކްޓްގެ ސްކޫލެއްގައި، އުމުރުން 4 އަހަރުގެ ދެ އަންހެން ކުދިންނަށް ޖިންސީގޯނާ ކޮށްގެން ސްކޫލްގެ ޕްރިންސިޕަލް އާއި ކްލާސް ޓީޗަރުގެ އިތުރުން އަންހެން އެޓެންޑަންޓަކު ސަސްޕެންޑް ކޮށްފިއެވެ. މި އަމަލު ހިންގާފައި ވަނީ އެޓެންޑަންޓް މީހާއެވެ. މިހާދިސާ އާއި ގުޅިގެން ސްކޫލްގެ އެޑްމިނިސްޓްރޭޝަނުން ވަނީ ޚާއްސަ އިންކުއަރީ ކޮމިޓީ އެއްވެސް އުފައްދާފައެވެ.އަދި މިކަން ތަކުރާރުވިޔަ ނުދިނުމަށްޓަކާ ސްކޫލްގެ އެކި ހިސާބުގައި ސީސީޓީވީ ކެމެރާތައްވެސް ދަނީ ހަރު ކުރަމުންނެވެ.އަނެއްކޮޅުން ޚަބަރުލިބޭ ގޮތުގައި އެކަންކުރި އަންހެންމީހާ ވަނީ […]
ކޮލްކަތާ ރޭޕް ކޭސް :މައްސަލަ ބެލުމަށް ކުޅަދާނަ އަންހެން އޮފިސަރަކާ ހަވާލުކޮށްފި

ކޮލްކަތާގެ ހޮސްޕިޓަލެއްގައި އަންހެން ޑޮކްޓަރަކު ރޭޕްކޮށް ރަހުމުކުޑަގޮތަކަށް މަރާލާފައިވާ މައްސަލަ ހޫނުވެފައިވާ މިދަނޑިވަޅުގައި މައްސަލަ ބެލުމަށް،މިޒާތުގެ މައްސަލަތައް ބެލުމަށް ކުޅަދާނަކަމަށް މަޝްހޫރު އަންހެން އޮފިސަރަކާ ހަވާލުކޮށްފިއެވެ.ރޭޕް ގެ މައްސަލައިގައި މުޅިއިންޑިޔާގައި މިހާރު ގެންދަނީ ޑޮކްޓަރުންނާއި އަންހެނުން އިހުތިޖާޖުތަކާ ހަޅުތާލުތައް ކުރަމުންނެވެ. މިމީހުން ގޮވަމުން ދަނީ މި މައްސަލަ އިންސާފްވެރިކޮން ބަލާދިނުމަށާ އަންހެނުންނަށް ރައްކާތެރިކަން ޔަގީންކޮށް ދިނުމަށެވެ.މިމަހުގެ ނުވަވަނަ ދުވަހު ހިންގި މިއަމަލުގެ މުޅި މެޑިކަލް ކޮމިޔުނިޓީ އާއި އާންމު ރައްޔިތުންގެ މެދުގައިވެސް ދަނީ ރުޅިވެރިކަމުގެ ރޫހެއް ފެތުރެމުންނެވެ. […]