14ގައުމަކުން މި އަހަރު ހައްޖުވެރިން ނުދާނެ، ބާކީ ތިބި ހުރިހާ ދިވެހި ހައްޖުވެރިންނަށް ޖާގަ ލިބޭނެބާ؟

ހައްޖުގެ އަޅުކަން އަދާކުރަމުންދާއިރު ބައިބޯވުން ހުއްޓުމަށް ސައޫދީއަރަބިއްޔާ ސަރުކާރުން އެޅިފިޔަވަޅުތަކަށް އަމަލު ކުރަން ފަށައިފިއެވެ. މިގޮތުން ފުރަތަމަ އެޅިފިޔަވަޅަކީ 14 ގައުމެއްގެ ހައްޖުވެރިން ނަށް މިއަހަރު ހައްޖު ވިސާ ނުދޭގޮތަށް ނިންމުމެވެ. މީގެ އިތުރުން ހައްޖުމޫސުމުގެ ކުރިން އުމްރާ ވިސާ ދޫކުރާ އެންމެ ފަހު ތާރީޚަކީ އެޕްރިލް 13 ކަމަށް ނިންމުމެވެ. މިގޮތުން ވިސާދެވޭ އެންމެން އެޕްރިލް 29ގެ ނިޔަލަށް އެގައުމުން ފައިބަން ޖެހެއެވެ. ކުރިންދޫކުރާ މަލްޓިއެންޓްރީ ވިސާ ދިނުންވެސް އައު ގަވާއިދުގެ ދަށުންވަނީ މެދު ކަނޑާލާފައެވެ.އެހެންކަމުން […]

ބީރު ދަރިފުޅު ދޫކޮށްލާފައި ދިއުމަށް އަންހެނުން އެދުނެވެ.

(ދެވަނަބައި )އަހަރެން ގެޔަށް ދިޔައިރު ޖެހިގެން ހުރިގޭ ދައްތަ އައިސް ގޭދޮރުމަތީ ހުއްޓެވެ.އެއީ އަހަރެންނަށް ވަރަށް ހެޔޮ މީހެކެވެ.ހަމަ ޔަގީނުންވެސް އޭނާ އެއައީ އަހަރެންގެ ހިތާމައިގައި ބައިވެރިވުމަށެވެ. އަހަރެން އޭނާއަށް ހިނިތުންވެލީމެވެ.އެވަގުތު އޭނަ ވަރަށް ދެރަވެލާފައި ބުންޏެވެ.“އެކޮއި އެކަނި ތިޔަފަދަ ކުއްޖަކު ގެންގުޅޭނީ ކިހިނެއް ހެއްޔެވެ؟“ އަހަރެންގެ އަންހެނުންނެކޭ އެއްފަދައިން އޭނަވެސް ހާސްވީއެވެ. ”އަހަރެންނަށް އެއްގޮތަކަށްވެސް ނޭގެއެވެ.އެކަމަކު ކެތްތެރިކަމާއެކު ހިއްވަރުކުރާ ބައްޕައަކަށް އިރާދަކުރެއްވިއްޔާ އަހަރެންވާނަމެވެ.“ އޭނާގެ ސުވާލުގެ ޖަވާބުގައި އަހަރެން ބުނީމެވެ.ދަރިފުޅު ގެޔަށް ގެނެސް ފުރަތަމަ ހޭދަވި […]

ބީރު ދަރިފުޅު ދޫކޮށްލާފަ ދިއުމަށް އަންހެނުން އެދުނެވެ.

”ދަރިފުޅުގެ ކަންފަތަކަށް ނީވެޔޭ؟ ހިނގާ ހޮސްޕިޓަލުގައި ބާއްވާފަ ދާން! އެކަހަލަ ކުއްޖަކު އަހަރެންނަކަށް ނުބެލޭނެ“ އަހަރެންގެ އަންހެނުން އައިޝާ ބާރު ތޫލި އަޑަކުން ބުންޏެވެ.އޭނާގެ އެއަޑު އަހަރެން އެހި މިއީ ފުރަތަމަ ފަހަރެވެ.އަޑުގައިވަނީ އިންތިހާ ދަރޖައިގެ ނަފްރަތާއި ފޫހިކަމެވެ. ”އައިޝާ، ތިޔަދައްކަނީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ؟ އަހަރުމެންގެ ނަސްލުން އުފެދުނު އަހަރުންގެ އަމިއްލަ މަސްގަނޑެއް ތިޔަގޮތަށް ދޫކޮށްލެވޭނެ ހެއްޔެވެ؟“އަހަރެން ޝޮކްގަ ހުރެފަ ބުނީމެވެ.މީގެ އެއްގަޑިއިރުކުރިން އެ ޚަބަރު ދިނުމަށް ޑޮކްޓަރު އައިސް ބުނި އެއްޗަކުން ކުރި އަސަރަށްވުރެ […]

އައިވީއެފް ހެދި ކްލިނިކްގެ ”މިސްޓޭކް“ އަކުން ނުވެސްދަންނަ މީހެއްގެ ދަރިއަކު ވިހަން ޖެހިއްޖެ

އޮސްޓްރޭލިޔާގެ ފަރޓިލިޓީ ކްލިނިކަކުން އެމްބްރިޔޯ ނުވަތަ އަންހެންމީހާގެ ”ބިސް“ އޮޅުވާލުމުގެ ސަބަބުން އެގައުމުގެ އަންހެނަކު،ނުވެސް ދަންނަ މީހެއްގެ ދަރިއަކު ވިހަން ޖެހިއްޖެއެވެ. މިކަން ހިނގާފައިވަނީ އޮސްޓްރޭލިޔާގެ ބްރިސްބަން ގައި ހުންނަ މޮނާޝް އައިވީއެފް ކްލިނިކްގައި ކަމަށް ވެއެވެ.މިކަމަށް މިހާރުވަނީ ކްލިނިކްގެ ފަރާތުން މައާފަށްވެސް އެދިފައެވެ. މިއީ ވަރަށް ދެރަކޮށް ދިމާވި ކަމެއްކަމަށާ ކްލިނިކްގެ ހުރިހާ ސްޓާފުންގެ ފަރާތުން މިކަމަށް މައާފަށް އެދޭކަމަށް ކްލިނިކްގެ ސީއޯ ބުނެފައި ވެއެވެ.މިދިޔަ އަހަރުވެސް އެކްލިނިކުން ވަނީ މިފަދަ ބޮޑު ”ހިއުމަން އެރާ“ […]

އަލީ އާއި ބައްޕަގެ ސިޓީ ދަތުރު

ނާތަޙްޒީބު ރަށެއްގައި އުޅެބޮޑުވި ބައްޕަ އަކާއި އޭނާގެ 15 އަހަރުގެ ފިރިހެން ދަރިފުޅު އަލީ ފުރަތަމަ ފަހަރަށް ވެރިރަށަށް އައި ދުވަހެކެވެ. ލޯންޗުން ފައިބައިގެން އެދެމީހުންނަށް ތިބީ ހިނގައިގަންނަން ވެސް ނޭގިފައެވެ.ރީތި އުސް އިމާރާތްތަކާއި އަދި ވެހިކަލްތައް ގިނަ ކަމުންނެވެ.އެމީހުންގެ ރަށުގައިވަނީ ބޮޑެތި ފެހި ދަނޑުތަކާއި އަދި އަމާން އޮމާން މަގުތަކެވެ.ބޮޑުވަރަކަށް ފެންނާނީ ސައިކަލެކެވެ.ނަމަވެސް މިތަނުން ފެންނަ ކުލަކުލައިގެ ރީތި ކާރުތައްވެސް ގިނަކަމުންނާއި ދުއްވާލެއް ބާރުކަމުން ދެބަފައިން ތިބީ ތަލިން ކުޅު ހިކިފައެވެ. ދެބަފައިން އަތުގައި ހިފައިގެން […]

14 ގައުމަކަށް ސައޫދީ ވިސާދިނުން މެދު ކަނޑާލަނީ

ހައްޖު މޫސުން ކުރިމަތިވެފައި ވަނިކޮށް، އިންޑިޔާ ހިމެނޭ ގޮތުން 14 ގައުމެއްގެ ރައްޔިތުންނަށް ސައޫދީ އަށް އެރުމަށް ވިސާ ދިނުން މެދުކަނޑާލުމަށް އެގައުމުން ނިންމައިފިއެވެ. އެޕްރިލް 13 ވަނަ ދުވަހުން ފެށިގެން ހައްޖުގެ އަޅުކަން ނިމޭހާތަން ކަމަށްވާ ޖޫންމަހުގެ މެދަކާ ހަމަޔަށް ދަންދެން ދެމިއޮންނާނެ ފިޔަވަޅުގެ ދަށުން އެސާދަ ގައުމުގެ މީހުންނަށް ހައްޖު، އުމްރާ، ބިޒްނަސް އަދި ފެމިލީ ވިސިޓް ވިސާ ދޫނުކުރާ ގޮތަށް ވަނީ ނިންމާފައެވެ. ސައޫދީ ސަރުކާރުން މިފަދަ ފިޔަވަޅެއްއަޅާފައިވަނީ ހައްޖުގެ ދުވަސްވަރު ބައިބޯވުން […]

މަންމަނު މަންމައާއި ކުޑަކުއްޖާ

ކުޑަކުދިންގެ ސްކޫލެއްގެ ގްރެޖުއޭޝަން ދުވަހަށް،ބެލެނިވެރިންނަށް ޚާއްސަކޮށްގެން ޝުކުރުގެ ލަވަޔެއް ހުށައަޅައިދިނުމަށް ޓީޗަރަކު ކުދިން ކޮޅެއް ތައްޔާރު ކުރިއެވެ. ފަރިތަ ކުރާތާ އެތައް ހަފްތާއެއްފަހުން ގްރެޖުއޭޝަން ދުވަސް އަތުވެއްޖެއެވެ. ލަވަ ހުށައަޅާ ދިނުމަށް ފަރިތަކުރި ކުދިން، ރީތިކޮން ނަލަހެދިގެން ސްޓޭޖް މަތީގަ އެތުރިލައިގެން ތިއްބެވެ. ކުދިންގެ ހުށައަޅާދިނުން ބަލާލަން ކެތްމަދުވެފައިވާ ބެލެވެރިން ވަދެ ހޯލް ވަނީ ފުރާލާފައެވެ.މިޔުޒިކް ފެށުމާއިއެކު ހުރިހާ ކުދިން އެކީގައި ލަވަ ކިޔަމުން ހަރަކާތުން ލަވަ ހުށައަޅާދެމުން ގެންދިޔައެވެ.ހުރިހާކަމެއްވެސް ރަނގަޅަށް ކުރިޔަށް ދަނިކޮށް އެތަނުން އެއްކުއްޖަކު […]

ނަރެންދުރަ މޯދީ ސްރީލަންކާއަށް ކުރައްވާ ޒިޔާރަތެއްގައި އެގައުމަށް ވަޑައިގެންފި

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަމޯދީ ސްރީލަންކާއަށް ކުރައްވާ ތިންދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އެގައުމަށް ވަޑައިގެންފިއެވެ. ރޭގެ ވަގުތެއްގައި މޯދީ ވަޑައިގެންނެވުމާއި އެކު ވަނީ ކުލަގަދަ ސަގާފީ ހަރަކާތްތަކާއެކު މަރުހަބާ ދަންނަވާފައެވެ. އެއާޕޯޓުން މޯދީ އަށް މަރުހަބާ ދެންނެވި ވަފްދުގައި އިސް ހަ މިނިސްޓަރުން ހިމެނި ވަޑައިގެންނެވިކަމަށް ޚަބަރު ލިބެއެވެ. އަދި ސްރީލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ އިންޑިޔާ ރައްޔިތުންވެސް ވަނީ މޯދީ އަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ގޮސްފައެވެ. ސްރީލަންކާއަށް މިކުރައްވާ ދަތުރުފުޅުގައި ނަރެންދުރަމޯދީ، ރައީސް އަނޫރާ ކުމާރަ […]

ހުސް ޕެންގުއިން އުޅޭ ޖަޒީރާ އަކަށްވެސް ޓްރަމްޕް ޓެރިފް އިއުލާން ކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ސަރުކާރުން މިދިޔަ ބުދަ ދުވަހު ޓެރިފް އިއުލާން ކުރި ތަންތަނުގެ ތެރޭގައި، އެންޓާކްޓިކްގައި އޮންނަ، ހަމަ އެކަނި ޕެންގުއިން އާއި ސީލްގެ އާބާދީ އެއްއޮންނަ ދެޖަޒީރާ ހިމެނިއްޖެއެވެ. އޮސްޓްރޭލިޔާގެ ހުޅަގު ދެކުނުން ހަތަރުހާސްކިލޯމީޓަރު ދުރުގައިވާ ”ހަރޑް އެންޑް މެކްޑޮނަލް އައިލަންޑްސް“ އަށް ދެވެނީވެސް އޮސްޓްރޭލިޔާގެ ޕާތުން ފުރައިގެން ހަތް ދުވަހުގެ ދަތުރަކަށް ފަހު ކަމަށް ވެއެވެ.އަދި އެތަނަށް އެންމެ ފަހުން މީހުން ގޮސްފައިވަނީވެސް މީގެ ދިހަވަރަކަށް އަހަރު ކުރިން ކަމަށް […]

މުސްކުޅިބޭބެ އާއި ދޮންކެޔޮ ގަނޑު

އުމުރުން 13،14 އަހަރުގެ ކުއްޖަކު އެއްދުވަހަކު ދޮންކެޔޮ ގަނޑެއް ހިފައިގެން ދަނިކޮށް މުސްކުޅި ފިރިހެނަކު އެކުއްޖާ ހުއްޓުވާފަ ބުންޏެވެ.އަހަރެންނަށް ތިޔަތަނުން ދެތިން ވައް ދޮންކެޔޮދީފާނަންހެއްޔެވެ.އަހަރެން މިހިރީ ވަރަށް ވަރުބަލިވެ ބަނޑުހައި ވެފައެވެ.މިހެން ބުނުމުން އެކުއްޖާ ދޮންކެޔޮ ގަނޑުން ތިންވައް ނައްޓާލުމަށްފަހު މުސްކުޅި މީހާއަށް ދިނެވެ.ނަމަވެސް މުސްކުޅިމީހާ އެޔަކު ނުހިފިއެވެ.އަދި މޫނު ”ކުނި“ ކޮށްލުމަށްފަހު ބުންޏެވެ.ތިޔައީ ރަގަޅަށް ދޮންވެސް ނުވެ ހުރި ކެޔޮ އަރިއެކެވެ. ތިޔަ އަހަރެންނަކަށް ނުކެވޭނެއެވެ. ބޭނުމެއްނޫނެވެ. އެމީހާ މިހެން ބުނުމުން ކުއްޖާ ހައިރާންވިއެވެ.އަދި ބުންޏެވެ.އަޅުގަނޑަށް […]