މައިދައިތަގެ ކުރެހުން

ކޮންމެވެސް ރަށެއްގައި ވަރަށް ޒުވާން ރީތި، އެހެންނަމަވެސް ވަރަށް ހީލަތްތެރި އަންހެނަކު އުޅުނެވެ. އޭނާގެ ރީތިކަމާ ޒުވާންކަމުގެ ފައިދާ ނަގައި އޭނާވަނީ އެރަށުގެ ވަރަށް މުއްސަނދި މީހަކާ ކައިވެނި ކޮށްފައެވެ.ފިރިމީހާ އޭނާ ބޭނުން ހުރިހާ ކަމެއްކޮށްދީ ބޭނުންހާތަނަކަށް ގެންގޮސްދީ ހަދައެވެ.ދުލުން ބުނެލާ ހުރިހާކަމެއްކޮށްދެއެވެ.ނަމަވެސް އަންހެން މީހާ އޭނާގެ ފިރިމީހާ ދެކެ އެއްވެސް ވަރަކަށް ލޯތްބެއް ނުވެއެވެ.ހަމަ އެކަނި ބޭނުންވަނީ އޭނާގެ ފައިސާއެވެ. އަންހެންމީހާގެ ސިއްރު ލޯބިވެރިއަކު ހުރެއެވެ.އަދި ފިރިމީހާއަށް ވަގަށް އޭނާއާއި ބައްދަލް ކޮށް ހަދައެވެ.ފިރިމީހާގެ މަންމަ […]
ސައޫދީއަރަބިއްޔާގައި ގެދޮރުނެތް އާއިލާތަކަށް ގެދޮރު ހޯދާދިނުމަށް މުހައްމަދު ބިން ސަލްމާން އެއްބިލިއަން ރިޔާލް ދެއްވައިފި

ސައޫދީއަރަބިއްޔާ ގައި ގެދޮރުނެތް އާއިލާތަކަށް ގެދޮރު ދިނުމަށް އަމާޒުކޮށް ހިންގާ ނެޝަނަލް ޑިވެލޮޕްމަންޓް ހައުސިންގ ފައުންޑޭޝަން އަށް، ކްރައުން ޕްރިންސް އަދި ޕްރައިމް މިނިސްޓަރ މުހައްމަދުބިން ސަލްމާން އެއްބިލިއަން ރިޔާލް ހަދިޔާ ކުރައްވައިފިކަމަށް ޚަބަރުލިބެއެވެ. އެއްބިލިއަން ސައޫދީ ރިޔާލް، ސަލްމާން ހަދިޔާ ކުރެއްވީ ސަލްމާންގެ އަމިއްލަ ފައިސާއިން ކަމަށް ވެއެވެ.މުހައްމަދު ބިން ސަލްމާން އަމުރު ކުރައްވާފައިވާ ގޮތުން މިފައިސާ އިން ހިންގޭ ހައުސިންގް ޕްރޮޖެކްތްތައް އެއްއަހަރު ދުވަހުގެ ތެރޭ ނިންމަން ޖެހެއެވެ. އަދި ހައުސިން ޔުނިތްތައް ދޫކުރުމުގެ […]
މާމަގެ ފޮޓޯ އަލްބަމް

މާމަ މިއަދު އުޅެމުންދަނީ މުސްކުޅިން ބަލަހައްޓާ ތަނެއްގައެވެ. މިއަދު މާމަ އެންމެ ކުރާހިއްވާ ކަމަކީ ކުރީގެ ފޮޓޯތައް ލާފައިވާ އަލްބަމް ނަގައިގެން ބެލުމެވެ. ފޮޓޯތައް ބަލަމުން ދާއިރު، މިހާރު އެއްގޮތަކަށްވެސް މާމަ ދެކިލަން ނާންނަ މޫނުތަކާ ދިމާލަށް ހިނިތުންވަމުން ގެންދެއެވެ.އަލްބަމްގައިވާ ގިނަ ފޮޓޯތަކުގެ ކުލަ މިއަދު ފަނޑު ވެފައިވީނަމަވެސް އެހަންދާންތައް މިއަދުވެސް އެއްގޮތަކަށްވެސް ފަނޑެއް ނުވެއެވެ. މާމައަށް ފުރަތަމަ ލިބުނު ދަރިފުޅު އުރާލައިގެން އުފަލުން ހެވިލާފައިހުރެ ނަގާފައިވާ ފޮޓޯއަށް މާމަ ވަރަށް ބަލާހިތް ވެއެވެ. އަނެއްފޮޓޯގައިވަނީ އޭނާގެ […]
އެމީހަކަށް ލިބެން އޮތް އެއްޗެއް، އެހެންމީހަކަށް އަތެއް ނުލެވޭނެއެވެ.

ކޮންމެވެސް ރަށެއްގައި ވަރަށް ވިސްނުންތޫނު މޮޅު ފިރިހެން ކުއްޖަކު އުޅުނެވެ. ފުރާވަރަށް އަރަމުންދާ މިކުއްޖާގެ ނަމަކީ ބްރަޔަން އެވެ. އޭނާ ކްލާހުގެ ގިނަ ކުދިންނަށްވުރެ ހުރިހާ ގޮތަކުންވެސް މޮޅުވެފައި ހުޝިޔާރެވެ. ބްރަޔަން އަކީ ސްކޫލްގައި ކިތަންމެ މޮޅު ކުއްޖަކަށް ވެފައި ސްކޫލްގައި އޭނާއަށް ތައުރީފް ކުރާ މީހުން ތިބި ނަމަވެސް ގެޔަށް ދިއުމަށްފަހު އޭނާގެ ދިރިއުޅުން ބިރުވެރި ހުވަފެނެއް ފަދަ ހާލަތަކަށް ބަދަލުވެއެވެ. ބްރަޔަންގެ ހުންނަނީ ދޮންމަންމައެކެވެ. ދޮންމަންމަގެ ދެފިރިހެން ކުދިން ތިބޭއިރު އެކުދިންނާ ބްރަޔަން، ދޮންމަންމަ […]
އީރާންގެ މައި ބަނދަރެއްގައި ބާރުގަދަ ގޮވުމެއް ހިނގާ، 25 މީހުންމަރުވެ 800އެއްހާމީހުންނަށް އަނިޔާ ވެއްޖެ

އީރާންގެ މައި ބަނދަރެއްގައި ބާރުގަދަ އެއްޗެއް ގޮވުމުގެ ސަބަބުން މަދުވެގެން 25 މީހުން މަރުވެ އިތުރު 800އެއްހާމީހުންނަށް އެކި އަނިޔާތައް ލިބިއްޖެއެވެ. މިގޮވުން ހިނގާފައިވަނީ އެގައުމުގެ އެންމެ ބޮޑު ވިޔަފާރި ބަނދަރު ކަމަށްވާ ޝާހިދު ރަޖާއީގައި، ހޮނިހިރު ދުވަހު ހެނދުނު ކަމަށް ވެއެވެ. ގޮވުމުގެ ބާރު ގަދަ ކަމުން ކައިރީގައިވާ ބައެއް އިމާރާތްތަކުގެ ކުޑަދޮރުތަކާ ފުރާޅުވެސް ނެއްޓިގެން ގޮސް އަދި ކައިރީގައި ހުރި ވެހިކަލްތައްވެސް ހަލާކުވި ކަމަށް ޚަބަރިލިބެއެވެ.ބައެއް އާންމު ފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި ގޮވުމުގެ […]
ޕާކިސްތާނަށް އެންމެ ފެން ތިއްކެއްވެސް ނުލިބޭގޮތް ހެދުމަށް ދަނީ މަސައްކަތް ކުރަމުން: އިންޑިޔާގެ ވޯޓަރ މިނިސްޓަރ

އިންޑިޔާ އާއި ޕާކިސްތާނުން ފެން ހިއްސާކުރަމުން އައި މައި ކޯރަކުން ޕާކިސްތާނަށް ފެން ނުލިބޭގޮތް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް އިންޑިޔާ ސަރުކާރުން އަނެއްކާވެސް ބުނެފިއެވެ. ފެން ހިއްސާކުރުމާބެހޭ އެއްބަސްވުމަކަށް އަމަލުކުރުން ހުއްޓާލުމަށް އިންޑިޔާއިން ނިންމީ، ހަތިޔާރު އެޅިބަޔަކު ކަޝްމީރުގެ އިންޑިޔާފަޅީގައި އަންގާރަ ދުވަހު ދިން ހަމަލާ ތަކެއްގައި 26 މީހުން މަރާލުމާއި ގުޅިގެން އެޅި ފިޔަވަޅުތަކުގެ ތެރެއިންނެވެ.އިންޑިޔާގެ ވޯޓަރ ރިސޯސް މިނިސްޓަރ ސީ.އާރު ޕަޓިލް ވިދާޅުވީ ޕާކިސްތާނަށް އެންމެ ފެން ތިއްކެއްވެސް ނުލިބޭގޮތް ހެދުމަށް ދަނީ މަސައްކަތް […]
ޕްރިންސް އެންޑްރޫ އަށް ޖިންސީ ގޯނާ ގެ ތުހުމަތު ކުރި އަންހެންމީހާ ”އަމިއްލައަށް“ މަރުވެއްޖެ

އިގިރޭސިވިލާތުގެ ޕްރިންސް އެންޑްރޫގެ މައްޗަށް މީގެ އަހަރު ތަކެއް ކުރިން ޖިންސީ ގޯނާގެ ތުހުމަތުކުރި ވަރޖީނިއާ ޖުފްރޭ، އުމުރުން 41 އަހަރުގައި މަރުވެއްޖެއެވެ. އޭނާގެ އާއިލާއިން ބުނެފައިވާ ގޮތުގައި ޖުފްރޭ މަރުވެފައި ވަނީ އަމިއްލައަށެވެ. ޖުފްރޭ އަކީ ޖިންސީ ގޯނާގެ ގިނަ މައްސަލަ ތަކެއްގައި ކުށް ސާބިތުވެފައިވާ، ޖެފްރީ އެޕްސްޓައިން ގެ އަމަލުތައް ކުށްވެރިކޮށް އެންމެ ގަދަޔަށް އަޑުއުފުލި އެއްފަރާތެވެ. އޭނާ ތުހުމަތުކޮށްފައިވާ ގޮތުގައި އޭނާގެ އުމުރުން 17 އަހަރުގައި އެޕްސްޓައިން ވަނީ އެޕްސްޓައިންގެ ގާތް ރަހުމަތްތެރިއެއްކަމަށްވާ […]
އިންޑިއާ އާއި ޕާކިސްތާން އަނެއްކާވެސް ހަނގުރާމައަކާއި ދިމާއަށް؟

ކަޝްމީރުގެ އިންޑިޔާ އިން ކޮންޓްރޯލްކުރާ ފަޅީގައި އަންގާރަ ދުވަހު ޓެރަރިސްޓް ހަމަލާދިން މީހުން ދުނިޔޭގެ އެންމެ ކޮޅުކޮޅަށް ގޮސްގެންވިއަސް ހޯދާ އަދަބު ދެވޭނެ ކަމުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަމޯދީ ވިދާޅުވެއްޖެއެވެ. ހަމަލާއަށްފަހު ފުރަތަމަ ފަހަރު ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ ޓެރަރިސްޓުންނާއި އެމީހުންނަށް މަދަދުވެރިވި ފަރާތްތައްހޯދާ،އެމީހުން ހީވެސް ނުކުރާވަރުގެ ބޮޑެތި އަދަބު ދެވޭނެ ކަމުގައެވެ.ޓުއަރިސްޓުންނަށް މަގްބޫލް ސަރަހައްދެއް ކަމަށްވާ ޕަހަލްގަމް ގައި އަންގާރަ ދުވަހު ދިންހަމަލާގައި ހަތިޔާރު އަޅައިގެން ތިބި ހަތަރުމީހުން ގަސްބޯވެފައިވާ ޖަންގަލި ސަރަހައްދުން ކުއްލިއަކަށް […]
ވަރިއާއި ހަމަޔަށް ނުގޮސްވޭތޯ އަބަދުވެސް ބަލާށެވެ.

އުމުރުން 70 ވަރަކަށް އަހަރުގެ ދެމަފިރިން އެއްދުވަހަކު ލޯޔަރެއްގެ އޮފީހަށް ދިޔައެވެ. މިދެމީހުން މިދިޔައީ ވަރިވާން ކަމަށް ވެއެވެ.ލޯޔަރު ދެމީހުންނާ ވާހަކަ ދައްކާލުމަށްފަހު ވަރަށް ހައިރާން ވިއެވެ. އެދެމީހުން ކިޔާދިން ގޮތުގައި ދެމީހުން ކައިވެނިކޮށްގެން މިވީ ސާޅީހަކަށް އަހަރުވެސް ހޭދަކޮށްފައިވަނީ ދެބަސްވުމާއި ޒުވާބު ކުރުމުގައެވެ.އެއްވެސް ކަމެއް ރަގަޅަށް ނުދާކަމަށް އެދެމީހުން ބުނެފައިވެއެވެ. ކައިވެނި ކޮށްގެން ތިބީ ހަމަ އެކަނި ދަރިންކޮޅަށްޓަކާ ކަމަށް ބުންޏެވެ.ކުދިންގެ ތަރުބިއްޔަތަށް އަސަރުކޮށް ކުދިން ގޯސް މަގަކުން ހިނގައިދާނެތީއެވެ.މިހާރު ކުދިން ބޮޑުވެ އެމީހުންގެ އަމިއްލަ […]
މާމަ އަށް ހެޔޮކޮށް ހިތަން އަދި އެއް ފުރުސަތު ލިބޭނެ ނަމަ

އެމީހުން ހީކުރީ އެމީހުން ދައްކާވާހަކަ މާމަޔަށް އަޑުނީވޭ ކަމަށެވެ. ނަމަވެސް މާމަ މަރުވި ދުވަހު ތިންމީހުން ތިބީ ހިމޭން ވެފައެވެ. ބަސްހުއްޓިފައެވެ. މާމަ އެލްސީގެ އުމުރަކީ 87 އަހަރެވެ. މާމަ އުޅެމުން ގެންދިޔައީ ފިރިހެން ދަރިފުޅާ އޭނާގެ އަންހެނުން އަދި ފުރާވަރަށް އަރާފައިވާ އަންހެން ދަރިފުޅާއެކީގައެވެ.މާމަޔަށް އެމީހުން ދީފައިވަނީ ގޭގެ އެންމެ ފަހަތުގައިވާ ކުޑަކުޑަ ކޮޓަރިއެކެވެ. ކިލައިން ފުރިފައިވާ އަދި ފާރުތަކުގައިފިނިހިފައިވާ ކޮޓަރިއެކެވެ.އެތަނުގައި ޓީވީއެއް ރޭޑިއޯ އެއް އެކައްޗެއްވެސް ނުހުރެއެވެ.އަދި އެތަނަށް އެއްވެސް ވަރަކަށް އެހެން މީހުން […]