ލޯބިވެރިޔާގެ ތަފާތު އިމްތިހާނެއް

ވަރަށް ރިތި ޒުވާން އަންހެނަކު އޭނާގެ މުއްސަނދި ލޯބިވެރިޔާ އާއި އެކު ވަރަށް މަތީފެންވަރުގެ ރެސްޓޯރަންޓަކަށް ރޭގަނޑުގެ ކެއުމަކަށް ދިޔައެވެ. ދެމީހުން ގޮސް މޭޒެއްގެ ކައިރީ ހަމަޖެހިލުމުން އެމީހުންގެ އޯޑަރު ނެގުމަށް އެތަނަށް ވެއިޓްރެސް އަކު އަޔެވެ. ނަމަވެސް އައީ އުމުރުން ދުވަސްވެފައިހުރި އަންހެން ވެއިޓަރެކެވެ. މިކަމާ ޒުވާން އަންހެންމީހާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި،ކަރުބުޑުން އަޑެއް ލައްވާލުމަށްފަހު ދެބުމަ ގޮށް ޖަހާލިއެވެ. އަދި ބުންޏެވެ.“ތަންކޮޅެއް ޒުވާން މީހަކު އަންނާނެ ނަމައެވެ. މީނަ މާ ”ސްލޯ“ އެވެ“. […]

ބާޒަކާއި މަންމައެއްގެ ބައްދަލުވުން

(މަންމައިންގެ ދުވަހާބެހޭ ލިއުން ކޮޅެއް ) ބަލިވެއިނދެ ވިހަން ތައްޔާރުވެފައިވާ އަންހެނަކާ ބާޒަކާ ދެމެދު ބަދަލުކުރެވުނު ކަމަށްބުނާ ވާހަކަކޮޅެއް ހިއްސާކޮށްލާނަމެވެ. ވާހަކަ ކޮޅު ބިނާވެފައިވަނީ ކުދިން ތަރުބިއްޔަތު ކުރުމަށް ދޫނިތަކުގެ ރަސްފާނު ކަމަށްބެލެވޭ ބާޒު ކަންތައް ކުރާ ގޮތުގެ މައްޗަށެވެ. އެދުވަހު ބާޒު އަންހެންމީހާ އާއި ބައްދަލުވުމުން ހާލުގެ ވާހަކައިން ސުވާލުކުރިއެވެ. ބާޒު މިގޮތަށް ސުވާލުކުރުން އަންހެންމީހާ ދިޔައީ ސިއްސައިގެންނެވެ. ނަމަވެސް ޖަވާބުގައި ބުނަން ފެށިއެވެ. ”އަހަރެންގެ ހާލު ރަގަޅެވެ.ނަމަވެސް އަހަރެންގެ ދަރިފުޅު މިދުނިޔެއަށް އުފަންވާން ތައްޔާރުވެފައިވާ […]

ހައްޖު ޕާމިޓް ހޯދައިދޭނެކަމަށް ބުނެ މީހުން އަތުން ފައިސާނަގަމުން ދިޔަ މިސްރުގެ އަންހެނަކު ހައްޔަރުކޮށްފި

ސޯޝަލް މީޑިޔާގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ނުގަވާއިދުން ހައްޖު ޕާމިޓް ހޯދާދޭނެކަމަށް ބުނެ މީހުން އަތުން ފައިސާނަގަމުން ދިޔަ މިސްރުގެ އަންހެނަކު ރިޔާޟް ސަރަހައްދުގެ ފުލުހުން ހައްޔަރުކޮށްފި އެވެ. އަންހެންމީހާ ހައްޔަރު ކުރުމަށްފަހު މިހާރުވަނީ އޭނާއާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ވެސް ފަށާފައިވާކަމަށް ވެއެވެ.ސައޫދީ އިންޓީރިއަރ މިނިސްޓްރީން މިއަހަރު ހަމަޖައްސާފައިވާ ގޮތުގައި ހައްޖު މޫސުން ކަމަށްވާ ޒުލްޤައިދާ މަހުގެ އެއްވަނަ ދުވަހުންފެށިގެން ޒުލްހިއްޖާ މަހުގެ 14ވަނަ ދުވަހާ ހަމަޔަށް ޞައްހަ ހައްޖުވިސާއެއްނެތި މައްކާ،މަދީނާ އަދި އެހެންވެސް […]

ސައޫދީއަށް ބޭހުގެ ގޮތުގައި 40 ކިލޯގްރާމް ކޮކެއިން އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި

ސައޫދީއަރަބިއްޔާއަށް 40ނކިލޯގްރާމްގެ ކޮކެއިން ވަގަށް އެތެރެކުރަން އުޅެނިކޮށް ޒަކާތު ޓެކްސް އެންޑް ކަސްޓަމްސް އޮތޯރިޓީން އަތުލައިގެންފިއެވެ. ބޭހުގެ ގޮތުގައި ޑިކްލެއާ ކޮށްފައިވާ ބޭސްތައް އެތެރެކުރަން އުޅެފައިވަނީ ޖިއްދާ އިސްލާމިކް ޕޯޓްގެ ތެރެއިންލާފައެވެ. ”ޒަކްޓާ“ އިން މައުލޫމާތުދީފައިވާ ގޮތުގައި ޝައްކު ކުރެވުނު ”ބޭހުގެ“ ކޮންސައިންމަންޓް ވެސް އާދައިގެ މަތިން ކުރަންޖެހޭ ހުރިހާ ކަސްޓްމް ޕްރޮސީޖިއާ ތައް ވަނީ ހަދާފައެވެ.މިގޮތުން ޑްރަގް ތައް ފެނިފައިވަނީ އެޑްވާންސް ސެކިއުރިޓީ ސްކްރީނިންގ އަދި ޚާއްސަ ކުއްތާތައް ބޭނުންކޮށްގެން ހަދާ އިންސްޕެކްޝަން ގެ ތެރެއިން […]

ސައޫދީއަރަބިއްޔާގެ ހުރިހާ ރެސްޓޯރަންޓާއި ހޮޓަލުގެ ދެބައިކުޅަ އެއްބައިގެ ވެރިންނަކީ އަންހެނުން

ސައޫދީއަރަބިއްޔާގައި ހުރި ހުރިހާ ރެސްޓޯރަންޓާއި ހޮޓަލުގެ ދެބައިކުޅަ އެއްބައިގެ ވެރިން ނަކީ އަންހެނުންކަމަށް އެގައުމުގެ ކޮމާސް މިނިސްޓްރީން ބުނެފިއެވެ. 2024ވަނަ އަހަރުގެ ރިކޯޑްތައް ދައްކާގޮތުން އެކޮމޮޑޭޝަންގެ ޚިދުމަތް ދިނުމާއި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނުގެ ތެރޭން އަންހެނުންނަށް ނިސްބަތްވާ ތަންތަނުގެ އަދަދުވަނީ 59،800އަށް އަރާފައެވެ. މިއަދަދަކީ މި މުހިންމު ދެ ސެކްޓަރު ގައި ހުރި ތަންތަނުގެ 4.7 އިންސައްތަ ކަމަށް ކަމާބެހޭ ސައޫދީ އިދާރާ ކަމަށްވާ ސްމޯލް އެންޑް މީޑިއަމް އެންޓަރޕްރިޒަސް ޖެނެރަލް އޮތޯޓީން ހާމަކޮށްފައި ވެއެވެ. […]

ތިމާ ކުރާ ގޯސް އަމަލުގެ ރަހަ ތިމާ ދެކެން ޖެހޭނެއެވެ.

އަހުމަދު އަހަރެންނާއި އިނީ އަހަރެންގެ 8 އަހަރުގެ އަންހެން ކުއްޖަކު ހުއްޓައެވެ. ދަރިފުޅު ސަރާ ދެކެ އަހުމަދު ލޯބިވީނަމަވެސް އޭނާގެ މަންމަ އެއްގޮތަކަށްވެސް ސަރާ އަކީ އޭނާގެ އާއިލާގެ މެމްބަރެއް ކަމަށް ގަބޫލެއް ނުކުރެއެވެ. އަހުމަދަށް އޮފީހުން ލިބުނު ބޯނަސްއަކާއި ގުޅިގެން އޭނަފެމިލީ ދަތުރެއް ރޭވިއެވެ. ކައިރި ގައުމެއްގެ ރީތި ރިސޯޓަކަށެވެ.އަހަރުމެން ދެމަފިރިންނާ ސަރާ އަދި މަންމަ އާއި މަންމަގެ 25 އަހަރުގެ އަންހެން ދަރިފުޅު ލައިލާއެވެ.މިދަތުރު ދެވޭތީ ސަރާ ހުރީ ވަރަށްވެސް އުފަލުންނެވެ.އޭނާގެ ހަޔާތުގައި ފުރަތަމަ […]

ވަރލްޑް ބޭންކުން ސްރީލަންކާއަށް އެއް ބިލިއަންޑޮލަރުގެ ސަޕޯޓް ޕެކޭޖެއް ދެނީ

ސްރީލަންކާއަށް އެއް ބިލިއަން ޑޮލަރަށްވުރެ އަގުހުރި ސަޕޯޓް ޕެކެޖެއް ދޭނެކަން ވަރލްޑް ބޭންކުން ހާމަކޮށްފިއެވެ.މިކަން އިއުލާން ކޮށްފައިވަނީ ވަރލްޑްބޭންކް ގްރޫޕްގެ ރައީސް އަޖޭ ބަންގާ ސްރީލަންކާއަށް ކުރެއްވި އެއްދުވަހުގެ ދަތުރު ފުޅެއްގެ ތެރޭން އިއްޔެ ރައީސް އަނޫރާ ކުމާރަ ޑިސަނާޔަކަ އާ ބައްދަލް ކުރެއްވުމަށް ފަހުއެވެ. ސްރީލަންކާގައި އިތުރު ވަޒީފާތައް އުފެއްދުމަށާއި ޕްރައިވެޓް ސެކްޓަރ ފުޅާ ކުރުމަށް އަމާޒުކޮށް ދެވޭ އެހީ ދޭނީ ތިން އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ. މިއެހީގެ ދަށުން އެނާޖީ،އެގްރިކަލްޗާ ޓުއަރިޒަމް އަދި […]

ސަލާންޖަހާ މީހާ އާއި ބުޅާ

ވަރަށް މުއްސަނދި އަންހެނަކު އެއްދުވަހަކު ކުޑަކުޑަ ފޮއްޓެއް ހިފައިގެން އައިސް ސަލާން ޖަހަން ޕޭވްމަންޓް މަތީ އިން މީހެއްގެ ކައިރީގައި ބެހެއްޓިއެވެ.އަދި ބުންޏެވެ. ތިބާގެ ކިބައިން އަހަރެން ވަރަށް ބޮޑު ކަމަކު އެދެން އެބަޖެހެއެވެ. މިހެންކިޔާފަ ފޮށި ހުޅުވާ ބަލާލިއިރު އޭގައިވަނީ ކުޑަކުޑަ ބުޅަލެކެވެ.ބުޅާ ސަލާން ޖަހާމީހާ އަށް ދިނުމަށްފަހު ތެދުވެގެން ދަމުން އަންހެންމީހާ ބައެއްކަހަލަ ކާއެއްޗެތިވެސް ފޮށިކައިރިޔަށް އަޅާލުމަށްފަހު ދާން ހިނގައިގަތެވެ. ސަލާންޖަހާމީހާ ކުއްލިއަކަށް ތެދުވެފަ ބުންޏެވެ. މަޑުކޮށްބަލާށެވެ. މިއީ ކޮންބުޅަލެއް ހެއްޔެވެ. އަހަރެން މީ […]

ހައްޖު ވިސާ ކޮންޓްރޯލް ކޮށްލުމާއި އެކު މަޠާފް ގާތްގަނޑަކަށް ހުސްކޮށް

ހައްޖު ވިސާ ދިނުން މިއަހަރު ކޮންޓްރޯލް ކުރަންފެށުމާއި އެކު ގެފުޅު ވަށައިގެން އޮންނަ ޠަވާފް ކުރާ ސަރަހައްދު ކަމަށްވާ މަޠާފް ފެންނަނީ މުޅިން ހުސްކޮށެވެ. މިއަހަރުގެ ހައްޖުވެރިން ސައޫދީ އަށް ދަތުރު ކުރަން ފަށާފައިވަނީ ޒުލްޤައިދާ މަހުގެ 1ވަނަ ދުވަސް ކަމަށްވާ އެޕްރިލް 29 ވަނަ ދުވަހުއެވެ. މިއަހަރުގެ ހައްޖު މޫސުން ރަސްމީކޮށް އަންގާރަ ދުވަހު ފަށާފައިވާއިރު އެދުވަހު ސައޫދީ އަށް ދަތުރު ކޮށްފައިވަނީ ނިސްބަތުން ވަރަށް މަދު ބައެއްކަމަށް ޚަބަރުތައް ބުނެއެވެ. ސައޫދީ ސަރުކާރުން އަންގާފައިވާ […]

ކުޑަކުއްޖެއްގެ އާދޭސް

(ހުރިހާ ބެލެނިވެރިންނަށް ޚާއްސަ ކުރެވިފައިވާ ލިއުމެއް) ޓީޗަރަކު ގޭގައި އިނދެ އޭނާގެ ކްލާހުގެ ކުދިން ލިޔެފައިވާ މަޒްމޫން ތަކަށް މާކްސް ދެމުންގެންދިޔައެވެ. އޭރު އޭނާގެ ފިރިމީހާ ސޯފާގައި އޮށޯވެލައިގެން އޮވެ ފޯނާ ކުޅެމުން ގެންދިޔައެވެ.ފޯނުންގޭމް ކުޅެނީއެވެ.ޓީޗަރު ހުރިހާ ލިއުންތަކަށް މާކްސް ދެމުންގޮސް އެންމެ ފަހު ލިއުމާއި ހަމަޔަށް ދެވުމާއިއެކު މަޑުމަޑުން ރޯން ފެށިއެވެ. ފިރިމީހާޔަށް މިތަން ފެނި ސުވާލުކުރިއެވެ. ތިޔަރޮނީ ކީއްވެގެން ހެއްޔެވެ. ޓީޗަރު ޖަވާބު ދިނެވެ. އިއްޔެ އަހަރެން ކްލާސް ކުދިނަށް މަޒްމޫނެއް ލިޔަން ހަވާލު […]