ފަންސުރާއި ފޮހޭ ރަބަރު

ފަންސުރަކާއި ފޮހޭރަބަރެއް އެއްދުވަހަކު ބައްދަލް ވެގެން ފޮހޭ ރަބަރު ފަންސުރަށް ސަލާމް ގޮވާލާ ހާލުއަހުވާލު އަހާލިއެވެ.މީގެ ޖަވާބުގައި ފަންސުރު ވަރަށް ރުޅި އައިސްފަ ބުންޏެވެ.“އަހަރެންނަކީ ކަލޭގެ ރައްޓެއްސެއް ނޫނެވެ.އަހަރެންނާ ވާހަކަ ދައްކާނެކަމެއްނެތެވެ. އަދި ކީއްހެއްޔެވެ.އަހަރެން ކަލެޔަށް ނަފްރަތު ކުރަމެވެ.“ މިހެން ބުނުމުން ފޮހޭރަބަރަށް ވަރަށް އަސަރުކުރިއެވެ.އަދި ބުންޏެވެ.“އަހަރެންގެ ރައްޓެއްސެއްނޫނޭ ތިޔަބުނީ ކީއްވެގެން ހެއްޔެވެ.؟“ ޖަވާބުގައި ފަންސުރު ބުނެޏެވެ. ”ކަލޭ އަހަރެން ލިޔާ އެއްޗެތި ފޮހޭތީއެވެ.“”އަހަރެން ފޮހެނީ ލިޔެވޭ ކުށްތަކެވެ.ފޮހެން ޖެހޭ އެއްޗިއްސެވެ.“ ރަބަރު ވަރަށް އޯގާތެރިކަމާއެކު ބުންޏެވެ. […]

ސަލްމާން ރަސްގެފާނުގެ އަމިއްލައެހީގައި ފަލަސްތީނުގެ އެއްހާސް މީހަކަށް ހައްޖު ދަތުރު ހަމަޖައްސާދެއްވާނެކަން ހާމަކޮށްފި

ސަލްމާން ރަސްގެފާނުގެ އަމިއްލަފުޅު ޚަރަދުގައި މިއަހަރު ފަލަސްތީނުގެ އެއްހާސް މީހަކަށް ހައްޖު ދަތުރު ހަމަޖައްސާދޭނެ ކަން ހާމަކޮށްފިއެވެ. މިގޮތުން ހޮވޭ މީހުންނަކީ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އާއިލާ ތަކުން ހޮވޭ މީހުންނާއި، ހަނގުރާމައިގައި އަނިޔާތައް ލިބިފައިވާ މީހުން އަދި ޖަލަށްލެވި މިނިވަންވެފައިވާ މީހުންކަމަށް ވާނެ ކަމުގައި ސައޫދީ ސަރުކާރުން ހާމަކޮށްފައި ވެއެވެ. ސައޫދީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާސް ވަނީ މިކަން ހަމަޖައްސަވާދެއްވިކަމަށްޓަކައި ސަލްމާން ރަސްގެފާނަށާ ޕްރައިމިނިސްޓަރ މުހައްމަދު ބިން ސަލްމާން އަށް ޝުކުރު އަދާކުރައްވާފައެވެ.އޭނާ ވިދާޅުވީ […]

ދޮންމަންމަ

އަހަރެންގެ ދޮންދަރިފުޅުގެ ކައިވެނި ކުރިރޭ ރޯން ޖެހިދާނެކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ. ނަމަވެސް ފަހުން އެންމެ ބާރަށް ހުނީ އަހަރެންނެވެ. އެރޭ އަހަރެން ހުރީ ވަރަށް އުފަލުންނެވެ. އަހަރެންގެ އަމިއްލަދަރިއެއް ނޫންނަމަވެސް ނަތަން އަކީ ހަމަ އަހަރެންގެ އަމިއްލަ ދަރިއެއްފަދަ ކުއްޖެކެވެ. އެހެންކަމުން އެރޭ އަހަރެން ޕާޓީ އަށް ދިޔައީ ވަރަށް ރީތިކޮން ނަލަހެދި، އަދި ނަތަން އަހަރެންނަށް ދީފައިވާ ޚާއްސަ ފަށެއް އަޅައިގެންނެވެ.މެހްމާނުންނަށް ޚާއްސަ ގޮނޑިތަކުގެ އެންމެ ކުރީބަރީގައި އަހަރެންގޮސް އިށީނީމެވެ. އެތާ އިންދާ ނަތަންގެ […]

ކުރިމަތިވެދާނެ ސިއްޙީ މައްސަލަތަކަށް ހައްޖުވެރިން ހޭލުންތެރި ކުރަން ޚާއްސަ ކިޓެއް!

1446ވަނަ އަހަރު ހައްޖުވުމަށްދާ ހައްޖާޖީން ނަށް ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކާބެހޭގޮތުން ހޭލުން ތެރިކަން އިތުރުކުރުމަށް އަމާޒުކޮށް ޚާއްސަ ”އެވެއާނަސް ކިޓެއް“ ސައޫދީ ސިއްހީ ވުޒާރާއިން ތައާރަފް ކޮށްފިއެވެ. މިކަމަކީ ހެލްތު ސެކްޓަރަށް ގެނެވިފައިވާ އިސްލާހީ ބަދަލުތަކަކާއިއެކު އާންމު ސިއްހަތާބެހޭ ގޮތުން ކުރިންނޭގޭ މައުލޫމާތު ފޯރުކޮށްދިނުމަށާއި ކަމެއް ދިމާވުމުގެ ކުރިން އެފަދަ ކަންކަން ވިޔަ ނުދިނުމަށް އެޅިދާނެފިޔަވަޅުތައް އަންގާދީ ބުނެދިނުމަށް ތައާރަފްކުރި ކިޓެކެވެ.”ހައްޖު އެވެއާނަސް ކިޓް“ ގައި މައިގަޑު 8 ބަހަކުން ގައިޑްލައިންތައް ވެއެވެ.އޭގެ ތެރޭގައި އަރަބި ބަސް،އިގިރޭސި […]

އުފަންވިއިރު ބޮލުން ގުޅިފައިވާ އެރިޓްރިޔާގެ ދެ ކުދިން ކާމިޔާބުކަމާއެކު ވަކިކޮށްފި

ސައޫދީ ސަރުކާރުން ހިންގާ ”ކޯޖޮއިންޑް ޓްވިންސް ޕްރޮގްރާމް“ ނުވަތަ އުފަންވާއިރު ގުޅިފައިތިބޭ ކުދިން ވަކިކުރުމުގެ ޕްރޮގްރާމްގެ ދަށުން އެރިޓްރިޔާގެ ދެކުދިން ކާމިޔާބް ކަމާއެކު ވަކިކޮށްފިއެވެ. ސައޫދީ ރަސްގެފާނު ސަލްމާން،އަދި ޕްރިއިމިނިސްޓަރ މުހައްމަދުބިން ސަލްމާންގެ ޚާއްސަ އެހީތެރިކަމުގެ ދަށުން ހިންގާ ޕްރޮގްރާމްގެ ދަށުން މިފަހަރު ސަލާމަތް ކުރި ދެއަންހެން ކުދިންކަމަށްވާ އަސްމާ އާއި ސުމޭރާ ތިބީ އުފަންވީއިރު ބޮލުން ގުޅިފައެވެ. ކިންގ ސަލްމާން ހިއުމަނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުގެ ސުޕަވައިޒަރ ޖެނެރަލް އަދި މެޑިކަލްޓީމްގެ ވެރިޔާ އަބްދުﷲ […]

ޗިމްޕަންޒީ ކިޔާ ރާމާމަކުނު ޖަންގަލީގެ ފަތްޕިލާވެލި، ފަރުވާގެ ގޮތުގައި ބޭނުންކުރޭ

ބޭހުގެ ގޮތުގައި ބޭނުންކުރާ ބައެއް ފަތްޕިލާވެލީގެ ބޭނުން، ޗިމްޕަންޒީ ކިޔާވައްތަރުގެ ރާމާމަކުނުތައް ކުރަމުން ދަނިކޮށް ފިލްމަށް ނަގާ ރިކޯޑް ކުރެވިއްޖެއެވެ. މިކަން ކޮށްފައިވަނީ ޔުގަންޑާގެ ޖަންގައްޔެއްގައި ރިސާޗް މަސައްކަތް ކުރަމުންގެންދިޔަ ޔުނިވަސިޓީ އޮފް އޮކްސްފޯޑްގެ ސައިންޓިސްޓުންގެ ޓީމަކުންނެވެ. ޔުގަންޑާގެ ޓީމަކާވެސް ގުޅިގެން ކުރިމަސައްކަތުން ހާވެފައިވާ ގޮތުގައި އެފަދަ ފަތްޕިލާވެލި ހަފާ ޗަސްކުރުމަށްފަހު މަކުނުގެ އަމިއްލަގައިގަ ހުންނަ ފާރުގަނޑުގަ އަދި ބައެއްފަހަރު އެކަތި އަނެކަތީގެ ގައިގަ އަޅާތަން ފެނެއެވެ. ސައިންޓިސްޓުން ކުރިޔަށް ގެދިޔަ ރިސާޗް މަސައްކަތެއްގެ ތެރޭން މިކަން […]

އޯގާތެރި ދަރިފުޅު

ފިރިހެނަކު މަސައްކަތުގައި ބޭރުގަ ބުރަކޮން އުޅެފަ ގެއަށް އައިއިރު އޭނާގެ އަންހެނުން އޭނާގެ ބައްޕަޔަށް އިހާނެތި ކަންތައްތަކެއް ކުރާތަން ފެނުނެވެ. އެގޮތުން އޭނާގެންދިޔައީ ބައްޕަ އަރަން ގެންގުޅުނު ބޫޓުތައް ނަގާ އެތަންމިތަނަށް އުކަމުންނެވެ. ފިރިހެންމީހާ ވަނުމުން އޭނާ ބުންޏެވެ. މިބޫޓުތަކުން ދުވަނީ ނުބައިވަހެވެ. އޭނަމިހާރު އެއްވެސް ވަރަކަށް ހިނގަނކީވެސް ނޫނެއް ނޫންހެއްޔެވެ. ބޫޓުތައް އުކާލަނީއެވެ.މިމަންޒަރު ބަލަން ތަންކޮޅެއް ދުރުގައިވާ ގޮނޑިއެއްގައި ބަންޕަ މަޑުމަޑުން އިނެވެ. ފިރިހެންމީހާވެސް އެއްޗެކޭ ނުބުނެ ގޭތެރެ ސާފުކުރުމަށް އަންހެނުންނަށް އެހީތެރިވެދިނެވެ. އަނެއް ދުވަހު […]

ސްރީލަންކާގައި މަރުވާ މީހުންގެ 70 އިންސައްތަ މީހުން މަރުވަނީ ލޭމައްޗަށްދާ ބަލީގައި

ސްރީލަންކާގައި މަރުވާ މީހުންގެ 70 އިންސައްތަ މީހުން މަރުވަނީ ހައިބްލަޑް ޕްރެޝަރ ނުވަތަ ލޭމައްޗަށްދާ ބައްޔާ އަދި މިބައްޔާ ގުޅުންހުރި ބަލިތަކުގައިކަން ހާމަވެއްޖެއެވެ. އެގައުމުގެ ނޮންކޮމިއުނިކަބްލް ޑިޒީސް ޔުނިޓުން ހާމަކޮށްފައިވާ ގޮތުގައި މިނަތީޖާއަކީ ގައިންގަޔަށް ނާރާ ބަލިތަކާ ބެހޭގޮތުން 2021 ވަނަ އަހަރު ހަދާފައިވާ ސާވޭ އެއްގެ މައްޗަށް ބިނާކޮށް ނެރެފައިވާ ނަތީޖާއެކެވެ. އެންޗީޑީގެ ޑިރެކްޓަރ ޑޮކްޓަރ ސަމީދީ ސަމަރަކޫން ވިދާޅުވެފައިވާ ގޮތުގައި އެފަހަރުގެ ސާވޭއިން ހާމަވެފައިވާ ގޮތުގައި ސްރީލަންކާގެ އާބާދީގެ 34.8އިންސައްތަމީހުން ނަށްވަނީ ލޭމައްޗަށްދާ ބަލިޖެހިފައެވެ. […]

ބޮޑުބޭބެ

އުމުރުން 17 އަހަރުގައި އަހަރެންގެ ބޮޑުބޭބެ އަހަރެން ގެއިން ބޭރުކޮށްލީ އަހަރެން އެއްވެސް ކުށެއް އޮވެގެން ނެއްނޫނެވެ.ހަމައެކަނި އޭނާގެ އަލަށް ކައިވެނިކުރި އަންހެނުން އަހަރެންނަކީ ބުރައެއްކަމަށް ބުނެގެންނެވެ. ބޮޑުބޭބެ އަހަރެންނާދިމާލަށް ބަލާވެސް ނުލާ އަހަރެންގެ ދަބަސްނެރެފަ ގޭދޮރުމަތީ ބޭއްވީއެވެ. މައިންބަފައިން މަރުވުމުން ބޮޑުބޭބެއާއިއެކު އުޅެނިކޮށް ގެއިން ނެރެލުމުން ދާނެ ތަނެއް ނެތި ބައެއް ރައްޓެހިންގެގޭގެ ސިޓިންގރޫމް ސޯފާގައި ނިދާ، ކާއެތިކޮޅަކަށްޓަކާ ލިބުނު މަސައްކަތެއްވިއްޔާ ކުރަމުންގެންދިޔައިމެވެ.އެއްދުވަހަކު އަހަރެން ތަށިތައް ދޮވެދޭ ރެސްޓޯރަންޓެއް ކުނިކަހަމުން ދަނިކޮށް އަހަރެންނަށް މުށި ކުލައިގެ […]

އެއްއަވަށުގެ އެންމެންހެން ނުހިނގިފައި: ދެބެންގެ ދެ ދަރި މީހުން ކައިވެނި ކުރުމުން ދިމާވާ މައްސަލައެއް

ބްރެޒިލްގެ އިރު އުތުރު ހިސާބެއްގައިވާ ކުޑަ އަވަށެއް ކަމަށްވާ ”ސެރިންހާ“ ގައި ގިނަބަޔަކު ނުހިނގިފައި ތިބުމާއިއެކު އެކިފަރާތްތަކުން ކުރިމަސައްކަތުން ހޯދިފައިވާ ގޮތުގައި މިކަން މައިގަނޑުގޮތެއްގައި ކުރިމަތިވަނީ ދެބެންގެ ދެދަރި،ނުވަތަ އާއިލީގޮތުން ގާތް މީހުން ކައިވެނި ކުރުމުންނެވެ. މިބައްޔަށް ކިޔާނަމަކީ ސްޕޯއަން ސިންޑްރޯމްއެވެ. ބައްޔާބެހޭގޮތުން މިހާތަނަށް އެންމެ ގިނަ ހޯދުންތައް ހޯދާފައިވަނީ ބްރެޒިލްއަށް ނިސްބަތްވާ ބައެލޮޖިސްޓް އަދި ޖެނެސިޓިސްޓް ސިލްވާނާ ސަންޓޯސް ކިޔާ މީހެކެވެ.މިހޯދުންތަކާ ގުޅިގެން ސިލްވާނާ ސަންޓޯސް ވަނީ 2024 ވަނައަހަރު ބީބީސީން ހޮވި އެންމެ ”އިންފްލުއެންޝަލް“ […]