ކަނޑުމަތީ ބެހެމުން ދިޔަ ޕެރޫގެ މަސްވެރިއަކު 95 ދުވަސް ފަހުން ސަލާމަތް ކޮށްފި

މަސް ބޭނުމަށްޓަކައި ކަނޑަށް ނިކުތް ޕެރޫ ގެ މަސްވެރިޔަކު ބެހިގެން 95 ދުވަހު އުޅުނު ފަހުން ސަލާމަތް ކޮށް އާއިލާއާއި ހަވާލުކޮށްފިއެވެ.އުމުރުން 61 އަހަރުގެ މެކްސިމޯ ނާޕާ ކާސްޓްރޯ، މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 7ވަނަ ދުވަހު މަހަށް ނިކުތީ ދެހަފްތާގެ ދަތުރަކަށް ތައްޔާރުވެގެން ކަމަށް ވެއެވެ. ޕެރޫގެ ދެކުނުގެ ހިސާބެއްގެ އައްސޭރިފަށުގެ އަވަށަކުން ދަތުރުފަށައިގެން ދިހަ ދުވަސް ވީތަނާ ވަރުގަދަ ތޫފާނެއްގައި ޖެހި އިންޖީނު ހުއްޓި ބޯޓަށް ދެވޭނުދެވޭތަނެއް ނޭގި މަގު އޮޅުނެވެ. އެއަށްފަހު އައި ދުވަސްތަކުގައި […]
ދަންވަރުގެ ބަސް ދަތުރު

ވަރަށް ގިނަ ރޭރޭ 11.45 ގައި އޮންނަ އެންމެފަހު ބަހަށް އެންމެ ފަހުން އަރާ އެކަކަށް އަހަރެން ވެއެވެ. ހޮސްޕިޓަލްގެ ޑިއުޓީ ނިންމާލުމަށްފަހު ގެޔަށް ދިއުމަށެވެ. ވެފަ ހުންނަ ވަރުބައްޔާއެކުވެސް ދުވެފަ ކަހަލަ ގޮތަކަށް ގޮސް ބަހަށް އަރާ ހަމަޖެހިލުމުން އަރާމުގަ އިނދެލާނެ ވަގުތު ކޮޅެއް ލިބެއެވެ. އަހަރެން ބަހަށް އަރާއިރު ކޮންމެ ރެޔަކުވެސް ވަރަށް ބުރަސޫރަ ރީތި،އިސްކޮޅުން ދިގު،ރީތިހަށިގަނޑެއްގެވެރި ފިރިހެނަކު ބަހުގެ ފަހަތު ކޮޅުގެ ގޮޑިއެއްގައި ފޮތެއް ކިޔަން އިންދާ އަހަރެން ދެކެމެވެ. އޭނަވެސް އަހަރެން […]
ބައްޕަގެ ބޭކަރީ

ބައްޕަގެ ބޭކަރީ ބަންދުކުރަން ޖެހުނު ދުވަސް އަހަރެން ރީތިކޮށް ހަނދާން ހުރެއެވެ.އޭރު އަހަރެންގެ އުމުރުން ދިހަ އަހަރެވެ.ވިޔަފާރި ދަށްވަމުން ދަށްވަމުން ގޮސް ބައްޕަޔަށް ބޭކަރީ ހިންގޭވަރުނުވީއެވެ.އެންމެ ފަހު ފަހަރަށް ބައްޕަ ބޭކަރީގެ ދޮރު ލެއްޕި ދުވަސްވެސް އަހަރެން ރީތިކޮށް ހަނދާން ހުރެއެވެ.އެވަގުތު ބައްޕަގެ ލޮލުން ހިތާމައިގެ އަސަރު ފެންނަން ހުއްޓެވެ. އަހަރެން ބަލަން ހުރިގޮތުން އަހަރެންނާއި ދިމާއަށް ބައްޕަބުންޏެވެ.“ދަރިފުޅާއެވެ.ބައެއްފަހަރު ކަންތައް ދިމާކުރާގޮތަކުން ކަމެއް ކާމިޔާބު ކުރުމަށްޓަކާ ހަމައެކަނި ބުރަމަސައްކަތަކުން ނުފުދެއެވެ.“ބޭކަރީ ލެއްޕުމަށްފަހު ބައްޕަ އަހަރުމެން ގޮވައިގެން ކުޑަކުޑަ […]
އެނދުދަށުން ނެރެން ޖެހުނު ”މައިދައިތަ“

ގޭގަ އުޅެނީ އަހަރުމެން ދެމަފިރިން އެކަންޏެވެ. އެހެން ކަމުން ދެމީހުން އެކުގަ ތާކަށް ދާންވެއްޖެނަމަ ގެހުންނާނީ ފަޅަށެވެ. މިގޮތަށް ތަނަކަށް ދާނަމަ ކުރަން ޖެހޭ ކަންތައްތަކެއް ހުރެއެވެ. ދޮރުމަތީގައިވާ ބޮކިދިއްލުން ،ފޯނުގެ އާންސަރިންގ މެޝިން ސެޓް ކުރުން، ގުރާކޮށީގަ ފޮތިގަނޑެއް އެޅުން އަދި ބުޅާ ގޯތިތެރެޔަށް ނެރުން މިކަހަލަ ކަންތައް ތަކެކެވެ. އަހަރުމެން ދެމަފިރިން އެކުގައި ޕާޓީ އަކަށް ދާން ތައްޔާރުވި ރެއެކެވެ. ހެދުން އަޅާ ތައްޔާރުވެ ނިމުމަށްފަހު އަހަރެން ކުރިން މިބުނި ކަންތައް ކޮށް ނިންމަނިކޮށް […]
ލިބޭ އަންބެއްގެ ގޮތުން ހަޔާތް އާބާދުވާ ފަދައިން ބަރުބާދުވެސް ވެއެވެ.

އަހަރެންގެ ދަރިފުޅު އަހުމަދު އަލަށް ހުޅުވި ރެސްޓޯރަންޓަށް ކުރިން ނުބުނެ އަހަރެން އެދުވަހު ދިޔައީ ހަމަ އެކަނި ދަރިފުޅަށް ސަޕްރައިޒް އަކަށެވެ. ގޮސް ސައިތައްޓަކަށް އޯޑަރު ދީފައި މުޅި ހުރިހާތަނެއްފެންނަ މޭޒެއްކައިރީ އިށީނީމެވެ. އަހުމަދު އަންނަން ދެނެވެ.ކުއްލިއަކަށް ޒުވާން އަންހެނަކު އައިސް ވަރަށް ހަރުކަށިކޮށް އަހަރެންނާ ދިމާލަށް ބުންޏެވެ.ތިޔަތަނުން ހަމަމިހާރު ތެދުވާށެވެ.ތިޔަމޭޒަކީ މަށާ މަގޭ ލޯބިވެރިޔާ އަށް ހުރި މޭޒެވެ. މިހެން ބުނުމަށްފަހު އަހަރެން ލައިގެން ހުރި ހެދުމަށްވެސް އޭނާ މަލާމަތް ކޮށް ހެދިއެވެ. ލައިގެން ހުރި […]
މަންމައެއްގެ ކަނުލޯބި

އަހަރެންގެ ފިރިމީހާ އަހަރެން ގެއިން ނެރެ އެއްލާލީ އޭނާގެ މަންމަ،އަހަރެންގެ މައިދައިތަގެ އެދުމުގެ މަތިންނެވެ.އަހަރެން އަލަށް ވިހޭ ތުއްތު ތުއްތު ދަރިފުޅާއެކީ ނެރެއެއްލާލީ ވާރޭވެސް ވެހެމުން ދިހަ ދުވަހެއްގައެވެ. ބައެއް ފޮށިތަކާއެކީ ގެއިން ބޭރު ކޮށްލުމުން އަހަރެން ވަކި ދާނީވެސް ކޮންތާކަށް ހެއްޔެވެ.އެވަގުތު ސީދަލަށް ވިސްނާލަންވެސް އަހަރެންނަށް ނޭގިފަ އެތައް އިރަކު އެކުޑަކުޑަ ދަރިފުޅު ބޮޑި ކޮށްލައިގެން ގޭގެ އެއްކައިރީގައި މަގުމަތީގައި އަހަރެން އިނީމެވެ. އެހެން އިންދާ ކުއްލިއަކަށް އިވުނީ އަހަރެންގެ ފޯނު ރިންގުވީ އަޑެވެ.ފޯނަށް ބަލާލިއިރު […]
ބޭބެގެ އަގުބޮޑު ހަދިޔާ

ކުޑަފިރިހެން ކުއްޖަކު އެއްދުވަހަކު އޭނާގެ ކުޑަ އަންހެން ކޮއްކޮ ގޮވައިގެން ހިނގާލަން ދިޔައެވެ.ތަންގަނޑަކަށް ގޮއްސަ ބަލާލިއިރު ކޮއްކޮ ކައިރީގައި ނެތްކަން އޭނާޔަށް އިހުސާސްވިއެވެ. އެނބުރި ބަލާލިއިރު އޭނާއަށް ފެނުނީ ކޮއްކޮ ކުޅޭއެއްޗެތި ވިއްކާ ފިހާރައެއްގެ ކުޑަދޮރު ކައިރީ ހުއްޓިގެން ހުއްޓައެވެ.އޭނާ އެނބުރިގޮސް ބަލާލުމުން އޭނާޔަށް ފެނުނީ ފިހާރައިގެ ޑިސްޕްލޭގައިވާ ވަރަށް ރީތި ބުދަކަށް ބަލަހައްޓައިގެން ހުވަފެނީ ދުނިޔެއަކަށް ގެއްލިފައި ކޮއްކޮ ހުއްޓައެވެ.އޭނާގޮސް ކޮއްކޮގެ އަތުގައި ހިފާލުމަށްފަހު ބުންޏެވެ.ކޮއްކޮ އެބުދު ބޭނުންވީހެއްޔެވެ. ކޮއްކޮ ވަރަށް އުފަލުން ބޯޖަހާލުމުން އެކުއްޖާ […]
އަނބިން އެމީހުންގެ މަސައްކަތް ހުއްޓާލައިފިނަމަ

ފިރިހެނަކު އެއްދުވަހަކު އޮފީހުން ގެޔަށް އައިއިރު އެމީހުންގެ ކުޑަ ތިންކުދިން ތިބީ ނިދަންލީ ހެދުމާއެކު ގޯތިތެރޭ ވެލިގަނޑުމަތީގައި ކުޅޭށެވެ.ކުދިންގެ ވަށައިގެން އެކި ކާއެއްޗެތި އެޅި ހުސްފޮށިތަކާ މެޓާ ޗޮކްލެޓް ފަދަ އެއްޗެތީގެ ކަރުދާސްތައް ހުއްޓެވެ. ގޯތިތެރެ ފުރާވަނީ ކުންޏެވެ. ގަރާޖަށް ބަލާލިއިރު އޭނާގެ އަންހެނުންގެ ކާރު އޮތެވެ.ނަމަވެސް ކާރުގެ ދޮރު ވަނީ ހުޅުވި ގޮތަށް ދޫކޮށްލާފައެވެ.ފިރިހެންމީހާ ކަންބޮޑުވެގެން ވަށާ ބަލާލިއިރު ގޭގެ މައިދޮރުވެސް ހުރީ ހުޅުވާފައެވެ.އެމީހުން ގެންގުޅޭ ބުޅާ ފެންނަ ހިސާބަކު ނެތެވެ. އޭނާ ދުވެފަ ގޭތެރެޔަށް […]
ބަޑިއެއް ހިފައިގެން މަތިންދާބޯޓަކަށް އަރަން އުޅުނު ޒުވާނަކު ހިފަހައްޓައިފި

އޮސްޓްރޭލިޔާގައި ވަޒަންލާފައިވާ ބަޑިއެއް ހިފައިގެން މަތިންދާބޯޓަކަށް އަރަން އުޅުނު،އުމުރުން ސަތާރަ އަހަރުގެ ޒުވާނަކު ހިފަހައްޓާ އޭނާގެ މައްޗަށް ކޯޓުގައި ދައުވާ އުފުލައިފިއެވެ. އެކި ވީޑިއޯތަކާ ހަވާލާދީ ލިބޭ ހަބަރުތައް ބުނާގޮތުގައި ބަޑިހިފައިގެން ޒުވާނާ ބޯޓަށް އަރާތަން ފެނުނީ އެހެން ބައެއް ފަސިންޖަރުންނަށެވެ.އެއަށްފަހު ފަސިންޖަރުންނާއި ކްރޫ އޭނާ ހިފަހައްޓާ ހައްޔަރު ކޮށްފައި ވެއެވެ.އޭނާގެ މައްޗަށް ފަސިންޖަރުން ގަދަވެގަތް ވަގުތު ބަޑި ވެއްޓުމުން ޕައިލެޓްވަނީ ފައިންޖަހާ ބަޑި ދުރަށް ކޮއްޕާލާފައެވެ.ހާދިސާ ހިނގާފައިވަނީ ބުރާސްފަތިދުވަހު މެންދުރުފަހުގެ ވަގުތެއްގައި މެލްބޯން ސިޓީ ކައިރީގައި […]
އެމެރިކާ އާއި ދެކޮޅަށް ކުރަންޖެހުނު ކޮންމެ ވައްތަރެއްގެ ހަނގުރާމަ އަކަށްވެސް ތައްޔާރު-ޗައިނާ

އެމެރިކާ އާއި އެކު ކުރަންޖެހުނު ކޮންމެ ވައްތަރެއްގެ ހަނގުރާމަ އަކަށްވެސް ޗައިނާ އޮތީ ތައްޔާރަށް ކަމުގައި އެގައުމުން ބުނެފިއެވެ.ޗައިނާ އިން މިހެން ބުނެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއާއި ދެކޮޅަށް އިތުރު ޓްރޭޑް ޓެރިފްތައް އިއުލާން ކުރެއްވުމާއި ގުޅިގެން ޗައިނާވެސް އެމެރިކާއާއި ދެކޮޅަށް އިތުރު ޓެރިފްތައް އިއުލާން ކުރުމަށް ފަހުއެވެ. އެމެރިކާއާއި ޗައިނާއަކީ ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދަށް ވާއިރު މިހާރު ފެށިފައިވާ ޓެރިފް ”ކަންތައްގަނޑުގައި“ ދެގައުމުން ދަނީ ޓްރޭޑް ހަނގުރާމައަކާ ގާތަށް ޖެހެމުންނެވެ.އެންމެ […]