ޤަޠަރު ހިމެނޭ ގޮތުން ގަލްފް ސަރަހައްދު ގައި ތިބި އެމެރިކާ ސިފައިން ބާލާކަން، ޤަތަރުން އިއުލާންކޮށްފިއެވެ. މިއާއެކު ޤަޠަރު ވެގެން ގޮސްފައިވަނި މިހާރު ކުރިޔަށްދާ ހަނގުރާމަޔާއި ގުޅިގެން އެމެރިކާސިފައިން ފޮނުވާލި ފުރަތަމަ ގައުމަށެވެ.
ޤަޠަރު ގެ މި މުހިންމު ނިންމުމާއި އެކު އެގައުމުގެ ޚާރިޖީ ވަޒީރު ވިދާޅުވެފައިވަނީ ބޭރުގެ ސިފައިން ބޭތިއްބުމަށް ބޮޑު ”އަގެއް“ ދައްކަން ޤަޠަރަށް ޖެހުނު ކަމުގައެވެ.
އީރާން އާއި ޤަޠަރު އާއި ދެމެދު އޮންނަ ގުޅުމަކީ އަޚްވަންތަ ގުޅުމެއްކަމަށް ސިފަކުރައްވަމުން ޚާރިޖީ ވަޒީރު ވިދާޅުވީ އެފަދަ ގުޅުމެއް ހީނަރުވާފަދަ ގޮތަކަށް ދެން ޤަޠަރު ގެ ޓެރިޓަރީ ބޭނުން ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމުގައެވެ.
ޤަޠަރު ގެ ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި އެމެރިކާއިން ޤަޠަރަށް ވެފައިވާ އަހުދުތައް ތަކުރާރުކޮށް ރޫޅަމުންދާކަމަށާ އަދި އެމެރިކާއިން އަބަދުވެސް އިސްކަން ދެނީ އިޒްރޭލުން ބޭނުންވާ ކަންކަމަށް ކަމުގައި ވިދާޅުވިއެވެ. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން ޤަޠަރަށް ލިބޭ ގެއްލުން ވަރަށް ބޮޑު ކަމަށް ވިދާޅުވެފައިވެއެވެ.
ޤަޠަރުން ބޭނުންވާ ކަންކަމަށް އެމެރިކާއިންއެއްވެސް ވަރަކަށް އިސްކަން ދޭނަމަ އެހެން ގައުމަކަށް ހަމަލާ ނުދިނުމުގެ އުސޫލަށް އިހުތިރާމް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.މީގެ އިތުރުން ޤަޠަރުން ނިންމި ނިންމުން ބަލައިގަނެ އެހެން ގަލްފް ގައުމުތަކުންވެސް އެމެރިކާ ސިފައިން ފޮނުވާލާ ، ބޭސްތައް ބަންދުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައި ވެއެވެ.
ޤަޠަރު ގެ ނިންމުމަކީ ހަމައެކަނި މިލިޓަރީ ފިޔަވަޅެއް ނޫން ކަމަށާ ގައުމުތަކާއެކު އޮތް ގުޅުންތަކުގެ އައު ”އީރާ“ އެއްގެ ފެށުން ކަމަށްވެސް ޤަޠަރު ގެ ޚާރިޖީ ވަޒީރު ވިދާޅުވެފައި ވެއެވެ.
![]()

6 Responses
އަލްހަމްދުލިﷲ ވަރަށް އުފާވެރި ހަބަރެއް
އީރާނުގެ ވެރިކަން ބަދަލުކުރަން ޖެއްސި އެޕްސްޓިން ބޮސް ޓްރަމްޕްގެ ވެރިކަމާއި ބާރުދޯ އެންމެފަހުން މިދިޔައީ. ގަބޫލުކުރެވެނީ މީ ޝައިތާނާގެ ދަރިކޮޅުގެ މީހެއްކަމަށް. އެ އުޅޭ ނަތަންޔާހޫ ވެސް. މުޅިދުނިޔެ ކައްކުވައިފިއެވެ. އަލްޙަމްދުﷲ އިސްލާމީ އީރަނުން އިސްލާމީ ވަންތަ ހަނގުރާމައެއް ކޮށްފިއެވެ. އެއީ ބިރުދެއްކުމާއި އިސްލާމީ ދީނީ ލީޑަރުންނާއި އަދި ގައުމުގެ ވެރިންތައް މެރުމުންވެސް ﷲ އަށް ޙަމްދުކޮށް ސާބިތުކަންމަތީ ﷲ ނަސްރުދެއްވާނެކަމަށް ވަރަށް ފައުޅުގައި ބުނެ، އެންމެފަހުން ކާމިޔާބު ހޯދީއެވެ. ޝައިތާނާއި ގުޅިގެން އީރާނަށް މި މުސީބާތް ޖެއްސި ޢަރަބި ވެރީންނަށް ލައުނަތް ހުށްޓެވެ. އާމީން!
ޝުކުރިއްޔާ ޔަހޫދިންގެ ބަލާވެރިކަމުގެ ސަބަބުން އިސްލާމީ ގައުމު ފުޑު ފުޑުވެ އެތަށް މިލިއަން މުސްލިމުން ފާނާކޮށްފި
Rangalhunimmumeh
Al’hamdhulillahi
ޝުކުރިއްޔާ ޔަހޫދިންގެ ބަލާވެރިކަމުގެ ސަބަބުން އިސްލާމީ ގައުމު ފުޑު ފުޑުވެ އެތަށް މިލިއަން މުސްލިމުން ފާނާކޮށްފި ޒައިނިސްޓުންނަކީ އިންސާނީ ކަރާމަތަށް އޮށް ނުރަށްކާތެރި ކެންސަރު ބައްޔެއް ފަރުއާއެއްނެތި އިންސާނުން އުޅެން ޖެހިފަމިވަނީ ހެޓިލަރު ބުނިބަސް މިއަންދު ގަބޫލު ކުރެވޭބާ
އަލް ޙަމްދުލިﷲ އަދި ޝުކުރިއްޔާ ޔަހޫދިންގެ ބަލާވެރިކަމުގެ ސަބަބުން އިސްލާމީ ގައުމު ފުޑު ފުޑުވެ އެތަށް މިލިއަން މުސްލިމުން ފާނާކޮށްފި ޒައިނިސްޓުންނަކީ އިންސާނީ ކަރާމަތަށް އޮށް ނުރަށްކާތެރި ކެންސަރު ބައްޔެއް ފަރުއާއެއްނެތި އިންސާނުން އުޅެން ޖެހިފަމިވަނީ ހެޓިލަރު ބުނިބަސް މިއަންދު ގަބޫލު ކުރެވޭބާ