ނަޖީބް ރައްޒާޤް ގޭބަންދަށް ބަދަލު ކޮށްފި

ފައިސާއަށް ޚިޔާނަތްތެރިވުމުގެ ބޮޑެތި މައްސަލަ ތަކެއްގައި ޖަލަށްލާފައި ހުންނެވި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤް ގެ ޖަލުހުކުމުގެ ބާކީބައި ގޭބަންދަށް ބަދަލު ކުރުމުން އޭނާ އަންގާރަ ދުވަހުގެ ރޭ ގޭބަންދަށް ބަދަލު ކޮށްފިއެވެ. ގިނަ އަދަދެއްގެ ފުލުހުން ގެ ކޮންވޯއީއަކާއި އެކު ނަޖީބު ރައްޒާޤް އެސްޔޫވީއެއްގައި ގެޔަށް ގެންދެވުނު މަންޒަރު ބެލުމަށް މީޑިޔާ ގެ ގިނަ ފަރާތްތަކެއް ހާޒިރުވެފައިވާކަމަށް ޚަބަރު ލިބެއެވެ.ނަޖީބް ރައްޒާޤް ގެ މައްޗަށް ކުރެވުނު އެންމެ ބޮޑު އެއް ދައުވާއަކީ އެގައުމުގެ ސޮވްރިން […]
ޝެއިޚް ހަސީނާ އަށް މަރުގެ އަދަބު ދިނުން ނޫން ގޮތެއް ނޯންނާނެ : ބަންގްލާދޭޝްގެ ޕްރޮސެކިއުޓަރ

ބަގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އެނބުރި ގައުމަށް ވަޑައިގެންފިނަމަ މަރުގެ އަދަބު ދިނުން ގޮތެއް ނޯންނާނެ ކަމަށް ބަންގްލާދޭޝްގެ ޕްރޮސެކިއުޓަރ އެމްޑީ އަމީނުލް އިސްލާމް ވިދާޅުވެއްޖެ އެވެ.އަދި މަރުގެ ހުކުމް އިސްތިއުނާފަށް ހުށަހަޅަންޖެހޭ މުއްދަތު ވެސް ފާއިތުވެފައިވުމާއި އެކު އެހުކުމް ބަދަލުކުރުމުގެ ފުރުސަތުވެސް ނޯންނާނެކަން އޭނާ ފާހަގަ ކުރައްވާފައި ވެއެވެ. ޑިސެމްބަރުމަހު އެބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވަމުން ހަސީނާ ވަނީ އައު ޕާސްޕޯޓާއި ނެޝަނަލް އައިޑީ ކާޑު އަލުން ހެދުމަށްވެސް މަސައްކަތް ފައްޓަވާފައެވެ.2024 ވަނަ […]
އެނބުރި ގައުމަށް ވަޑައިގެންނެވުމުގެ ކުރިން ޝެއިޚް ހަސީނާ އައު ޕާސްޕޯޓެއް ހަދަން ހުށަހަޅުއްވައިފި

ބަންގްލާދޭޝް ގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ، ކުރިން ރާއްވަވާފައިވާ ގޮތަށް އަންނަ ޑިސެމްބަރުމަހު އެނބުރި ގައުމަށް ވަޑައިގެންނެވުމުގެ ކުރިން އައު ޕާސްޕޯޓެއް ހަދަން ހުށަހަޅުއްވައިފިއެވެ.ޕާސްޕޯޓާ އެކުއެކީ ނެޝަނަލް އައިޑެންޓިޓީ ކާޑު ހަދަންވެސް ނިއު ޑެލްހީގައި ހުންނަ ބަންގްލާދޭޝް ހައިކޮމިޝަން އަށް އެކަމަނާ ހުށަހަޅުއްވާފައިވާ ކަމަށް ޚަބަރު ލިބެއެވެ. ލަންޑަންގައި ހުންނަވާ ހަސީނާގެ ކައުންސެލް ސްޓީވަން ޕައުލްސް މެދުވެރިކުރައްވާ ހަސީނާގެ ވަކީލުން ވަނީ 9 ނޮވެމްބަރު ގެ ތާރީޚުގައި އެކްޓިންގ ހައިކޮމިޝަނަރ ޕްރީތީ ރަހްމާން އަށް ސިޓީ […]
އަމިއްލަ ވިޔަފާރިއާއި ގުޅުންހުރި ބޭންކެއް ”ކޮލެޕްސް“ ވީ މައްސަލައިގައި ޕެރަގުއޭގެ ރައީސް މަގާމުން ދުރުކޮށް ހައްޔަރު ކޮށްފި

ދެކުނު އެމެރިކާގެ މެދުގައި އޮންނަ ގައުމެއް ކަމަށްވާ ޕެރަގުއޭ ގެ ރައީސް ސަންޓިއާގޯ ޕެންޔާ ގަދަކަމުން މަގާމުން ދުރުކުރެވި ގޭގައި ބަންދު ކުރެވިފައިވާ ކަމަށް ޚަބަރު ލިބެއެވެ. ހުކުރު ދުވަހު ޕެންޔާ ހައްޔަރު ކުރެވުނީ އެގައުމުގެ ބޮޑު ބޭންކެއް ނިމުނު ހަފްތާގައި ކޮލެޕްސް ވުމާއި ގުޅިގެން ދިމާވަމުންދާ މައްސަލަތަކާއި ގުޅުވާ، ރައީސް މަގާމުން ދުރުކުރުމަށް ގޮވާލާ މަޖިލީހުގެ ހުރިހާ މެމްބަރުން ވޯޓުލުމާއި ގުޅިގެންނެވެ.ކޮލެޕްސްވީ ބޭންކަކީ ރައީސް ޕެންޔާގެ އަމިއްލަ ވިޔަފާރިއާއި ގުޅިފައިވާ ބޭންކެއް ކަމަށް ވެއެވެ.މަގާމުން ވަކިކުރަން […]
އިންޑޮނީޝިޔާގެ ރައީސްގެ ފޯންކޯލްތައް ވަގަށް އަޑު އެހިކަމަށް ޝައްކު ކުރެވިއްޖެ

އިންޑޮނީޝިޔާގެ ރައީސް ގެ ފޯންކޯލްތައް ބަޔަކު ވަގަށް އަޑުއަހަމުންދާ ކަމަށް ޝައްކު ކުރެވޭކަމަށް މިހަފްތާގައި ސަރުކާރުން އިއުލާން ކުރުމާއި ގުޅިގެން މިކަމާބެހޭ ތަހުގީގުތައް ފަށާފައިވާ ކަމަށް ޚަބަރު ލިބެއެވެ. ރައީސް ޕްރަބޯވޯގެ ސަރުކާރުގެ އިސް އެތައް މެމްބަރުންނެއް މި ”ވަޔަރ ޓެޕިންގ“ ގެ ޖަރީމާ ހިންގުމުގައި ބައިވެރިވާކަމަށް ވަނީ ބެލެވިފައެވެ.މީގެ ތެރޭގައި ރައީސްގެ ޗީފް އޮފް ސްޓާފް ލިސްޓީޔޯ ސިޖިތު ޕްރަބޯވޯ ވެސް ހިމެނެއެވެ. ނަމުން އެއްގޮތް ނަމަވެސް އޭނާއަކީ ރައީސްގެ ތިމާގެ މީހެއް ނޫނެވެ.ރައީސްގެ ފޯންކޯލްތައް […]
އޯވަލް އޮފީހަށް ބަދަލު ނުގެނެވޭ ގޮތަށް ރައީސް ޓްރަމްޕަ ޚާއްސަ އަމުރެއްގައި ސޮއި ކުރައްވައިފި

އެމެރިކާގެ ރައީސްކަން ކުރައްވާ ބޭފުޅެއްގެ އޮފީސް ކަމަށްވާ އޯވަލް އޮފީހަށް ދެން އަންނަ އެއްވެސް ރައީސް އަކަށް ވަކިކަހަލަ ބަދަލުތަކެއް ނުގެނެވޭ ގޮތަށް ޚާއްސަ އެގްޒެކެޓިވް އޯޑަރ އެއްގައި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއި ކުރައްވައިފިއެވެ. ރިއަލްއެސްޓޭޓް ވިޔަފާރީގެ މަހުޖަނެއްގެ ގޮތުގައި ކުރިން ހުންނެވި ޓްރަމްޕް ގެ ރައީސް ކަމުގެ މިދައުރުގައި އޯވަލް އޮފީހުގެ އެތެރެޔަށް ވަނީ ބަދަލު ތަކެއް ގެންނަވާފައެވެ.އަދި ރަން ކުލައިގެ ފީޗަރ ތައް ހިމަނުއްވާފައި ވެއެވެ.ބުރާސްފަތި ދުވަހު އެގްޒެކެޓިވް އޯޑަރގައި ސޮއި […]
ތިން އަހަރުގެ ކުއްޖެއްގެ މެޔަށް ހެރުނު ކަތުރެއް ކާމިޔާބް ކަމާއި އެކު ނަގައިފި

އިންޑިޔާގެ ގުޖްރާތު ސްޓޭޓްގައި ތިން އަހަރުގެ އަންހެން ކުއްޖެއްގެ މެޔަށް ހެރުނު ކަތުރެއް ޑޮކްޓަރުން ކާމިޔާބު ކަމާއި އެކު ނަގައިފި އެވެ. އަދި ކުއްޖާ މިހާރު ރަގަޅު ވަމުން އަންނަކަމަށް ޚަބަރު ލިބެއެވެ.ގުޖްރާތު ސްޓޭޓްގެ ކޫޗް އަށް ނިސްބަތްވާ މިތުއްތު ކުއްޖާގެ މެޔަށް ކަތުރު ހެރުނީ އޭނާގެ ފަސް އަހަރުގެ ބޭބެއާއި އެކު ކުޅެން އުޅުމުގެ ތެރޭގައި ކަމަށް ވެއެވެ. ހާދިސާ ހިގުމަށްފަހު ކައިރީގައި ހުރި ޕްރައިވެޓް ހެލްތު ފެސިލިޓީ އަކަށް ކުއްޖާ ގެންދެވުނު ކަމަށް ވެއެވެ.ނަމަވެސް […]
އެމެރިކާގެ ރައީސް އަކީ އަދިވެސް ޑޮނަލްޑް ޓްރަމްޕް: ވައިޓްހައުސް

އެމެރިކާގެ ކޮންގްރެސްގެ ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަގުލަބިއްޔަތު އިދިކޮޅު ޑިމޮކްރެޓުން ކާމިޔާބު ކުރުމާއި ގުޅިގެން ވައިޓް ހައުސް އިން ތަފާތު ވާހަކަ އެއް ބުނެފިއެވެ. މިގޮތުން ވައިޓްހައުސް އިން ބުނެފައިވަނީ އެމެރިކާގެ ރައިސް އަކީ އަދިވެސް ޑޮނަލްޑް ޓްރަމްޕް ކަމުގައެވެ. ވޯޓުގެ ނަތީޖާމިހާތަނަށް ފެންނަ ގޮތަށް ބަލާއިރު ސެނެޓުގެ 54 ގޮޑި ޑިމޮކްރެޓުން ކާމިޔާބް ކޮށްފައިވާއިރު ރިޕަބްލިކަނުންނަށް ލިބިފައިވަނީ 44ގޮޑިއެވެ. ހައުސްގެ ނަތީޖާއަށް ބަލާއިރު ޑިމޮކްރެޓުންނަށް 228 ގޮޑި ކާމިޔާބު ކުރެވިފައިވާއިރު ރިޕަބްލިކަނުންނަށް ލިބިފައިވަނީ 139 […]
ޑެލްހީގެ ވައިނުސާފުވުން ކުޑަކުރުމަށް ޚާއްސަ މަސައްކަތް ތަކެއް ފަށައިފި

އިންޑިޔާގެ ވެރިރަށް ޑެލްހީގެ ވައި ނުސާފުވުން އިތުރު ވަމުންދާތީ އެކަން ހައްލުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ޚަބަރު ލިބެއެވެ.އެއާ ޕޮލިއުޝަން ނުވަތަ ވައި ތަޢައްޔަރުވުން ކުޑަކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން ބޯޑަރުގައި ޗެކްޕޮއިންޓްތައް ހަދާ ވަކި ސްޓޭންޑަޑަކަށް ނުފެތޭ ވެހިކަލްތައް ހުއްޓުވާ ޖޫރިމަނާ ކުރުން ހިމެނެއެވެ. މިގޮތުން ބަލަނީ ކާރުގެ ދުންހޮޅިން ދުން ބޭރުކުރާ މިންގަނޑަށް ނުފެތޭ ވެހިކަލްތަކެވެ. މިޕްލޭނަށް އަމަލު ކުރަން ނޮވެމްބަރު 1ވަނަ ދުވަހު ފަށާފައިވާއިރު ފުރަތަމަ ދުވަހުވެސް 1،500 ވެހިކަލް ހުއްޓުވާ، […]
ބަންގްލާދޭޝްގައި އަނެއްކާވެސް އާންމުންގެ ހަޅުތާލެއް،މިފަހަރު މުސާރައިގެ މައްސަލަ

ބަންގްލާދޭޝްގައި އަނެއްކާވެސް މަސައްކަތްތެރިންގެ ހަޅުތާލެއް ފަށާފައިވާކަމަށް ޚަބަރު ލިބެއެވެ.އެތައްހާސް ފެކްޓަރީ-މަސައްކަތްތެރިން ނިކުމެ މުޒާހަރާކުރަންފަށާފައިވަނީ ގާމެންޓް ފެކްޓަރީ ތަކުގައި މަސައްކަތް ކުރާ މީހުންގެ މިނިމަމްވޭޖް 12،500ޓާކާ އިން 30،000ޓާކާ އަށް ބޮޑުކޮށް ދިނުމަށް އެދިއެވެ. އެތައްހާސްބަޔަކު މަސައްކަތް ހުއްޓާލުމަށްފަހު ހޯމަދުވަހުވެސް މަގުތަކަށް ނިކުމެ މުޒާހަރާކުރަންފެށުމާއި އެކު ގިނަ އަދަދެއްގެ ފުލުހުންވަނީ އެމީހުންނާ ކުރިމަތިލާ ކަރުނަގޭހާ އަތުބޮންފަދަ ހަތިޔާރު ބޭނުންކޮށްގެން އެމީހުން ހުއްޓުވަން މަސައްކަތް ކޮށްފައެވެ.ނަމަވެސް އާންމުންވަނީ އިހްތިޖާޖްތައް ކުރިޔަށް ގެންގޮސް ތަންތަން ލޫޓުވުމާއި ހުޅުޖެހުމުގެ ހަރަކާތްތަކެއްވެސް ފަށާފައެވެ.މުޒާހަރާތައް އެންމެ […]