ޒަކާތު ފައިސާއިން ބައި މިލިއަން ރުފިޔާގެ ކާބޯތަކެތީގެ އެހީތެރިކަން ފަލަސްތީނަށް ދީފި!

މި އަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ބައި މިލިއަން ރުފިޔާގެ ކާބޯތަކެތީގެ އެހީތެރިކަން ފަލަސްތީނަށް ފޯރުކޮށްދީފިއެވެ. ފަަލަސްތީނަށް ޒަކާތު ފަންޑުން ފޮނުވި އެހީ ފޯރުކޮށްދޭ ވީޑިއޯ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ވަނީ އާއްމުކޮށްފައެވެ. އެ ވީޑިއޯއިން ފެންނަނީ ފަލަސްތީނުގެ ސުންނާފަތިވެފައިވާ ގެތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިވެހިންގެ ކާބޯތަކެތީގެ އެހީ ފޯރުކޮށްދޭ މަންޒަރެވެ. ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން މި ފައިސާ ހަވާލުކޮށްފައި ވަނީ އިސްރާ އެސޯސިއޭޝަނާއެވެ. އެ އެސޯސިއޭޝަނުން ވަނީ ފަލަސްޠީނުގައި ހަރަކާތްތެރިވާ […]
އިސްރާއީލުން ޣައްޒާގެ ޝުޖާޔާ އަވަށަށް ދިން ހަމަލާގައި 35 މީހަކު ޝަހީދުކޮށްލައިފި

އިސްރާއީލުން ޣައްޒާގެ ޝުޖާޔާ އަވަށަށް ދިން ހަމަލާގައި 35 މީހަކު ޝަހީދުކޮށްލައިފިއެވެ. އަލްޖަޒީރާ ޓީވީ ޗެނަލުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާ ސިޓީގެ ބޭރުގައި އޮންނަ ޝުޖާޔާ އަވަށަށް އިސްރާއީލުން ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 35 އަށް ވަނީ އަރާފައެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައި އިމާރާތްތަކުގެ ދަށުގައިވާ ކުނިތައް ސާފުކުރުމުން މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން އިމާރާތްތަކުގެ […]
އެމެރިކާއާއި އީރާނުގެ ދެކޮޅުވެރިކަމުގައި މެދުއިރުމަތި ވީރާނާވެގެން ހިނގައިދާނެ

އީރާނުގެ ނިއުކްލިއަރ މަޝްރޫއާ ގުޅޭގޮތުން އެމެރިކާއާއެކު ސީދާ މަޝަވަރާކުރުން ނޫން އެހެންގޮތެއް އީރާނަށް ނޯންނާނެކަމަށް އެމެރިކާގެ ރައީސް ވިދާޅުވަމުން ގެންދަވާއިރު އީރާނުން ބުނަމުންގެންދަނީ އޮމާން މެދުވެރިކޮށް ނޫނީ އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ނުކުރެވޭނެ ކަމަށެވެ. އެމެރިކާއާއެކު ސީދާ މަޝްވަރާއަށް އީރާނުން ނުދާނެކަމަށް ބާރު އެޅުމުގެގޮތުން އީރާނުން ބުނަމުންގެންދަނީ މަޝްވަރާ ކުރުމުގެ ނަމުގައި އެމެރިކާއާއެކު އެއްކޮޓަރިއަށްވެސް ނުވަންނާނެ ކަމަށެވެ. އެމެރިކާއާއެކު މެދުވެރިއަކުނެތި މަޝްވަރާއަށް އައުމަށް އިންކާރު ކުރާނަމަ އީރާނުން ދުވަހަކުވެސް ތަޖްރިބާކޮށްފައިނުވާ މިންވަރަކަށް މިފަހަރު އެ ގައުމަށް ބޮން […]
ކުޅުދުއްފުށި އަދި ދުވާފަރުގައި ޓިވެޓް-ސެންޓަރަކާއި ދަނާލެއް ޤާޢިމުކުރަނީ

ކުޅުދުއްފުށި ސިޓީގައި ޓެކްނިކަލް ވޮކޭޝަނަލް (ޓިވެޓް) ސެންޓަރަކާއި ދަރިވަރުންގެ ދަނާލެއް އަދި ރ. ދުވާފަރުގައިވެސް ޓްރެއިނިންގ އޭރިއާއަކާއެކު ދަނާލެއް ގާޢިމުކުރަން ނިންމައިފިއެވެ. މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤިކުރުމާއި ބެހޭ ވުޒާރާއިން މިއަދު ބުނީ މިއީ ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެެރެއިން ކުރިއަށް ގެންދާ މަޝްރޫޢުއެއް ކަމަށެވެ. ކުޅުދުއްފުށީގައި ޤާޢިމުކުރުމަށް ހަމަޖެހިފައިވާ މި ޓިވެޓް ސެންޓަރުގެ މަސައްކަތް ވަނީ ރޯޑް ޑިވެލޮޕްމެންޓް […]
ޖެނެރޭޝަނަލް ބޭން ތަޢާރަފު ކުރަން ޓޮބޭކޯ ކޮންޓްރޯލް ބޯޑާއެކު މަޝްވަރާކޮށްފި

ޖެނެރޭޝަނަލް ބޭން ތަޢާރަފު ކުރަން ޓޮބޭކޯ ކޮންޓްރޯލް ބޯޑާއެކު މަޝްވަރާކޮށްފިއެވެ. ހެލްތު މިނިސްޓްރީން ބުނީ ޖެނެރޭޝަނަލް ބޭން ތަޢާރަފު ކުރަން ކަމާ ގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން މިއަދު ހެލްތު މިނިސްޓްރީން ޓޮބޭކޯ ކޮންޓްރޯލް ބޯޑާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި ޖެނެރޭޝަނަލް ބޭން ކާމިޔާބު ކަމާއެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާކަމަށް ހެލްތު މިނިސްޓްރީން ހާމަކުރެއެވެ. ހެލްތު މިނިސްޓްރީން ބުނީ ޖެނެރޭޝަނަލް […]
މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ނަމުގައި އިދާރާއެއް އުފައްދައިފި

މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު އިދާރާއެއް އުފައްދައިފިއެވެ. މިއީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ. ރައީސް އޮފީހުން ވިދާޅުވީ މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު ގާއިމުކުރެއްވީ، ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި ރާއްޖޭގެ އެއްގަމާއި، ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ތަޙުޤީޤު ކުރުމަށް ސަރުކާރުގެ ވަކި […]
ޤައިދީންގެ ޢާއިލާތަކުގެ ތެރެއިން މާލީ ގޮތުން ދަތި ޙާލުގައި ދިރިއުޅޭ 10 ޢާއިލާއަކަށް ކަރެކްޝަން މުވައްޒަފުން އެހީ ދީފި!

ޤައިދީންނާއި ބަންދުމީހުންގެ ޢާއިލާތަކުގެ ތެރެއިން މާލީ ގޮތުން ދަތި ޙާލުގައި ދިރިއުޅެމުންދާ 10 ޢާއިލާއަކަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. ކަރެކްޝަނުން މިއަދު ބުނީ މިއީ 1446 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ގުޅުވައިގެން އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ފަރާތުން ފައިސާ އެއްކޮށް ހިންގި ހަރަކާތެއް ކަމަށެވެ. އެގޮތުން އެ ފައިސާއިން އެ ސަރވިސްގެ ބެލުމުގެ ދަށުގައި ތިބި ޤައިދީންނާއި ބަންދުމީހުންގެ ޢާއިލާތަކުގެ ތެރެއިން މާލީގޮތުން ދަތި ޙާލުގައި ދިރިއުޅެމުންދާ 10 […]
ޖެނެރޭޝަނަލް ބޭން އާއި ގުޅިގެން ހެލްތު މިނިސްޓްރީން ޖަމިއްޔާތަކާއިއެކު މަޝްވަރާކޮށްފި

ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ތަޢާރަފު ކުރުމަށް ސަރުކާރުން ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން މިއަދު ހެލްތު މިނިސްޓްރީން ޖަމިއްޔާތަކާއިއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. ހެލްތު މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ޖެނެރޭޝަނަލް ބޭން ކާމިޔާބު ކަމާއެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން ހެލްތު މިނިސްޓްރީން ބުނީ ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ތަޢާރަފު ކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ސަރުކާރުން […]
ރަސްދޫގައި ފިހުނު ފިރިހެން މީހާ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް!

އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ އިތުރު ފަރުވާއަށް ރާއްޖެއުންބޭރަށް ގެންގޮސްފިއެވެ. މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ހިނގި ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާ ފުލުހަށް ރިޕޯޓުކޮށްފައި ވަނީ އެ ރޭގެ 11:15 ހާއިރު އެވެ. އެ ހާދިސާގައި ފިހިފައި ވަނީ ދެމަފިރިންނެވެ. އެއީ އުމުރުން 31 އަހަރުގެ ދެ މީހުންނެވެ. ރަސްދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އެ ދެމީހުން މާލެ ގެނައީ އެ ރޭ […]
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ. މި އަމުރާ ގުޅިގެން ހޯދަމުންދަނީ އަސްޢަދު ޢަލީ، މ. ރިހިވިދުވަރުގެ / މާލެ (31އ) އެވެ. ފުލުހުން މިއަދު ބުނީ އަސްޢަދު އަލީ ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެން ކަމަށެވެ. އޭނާ ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައި ވަނީ 2025 އޭޕްރީލް 16 ވަނަ […]