ރިޔާސީ ދައުރު 10 އަހަރަށް ދަންމާލަން ޖާބިރު ހުށަހަޅުއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދައުރު 10 އަހަރަށް ދަންމާލަން ގާނޫނަށް އިސްލާހު ގެނައުމަށް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުއްލާ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ. ރިޔާސީ ދައުރަށް އިސްލާހު ގެނައުމަށް ޖާބިރު ހުށަހެޅި ބިލުގައި ވަނީ 2008 ވަނަ އަހަރު ފާސްކުރި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ތަސްދީގު ކުރި ފަހުން ބޭއްވި ރިޔާސީ އިންތިހާބުތަކާއި ވެރިކަން ހިންގަމުން އަންނަ ގޮތަށް ބަލާއިރު، ރާއްޖޭގައި ވެރިކަން ހިންގުމުގައި އެތަކެއް ސިޔާސީ އަދި އިގްތިސޯދީ ހުރަސްތަކެއް ހުރި ކަމަށެވެ. […]
ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް މުއްދަތު އިތުރު ކުރުމަށް މަޝްވަރާކުރަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތްތައް ނިންމުމަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް މަޝްވަރާ ކުރަމުންދާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ. އެޗްޑީސީން ބުނީ ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ދީފައިވާ މުއްދަތު މި މަހުގެ ނިޔަލަށް ހަމާވާނެ ކަމަށާ ނަމަވެސް ތަކެތި ލިބުން ދަތިވުމާއި އަދި އެކި ކަހަލަ ސަބަބުތަކާހެދި ފްލެޓްތައް ލިބުނު ގިނަ އަދެއްދެއްގެ ބަޔަކަށް ފްލެޓްގެ ފިނިޝިން ނިމިފައި ނުވާކަމަށެވެ . އަދި ފްލެޓްތަކުގެ ފިނިޝިން ނިންމުމަށް އިތުރު […]
ގާފަރުގައި ފުލުހުންގެ ހިދުމަށް ފަށައިފި

ކ. ގާފަރުގައި ޕޮލިސް ޕޯސްޓް ހުޅުވައި ފުލުހުންގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ. ގާފަރުގައި ފުލުހުންގެ ޕޯސްޓެއް ހުޅުއްވައި އެތަނުގެ ހިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ހޯމް މިނިސްޓަރ އިމްރާން އަބްދުއްލާ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. ފުލުހުންގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ، ގައުމުގެ އިގްތިސާދާއި ގުޅިފައިވަނީ އަމާންކަމާއި ރައްކާތެރިކަން ކަމަށް ވާތީ މުޅި ރާއްޖެއަކީ އަމާން ސުލްހަވެރި ގައުމެއްގެ ގޮތުގައި ދެމި އޮތުމަށް ފުލުހުންގެ […]
ފެރިދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި

އއ.ފެރިދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމު ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެރަށުގައި ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫއު މަސައްކަތް އިފްތިތާހްކޮށްދެއްވީ އެރަށުގައި ބޭއްވީ ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހާއި ބޯޑު މެމްބަރު އިބްރާހީމް އަންވަރާއި މަތިވެރީ ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ޒަރީރުގެ އިތުރަށް ފެރިދޫ ކައުންސިލްގެ ރައީސް އިސްމާއީލް ޝާހްއެވެ. މި މަސައްކަތް ކުރަމުން އަންނަ އެމްޑަބްލިއުއެސްސީން ބުނީ މިމަޝްރޫއުގެ ދަށުން ގޭގޭގައި ފެން މީޓަރު ބެހެއްޓުމާއި ގުޅައިދީ ގެތަކަށް […]
“ ކޮތަރުކޮށި“ ޖަލްސާ މާލެއަށް ބަދަލުކޮށްފި

އިދިކޮޅު ޕީޕީއެމް / ޕީއެންސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި “ ކޮތަރުކޮށި“ ނަމުގައި ބާއްވަން އުޅުނު ޖަލްސާ މާލޭގައި ބާއްވަން ނިންމައިފިއެވެ. އިދިކޮޅުން ބުނީ މި ޖަލްސާ މާލޭގައި ބާއްވަން ނިންމީ ހުޅުމާލޭގައި ޖަލްސާ ބާއްވަން އެޗްޑީސީއާއި ފުލުހުން އެއްބާރުލުން ނުދިނުމުންކަމަށެވެ. މި ޖަލްސާ މިހާރު ބޭއްވުމަށް ނިންމާފައިވަނީ ކާނިވާ ސަރަހައްދުގައި މާދަމާ ރޭކަމަށް ވެސް އިދިކޮޅުން ބުނެއެވެ. މި ޖަލްސާ ބާއްވަން އިދިކޮޅުން ފުރަތަމަ މަސައްކަތްކުރީ ހުޅުމާލޭ ގައެވެ. ރައީސް ޔާމިން ދައުރުގައި […]
ހުޅުމާލެ އަކީ އިހުތިސާސްތެރޭގައި ހިމެނޭ ބިމެއް، ކުޑަކަކޫ ނުޖަހާނަން: މާލޭސިޓީ މޭޔަރު

މާލެ ސިޓީގެ އިހުތިސާސްތެރޭގައި ހުރި ބިންތަކަށް ބޭނުންހާ ގޮތެއް ނުހެދޭނެ ކަމަށާ ސަރުކާރުގެ ކުރުމަތީ ކުޑކަކޫ ނުޖަހާނެ ކަމަށް މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ކައުންސިލުން ހިންގާ މަޝްރޫއުތައް ހިންގުމަށް ސަރުކާރުގެ އެއްބާރުލުނ ނުލިބޭ ކަމަށާ ކައުންސިލަށް އެއްބާރުލުން ނުދޭ މުއައްސަސާތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ. ”ކައުންސިލްގެ މަސައްކަތައް ހުރަސްއަޅާ އިދާރާތައް ޖަވާބުދާރީ ކުރާނަން. […]
އޭސީސީގެ މެންބަރުން ވަކިކުރަން ނިންމައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފި އެވެ. އޭސީސީގެ މެންބަރުން ވަކިކުރަން ހުށަހެޅުއްވީ މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އެމްޑީޕީގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު އެވެ. ހަސަންގެ އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ބިލަތްދޫ ދާއިރާގެ މެންބަރުން އަހްމަދު ހަލީމް އެވެ. ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި ހަތް މެންބަރުންގެ އިއްތިފާގުން ވަނީ އެ ހުށަހެޅުން ފާސްކޮށްފައެވެ. އޭސީސީގެ […]
ޑރ. ނަޒީރާ މެދު އަމަލުކޮށްފައިވަނީ ތަފާތުކޮށް އެކަން އެގޮތަށް ނުކުރެވޭނެ: ޓްރައިބިއުނަލް

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުއްލާ ނަޒީރު އާއި މެދު ޖުޑީޝަލް ސަރވިސް ކޮމިޝަނު(ޖޭއެސްސީ)ން އަމަލުކޮށްފައިވަނީ ތަފާތުކޮށް ކަމަށާ އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލް އިން ނިންމައިފިއެވެ. ޓްރައިބިއުނަލުން އެގޮތަށް ނިންމީ ޖޭއެސްސީގެ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހުތަކާއިއެކު ޑރ. ނަޒީރުގެ މަގާމު ގެއްލުމުން އޭނާއަށް ރިޑަންޑަންސީގެ އިނާޔަތްތައް ކަނޑައެޅުމުގައި އަމަލު ކުރި ގޮތާމެދު ހިތްހަމަ ނުޖެހިގެން ނަޒީރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެއް ބެލުމަށްފަހު […]
ސިފައިންގެ މީހާ ރަހީނުކުރި މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި

މާލޭގެ މަގުމަތިން ސިފައިންގެ މީހަކު ރަހީނުކުރި މައްސާލަ އާއި ގުޅިގެނ ްތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މިދިޔަ މަހުގައި ސިފައިންގެ މީހަކު ރަހީނުކުރި މައްސަލައާއި ގުޅިގެން ތިން ދިވެހިން ހައްޔަރުކޮށްފައިވާކަމަށެވެ. ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި، 29 އަހަރުގެ މީހެއް ކަމަށެވެ. މަގުމަތިން ދަނިކޮށް ހިފަހައްޓައި ބޮޑެތި އަނިޔާތަކެއް ދީފައިވަނީ ކޯސްޓްގާޑުގައި މަސައްކަތްކުރާ އުމުރުން 37 އަހަރުގެ ސާޖަންޓް ހަސަން ފަހީމްކަމަށެވެ. […]
މާލެސިޓީގެ ސުކޫލެއްގައި އަނެއްކާވެސް ޖިންސީ ގޯނާގެ މައްސަލައެއް

އަނެއްކާވެސް މާލޭގެ ސްކޫލެއްގައި ކުއްޖަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ. ފުލުހުން ބުނީ މާލޭ ސްކޫލެއްގައި ކުއްޖަކަށް ބުލީކޮށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް މިއަދު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޖިންސީ ފުރައްސާރައިގެ ޝިކާރައަށްވި ކުއްޖާއަށް ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާދެމުންދެމުންނެވެ. ސްކޫލް މާހައުލުގައި ހިނގާ ޖިންސީ ގޯނާގެ މައްސަލަތައް ފެންމަތިވާމިންވަރު ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.