ސިފައިންގެ މީހާ ރަހީނުކުރި މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

 

މާލޭގެ މަގުމަތިން ސިފައިންގެ މީހަކު ރަހީނުކުރި މައްސާލަ އާއި ގުޅިގެނ ްތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިދިޔަ މަހުގައި ސިފައިންގެ މީހަކު ރަހީނުކުރި މައްސަލައާއި ގުޅިގެން ތިން ދިވެހިން ހައްޔަރުކޮށްފައިވާކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި، 29 އަހަރުގެ މީހެއް ކަމަށެވެ.

މަގުމަތިން ދަނިކޮށް ހިފަހައްޓައި ބޮޑެތި އަނިޔާތަކެއް ދީފައިވަނީ ކޯސްޓްގާޑުގައި މަސައްކަތްކުރާ އުމުރުން 37 އަހަރުގެ ސާޖަންޓް ހަސަން ފަހީމްކަމަށެވެ. އޭނާ ރަހީނުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

އާއިލާއިން ބުނީ ފަހީމަށް ހަމާލާދިނީ ފައިސާ ހޯދުމަށް ކަމަށާ އަދި އޭނާ އަށް ފުރަތަމަ ހަމަލާދީފައިވަނީ މާފަންނު އޭސް ހާޑްވެއާ ކައިރީގައި އޮންނަ ހަނި ގޯޅިން ހިނގާފައި ދަނިކޮށް ކަމަށެވެ.

އަދި ފައިސާ ހޯދަން ކުރިމަސައްކަތް ކާމިޔާބު ނުވުމުން ވަރަށްބޮޑަށް އަނިޔާކުރުމަށްފަހު އެމީހުން ވަނީ އޭނާ އައިޖީއެމްއެޗް ކައިރިއަށް އޭނާ ގެންގޮސް މަގުމައްޗަށް ވައްޓާލާފައިކަމަށް ވެސް އާއިލާއިން ބުނފައިވެއެވެ.

ފަހީމް ރަހީނުކށް ވިލިމާލޭ ގެސްޓްހައުސް އަކަށް ގެންގޮސްފައވާއިރު ބައެއް މީޑިއާރިޕޯޓްތައް ބުނާގޮތުން އޭނާ ވިލިމާލެ ގެސްޓް ހައުސް އަކަށް ގެންދިޔައީ އޭނާއާ ސީދާ ގުޅުމެއް ނެތް ނަމަވެސް އެ މީހަކާއި ފަހީމާ ދެމެދު ކޮންމެވެސް ކަހަލަ މުއާމަލާތްތަކެއް ކުރެވިގެން ބަޔަކު ރާވައިގެންނެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ވިލިމާލޭ ގެސްޓްހައުސްއެއް ބަލައި ފާސްކޮށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަމަށް ވެސް ފުލުހުން ބުނެއެވެ.

ފަހީމަށް ދިން އަނިޔާއާއި ގުޅޭގޮތުން އެމްއެންޑީއެފްން ބުނީ މި އަމަލަކީ ބަލައިގަނެވޭނެ އަމަލެއް ނޫންކަމަށާ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، ނުރައްކަލުގެ ތެރެއަށް ގެންދަން މަސައްކަތްކުރާ ފަރާތްތަކުން ކުރަމުންދާ އަމަލުތަކަކީ އެއްވެސް ފަރާތަކުން ޖާގަ ދެވިގެންވާނެ އަމަލުތަކެއް ނޫންކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް