އަނެއްކާވެސް މާލޭގެ ސްކޫލެއްގައި ކުއްޖަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނީ މާލޭ ސްކޫލެއްގައި ކުއްޖަކަށް ބުލީކޮށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް މިއަދު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖިންސީ ފުރައްސާރައިގެ ޝިކާރައަށްވި ކުއްޖާއަށް ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާދެމުންދެމުންނެވެ.
ސްކޫލް މާހައުލުގައި ހިނގާ ޖިންސީ ގޯނާގެ މައްސަލަތައް ފެންމަތިވާމިންވަރު ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.