ޑރ. ނަޒީރާ މެދު އަމަލުކޮށްފައިވަނީ ތަފާތުކޮށް އެކަން އެގޮތަށް ނުކުރެވޭނެ: ޓްރައިބިއުނަލް

Loading

Facebook
Twitter
WhatsApp

 

 

 

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުއްލާ ނަޒީރު އާއި މެދު  ޖުޑީޝަލް ސަރވިސް ކޮމިޝަނު(ޖޭއެސްސީ)ން އަމަލުކޮށްފައިވަނީ ތަފާތުކޮށް ކަމަށާ އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލް އިން ނިންމައިފިއެވެ.

ޓްރައިބިއުނަލުން އެގޮތަށް ނިންމީ ޖޭއެސްސީގެ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހުތަކާއިއެކު ޑރ. ނަޒީރުގެ މަގާމު ގެއްލުމުން އޭނާއަށް ރިޑަންޑަންސީގެ އިނާޔަތްތައް ކަނޑައެޅުމުގައި އަމަލު ކުރި ގޮތާމެދު ހިތްހަމަ ނުޖެހިގެން ނަޒީރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެއް ބެލުމަށްފަހު އެވެ.

ޓްރައިބިއުނަލުން ނިންމާފައިވަނީ ޑރ ނަޒީރު ހުންނެވި މަގާމު ގެއްލުނު އިރު ހިދުމަތުގެ މުއްދަތު ގުނާފައިވަނީ އެހެންޏާ އަމަލު ކުރާ ގޮތާ ތަފާތުކޮށް ކަމަށެވެ. އެގޮތުން ނަޒީރުގެ މަގާމު ގެއްލުމުން އޭނާއަށް ރިޑަންޑެންސީ އިނާޔަތްތައް ދިނުމުގައި ޖޭއެސްސީގެ ސިޓީއަކާ ހަވާލާދީ އަމަލުކޮށްފައިވަނީ މީގެކުރިން އަމަލު ކުރަމުން އައިސްފައިވާ ގޮތަށް ނޫން ކަމަށް ވެސް ވަޒީފާ އާއި ބެހޭ ޓްރައިބިނަލުގެ ނިންމުމުގައި ވެއެވެ.

 އަދި އެ ގޮތަށް އަމަލު ކުރުމަކީ މުވައްޒަފުންގެ މެދުގައި ތަފާތު ކުރުމެއް ކަމަށްވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ތިން މެންބަރުންގެ އިއްތިފާގުން ވަނީ ކަނޑައަޅާފައެވެ.

ޓްރައިބިއުނަލްގެ ނިންމުން ޖޭއެސްސީން މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފައެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ޑރ. ނަޒީރު އައްޔަންކޮށްފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 28ގައެވެ.  

 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް