އައީޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް އައްޑޫއާއި ފުވައްމުލަކުގައި ފަށައިފި

އައިޑީ ކާޑު ޕްރިންޓްކުރުމާއި ދޫކުރުމުގެ ޚިދުމަތް ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގައި ފަށައިފިއެވެ. އައްޑޫ ސިޓީގައި ދެ ސަރަހައްދަކުން މި ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ހިތަދުއާއި ހުޅުދޫންނެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް)އިން ބުނީ މިހާރު 23ށްވުރެ ގިނަ ރަށުގައި މި ޚިދުމަތް ދެމުންދާކަމަށާއި، އަމާޒަކީ މިއަހަރު ނިމޭއިރު ހުރިހާ އަތޮޅަކުން މި ޚިދުމަތް ލިބޭނެގޮތް ހެދުންކަމަށެވެ. ރާއްޖޭން ބޭރުން، މެލޭޝިއާގައި މިހާރު އައިޑީ ކާޑުގެ ޚިދުމަތް ދެމުންދާއިރު، ދިވެހިން އާންމުކޮށް ގޮސްއުޅޭ […]
ގެސްޓްހައުސްއެއްގައި ނިޔާވެފައި އޮތް ދިވެއްސަކު ފެނިއްޖެ

މާލޭގެ ގެސްޓްހައުސްއެއްގައި ނިޔާވެފައި އޮތް ދިވެހި ފިރިހެނަކު ފެނިއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 2.15ހާއިރު ކަމަށެވެ. ނިޔާވެފައި އޮއްވައި ފެނިފައިވަނީ ނ.ވެލިދޫ ފެހިވިލާގޭ އުމުރުން 32 އަހަރުގެ އިބްރާހީމް ޝިފާދު ކަމަށާއި، މި މައްސަލަ މިހާރު ތަޙުޤީޤުކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.
މާލޭން މީހަކު ގެއްލިގެން ހޯދަނީ

މާލޭން މީހަކު ގެއްލިގެން ރިޕޯޓްކޮށްފައިވާކަމަށާއި، އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ، ގެއްލިގެން ހޯދަމުންދަނީ ފުވައްމުލައް ސިޓީ، ހޯދަޑު / ބޯގަންވިލާ، ސާމީ ޢަބްދުލްޙަމީދު (34އ) ކަމަށެވެ. ޖޫން 25ވަނަ ދުވަހުން ފެށިގެން އޭނާގެ ޚަބަރެއް ނުވެގެން، ޢާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ޖުލައި 2ވަނަ ދުވަހު ކަމަށާއި، އެ ވަގުތުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަންފަށާފައިވާކަމަށް ފުލުހުން ބުނެއެވެ. އޭނާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ، ގަލޮޅު ޕޮލިސް ސްޓޭޝަން […]
ގައިންގަޔަށްއަރާ ބަލިތަކާމެދު ސަމާލުވުން

ގައިންގަޔަށްއަރާ ބަލިތައް ރާއްޖޭގައި ދަނީ ވަރަށް ބޮޑަށް އާންމުވަމުންނެވެ. ރޯގާއަކީ މާލޭ ސަރަހައްދުގައި، ޚާއްޞަކޮށް މާލޭގައި ނުފިލައި އޮންނަ އެއްޗެކެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، ރޯގާއަކީ މާލޭ ސަރަހައްދުގެ އާންމު ހާލަތެވެ. ހުޅަނގުމޫސުމުގެ ރޯގާއެވެ. އިރުވައިމޫސުމުގެ ރޯގާއެވެ. ދެ މޫސުން ބައްދަލުވާ ދުވަސްވަރު ފެތުރޭ ރޯގާތަކެވެ. މި ރިޕޯޓުގައި މި ބަލައިލަނީ މިފަދަ ބައެއް ބަލިތަކާއި، އެ ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާއި، ފަރުވާ ހޯދުމުގައި ސަމާލުވަންވީ ބައެއް ކަންކަމުގެ މައްޗަށެވެ. އަރިދަފުސް ރޯގާ:މި ރޯގާގައި ސަމާލުވާންވީ […]
ފުވައްމުލައް ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް

ރޭގެ ވަގުތެއްގައި ފުވައްމުލައް ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓުގެ ވީޑިއޯ ހިއްސާކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު، އަޙުމަދު ނިހާން ޙުސައިން މަނިކުގެ ފޭސްބުކް އެކައުންޓުގައެވެ. ވީޑިއޯގައި ފެންނަނީ މީހަކު މަގުގެ އެއްފަރާތުގައި ޕާކުކޮށްފައިހުރި ސައިކަލުތަކެއްގެ ކައިރީގައި ހުއްޓިގެން ހުއްޓައި، ދުއްވާފައި އަންނަ ކާރެއް އައިސް ސައިކަލުތަކުގައި ޖެހުމާއެކު އެ މީހާ ވިއްސައިގެންގޮސް ވެއްޓޭ މަންޒަރެވެ. އެ މީހާ ވެއްޓިފައި ތެދުވިއިރު ފަޔަށް އަނިޔާވެ، ރަނގަޅަށް ފައިނޭޅިގެން އުޅޭ މަންޒަރު ވީޑިއޯއިން ފެނެއެވެ. […]
އައްޑޫ ސިޓީގައި މަގުހުރަސްކުރި ދުވަސްވީ މީހެއްގެ ގައިގައި ސައިކަލަކުން ޖެހިއްޖެ

އައްޑޫ ސިޓީ ހިތަދޫގައި މަގުހުރަސްކުރި އުމުރުން ދުވަސްވީ މީހެއްގެ ގައިގައި މިރޭ ސައިކަލަކުން ޖެހިއްޖެއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަގޮތުގައި، އުމުރުން ދުވަސްވީ ފިރިހެނަކު ކަފިހިހުރަސް މަތިން ހުރަސްކޮށްފައި މަގުގެ އަނެއް ފަޅިއާ އަރާ ހަމަވަނިކޮށް، ދުއްވާފައި އަންނަ ސައިކަލަކުން އެމީހާގެ ގައިގައި ޖެހެއެވެ. ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލުން ޖެހުމާއެކު މަގުހުރަސްކުރި މީހާއާއި ދުއްވަންއިން މީހާވެސް ވެއްޓެއެވެ. މި ހާދިސާގައި ދެ މީހުންނަށްވެސް ހޮސްޕިޓަލުން ފަރުވާދީފައިވާކަމަށާއި، ނަމަވެސް އެ މީހުންނަށް މާ ބޮޑު […]
އާންމު ބަލިތަކާބެހޭ ފުރަތަމަ ކްލިނިކް މި މަހު ހުޅުވާނެ

މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހުޅުވާ އާންމު ބަލިތަކާބެހޭ ފުރަތަމަ ކްލިނިކް މި މަހު ހުޅުވާނެކަމަށް، މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ، މިކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުންނެވެ. މާލެ ސިޓީގައި ޑޮކްޓަރަށް ދެއްކުމުގައި ކިޔޫ ދިގުވެގެން ދިމާވާ ދަތިތައް ހައްލުކޮށް، ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ މަގު ފަހިކުރުމަށް ކްލިނިކްތަކެއް ހުޅުވުމަށް ހަމަޖެހިފައިވެއެވެ. މި ގޮތުން ހުޅުވާ ފުރަތަމަ ކްލިނިކް ހުޅުވުމަށް […]
ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް 750 ޑޮލަރާ ހަމައަށް މުޢާމަލާތު ކުރެވޭނެ

ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް 750 ޑޮލަރާ ހަމައަށް މުޢާމަލާތުކުރެވޭނެ ކަމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ. ބީއެމްއެލުން ބުނީ، އެ ބޭންކުގެ ފޮރިން ލިމިޓް ޕޯޓަލުން މިކަމަށް ރަޖިސްޓްރީ ކުރެވޭނެކަމަށާއި، ލިމިޓް ހަމަޖައްސަން ބޭނުންވާ ރުފިޔާ ކާޑު ސިލެކްޓްކޮށްލުމުން މިކަން ހަމަޖެހޭނެ ކަމަށެވެ. އަދި، ދިރިއުޅޭ ޤައުމުގައި ހުންނަ ޕީއޯއެސް މެޝިންތަކުންނާއި އޭޓީއެމްތަކުން 750 ޑޮލަރާ ހަމައަށް މުޢާމަލާތުކުރެވޭނެ ކަމަށްވެސް ބޭންކް އޮފް މޯލްޑިވްސުން ބުނެއެވެ. އެ ބޭންކުން އިއްޔެ ނެރުނު އިޢުލާނުގައި ވާގޮތުން، […]
މައްޗަންގޮޅީ ގެއަކުން ވަގަށްނެގި ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި

މައްޗަންގޮޅީ ގެއަކުން އާދީއްތަ ދުވަހުގެ ރޭ ތިޖޫރީއެއް ވަގަށްނަގާފައިވާ މައްސަލައެއް ހުށަހަޅާފައިވާކަމަށާއި، އެއިން ވަގަށް ނަގާފައިވާ ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައި، އެ މީހާ ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ، މި މައްސަލައިގެ ތަޙުޤީޤުގައި ސީސީޓީވީ ފުޓޭޖު ބަލައި، އެ ތިޖޫރީ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ މީހާ މިއަދު 11.00ހާއިރު މާވެޔޮމަގުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު، ތިޖޫރީން އޭނާ ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ ފައިސާތަކާއި އޭގެ ތެރޭން ބައެއް ފައިސާއިން އޭނާ ގަނެފައިވާކަމަށް ބެލެވޭ […]
މަޖީދީމަގާއި ބޮޑުތަކުރުފާނުމަގުން ޖުމުލަ 420 އުޅަނދު ޓޯކޮށްފި

ގަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވކުރުމުގެ ސިޔާސަތުގެ ދަށުން، މަޖީދީމަގާއި ބޮޑުތަކުރުފާނުމަގުން މިހާތަނަށް ޖުމުލަ 420 އުޅަނދު ޓޯވކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ، މީގެތެރޭގައި ހިމެނެނީ މަޖީދީމަގުން ޓޯވކުރި ދެ ފުރޮޅުލީ 216 އުޅަނދާއި ހަތަރު ފުރޮޅުލީ 2 އުޅަނދާއި، އަދި ބޮޑުތަކުރުފާނުމަގުން ޓޯވކުރި ދެ ފުރޮޅުލީ 164 އުޅަނދާއި ހަތަރު ފުރޮޅުލީ 38 އުޅަނދު ކަމަށެވެ. އަދި މީގެތެރޭގައި، ތަކުރާރުކޮށް ޓޯވކޮށްފައިވާ ކާރަކާއި ސައިކަލެއް ހިމެނޭކަމަށް ފުލުހުން ބުނެއެވެ. މަޖީދީމަގާއި، […]