މާލޭގެ ގެއަކުން ވަގަށްނަގާފައިވާ ފަސްދޮޅަސް ހާހަށްވުރެ ގިނަ ރުފިޔާގެ މުދާ ފުލުހުން ހޯދައިފި

މައްޗަންގޮޅީ ގެއަކުން ވައްކަންކުރި މައްސަލައެއް ހުށަހެޅުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، އެ ގެއިން ވަގަށްނެގި ބައެއް ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ، ޖޫން 29 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހުށަހެޅި މި މައްސަލައާ ގުޅިގެން އެ ތަކެތި ހޯދުމަށް ކުރަމުންދިޔަ މަސައްކަތުން، އޭގެތެރޭން ބައެއް ތަކެތި ހޯދާފައިވަނީ ޖޫން 30 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ. މިހާތަނަށް ހޯދިފައިވާ ތަކެތީގެ ތެރޭގައި، އައިފޯނު، ލެޕްޓޮޕް، […]
މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަދޫން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. ކަމަދޫން ދިވެހި އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބ. ކަމަދޫ / ސުވާސާގެ، ޢަލީ ރިޔާޟު ޙަސަން (53އ) އާއި، ބ. ކަމަދޫ / ފެންފިޔާޒުގެ، އާމިނަތު ފަރީޝާ (42އ) ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ. ފުލުހުން ބުނީ، ޖުލައި 2ވަނަ ދުވަހު ކަމަދޫ ޕޮލިސް ޕޯސްޓުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަދޫ ގެއެއް ބަލައިފާސްކޮށްފައިވާކަމަށެވެ. މިގޮތުން، […]
ވެލާނާ އެއަރޕޯޓުގެ މައްސަލާގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާކަމަށް ޝައިޚް ޢިމްރާން ވިދާޅުވެއްޖެ

ބޭރުގެ ކުންފުންޏަކަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ކުއްޔަށްދިނުމާ ގުޅޭގޮތުން ގިނަ ބައެއްގެ ކަންބޮޑުވުން އެމަނިކުފާނާ ހިއްސާކުރަމުން ދާކަމަށް، ކުރީގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދިވެހިންގެ އަތުގައި އޮތް އެންމެ އަގުބޮޑު، އަދި އިސްތިރާޖީގޮތުން އެންމެ މުހިންމު އެސެޓް ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި މި ވަނީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބޭރުގެ ކުންފުންޏަކަށް 25 އަހަރަށް ކުއްޔަށްދޭން އުޅޭކަމުގެ އަޑުތައް ފެތުރިފައިވާ ދުވަސްވަރެއްގައެވެ. […]
”ޕްރެކްޓިސް ޕާލަމެންޓް ފޮރ ވިމެން“ ޕްރޮގްރާމް ފަށައިފި

ސިޔާސީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރުދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ހިންގާ ”ޕްރެކްޓިސް ޕާލަމެންޓް ފޮރ ވިމެން“ ފަށައިފިއެވެ. ޖުލައި މަހުގެ 5ވަނަ ދުވަހުން ފެށިގެން 12ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މި ކެންޕޭނަކީ ސަރުކާރާއި ޔޫއެންޑީޕީގެ އެހީގައި ކުރިއަށްގެންދާ ކެންޕޭނެއްކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެއެވެ. މި ޕްރޮގްރާމުގެ އަމާޒަކީ، ސިޔާސީ ހަރަކާތްތަކުގައި އަންހެނުން ބައިވެރިވުމަށް ހިތްވަރުދިނުމާއި، އެކަމުގައި އެހީތެރިކަންދީ، އަދި ސިޔާސީ މަގާމުތަކަށް އަންހެނުން ކުރިމަތިލުމަށް ބާރުއެޅުން ކަމަށް ރައްޔިތުންގެ މަޖިލީހުން މަޢުލޫމާތުދެއެވެ. މި ޕްރޮގްރާމުގައި […]
ޗައިނާގައި ދިވެހި ކަނޑުމަހުން ދަޅުމަސް އުފައްދައިފި

ރާއްޖޭން ޗައިނާއަށް އެކްސްޕޯޓްކުރާ ކަނޑުމަސް ބޭނުންކޮށްގެން ޗައިނާގެ ކުންފުންޏަކުން ދަޅުމަސް އުފައްދައިފިއެވެ. މިއީ އެ ކުންފުނިން އުފެއްދި ސާމްޕަލް ބެޗެކެވެ. މި ދަޅުތައް އުފައްދާފައިވަނީ ޗައިނާގެ ކުންފުންޏެއްކަމަށްވާ ވެއިހައި ކިޔުޒީ ބްލޫސީ ފުޑްސް ކޮންޕެނީ ލިމިޑެޓްއާއި ޖިންގް ވެއިޑާއޯ ބްރޭންޑް ގުޅިގެންނެވެ. ދިވެހި ސަރުކާރުން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަޟީލް ނަޖީބަށް ވަނީ އެ ކުންފުނީގެ ފަރާތުން މި ދަޅުމަސް ވެދުމަށްއަރުވާފައެވެ. މިއީ ރާއްޖެއާ ޗައިނާ ދެމެދު ވެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުން ތަޢާރަފުވެގެންދިޔަ […]
ހަނިމާދޫ އެއާޕޯޓު ބޭރުގެ ފަރާތަކަށް ވިއްކާލަން އުޅޭ ވާހަކައަކީ ދޮގެއް: ވަޒީރު

ހދ. ހަނިމާދޫ އެއާޕޯޓު ބޭރުގެ ފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށް ދެކެވެމުންދާ ވާހަކަ، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ދޮގުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި މިފަދަ މުޢާމަލާތެއް ކުރައްވާފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދައްކާފައިވެއެވެ. އެހެންނަމަވެސް އެއީ އެއްވެސް ޙަޤީޤަތެއް އޮތް ވާހަކައެއް ނޫން ކަމަށާއި، އެފަދަ އެއްވެސް މުޢާމަލާތެއް ހިނގާފައި ނުވާކަމަށް ވަޒީރު ވިދާޅުވިއެެވެ. ހަނިމާދޫ އެއާޕޯޓު ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރަނީ އިންޑިއާގެ ލައިން އޮފް […]
ބުޅާތައް ފެސިލިޓީއަށް ނުގެންދާތީ މާލެ ސިޓީގެ މޭޔަރު ކަންބޮޑުވުން ފާޅުކުރައްވައިފި

މާލެ ސިޓީގެ މަގުމަތީގައި އުޅޭ ބުޅާތައް ފެސިލިޓީއަށް ނުގެންދާތީ، މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. މަރުވެފައިވާ ބުޅަލެއްގެ ފޮޓޯއަކާއެކު ޢާޒިމްގެ ފޭސްބުކް ޕޭޖުގައި ކުރައްވާފައިވާ ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ، މަގުމަތީގައި މަރުވެފައި ހުންނަ ބުޅާތައްވެސް ނަގަންޖެހެނީ މާލެ ސިޓީ ކައުންސިލުން ކަމަށާއި، އެނިމަލް ވެލްފެއަރ މިނިސްޓްރީންއެ ޒިންމާ ނުނަގާ ކަމަށެވެ. ޢާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން ހަދައި ނިންމާފައިވާ ފެސިލިޓީއެއް ހުރިއިރު، ތަން ނިމުމާއެކު އެތަން އަތުލައި، އެނިމަލް ވެލްފެއަރ މިނިސްޓްރީގެ […]
ކިއުކަންބާ ކިރުގަރުދިޔަ

ބޭނުންވާ ތަކެތި:1 ކިއުކަންބާ1 ފިޔާ2 ތޮޅިމިރުސް3 ލޮނުމެދު1/2 އިންޗި ހުންނަހާ އިނގުރުކޮޅެއް1 ހިކަނދިފަތް6 އިންޗި ހުންނަހާ ރާނބާފަތްކޮޅެއް1/2 ޖޯޑު ކާށިކިރުލޮނުވަޅޯމަސް (ބޭނުންނަމަ) ތައްޔާރުކުރާނެ ގޮތް:ކިއުކަންބާގެ އޮށްތައް ނަގާފައި 1 އިންޗި ވަރުގެ ގޮޅިއަށް ކޮށާލާށެވެ. ބޭނުންނަމަ މަށާވެސް ލެވިފާނެއެވެ.ފިޔާ، ލޮނުމެދު ތުނިކޮށް ކޮށާލާށެވެ.މިރުސް ދެ ފަޅިއަށް ފަޅާލާފައި، އިނގުރުކޮޅު ތުނިކޮށް ކޮށާލާށެވެ.ކޮށާފައި ހުރި ސާމާނު، ހިކަނދިފަތް، ރާނބާފަތް، ލޮނު، ރީނދޫ، (ބޭނުންނަމަ މަސް) އަޅާފައި 1 ޖޯޑު ފެން އަޅައިގެން ކައްކާލާށެވެ.ކިއުކަންބާ މަޑުވުމުން ކާށިކިރުފޮދު އަޅާފައި އުނދުން […]
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ސްކޫލުގެ ނަމަކީ ޝަހީދު ޢަލީ ސްކޫލް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް އިމާރާތްކުރާ ސްކޫލުގެ ނަމަކީ ޝަހީދު ޢަލީ ސްކޫލް ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. މި ސްކޫލަކީ ހުޅުމާލޭ ސްކޫލްތަކުގައި ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް، ވީހާވެސް ގިނަ ދަރިވަރުންނަށް ގެއާ ކައިރި ސްކޫލަކުން ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އިމާރާތްކުރާ ސްކޫލެއްކަމަށް ތަޢުލީމާބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ. ތަޢުލީމާބެހޭ ވުޒާރާއިން މަޢުލޫމާތުދޭގޮތުގައި، މި ސްކޫލުގެ ނަން ނިސްބަތްވަނީ، މީލާދީން 1557ން 1558ށް ދިވެހިރާއްޖޭގެ ރަސްކަންކުރެއްވި އައްސުލްޠާން ޢަލީ (ހަވަނަ) […]
”ޒުވާނުންގެ މުޒާހަރާ“ގައި އިސްކޮށް އުޅުނު ދެ ޒުވާނުންގެ މައްޗަށް ދަޢުވާކޮށްފި

މާލޭގެ އިމާރާތަކުން ޙައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި އިންސާފު ހޯދަން ގޮވާލައި، ޒުވާނުންތަކެއް ކުރި މުޒާހަރާގައި އިސްކޮށް އުޅުނު ޢަބްދުﷲ މަޙްޒޫމް މާޖިދާއި ޢާއިޝަތު ޝިމަންގެ މައްޗަށް ދަޢުވާކޮށްފިއެވެ. މިދިޔަ އޭޕްރީލް މަހު ހިނގި މި ހާދިސާ ތަޙުޤީޤުކުރުމުގައި ފުލުހުންގެ އިހުމާލު އޮތްކަމަށް ބުނެ ކުރި މި މުޒާހަރާ ރޫޅާލައި، މި ދެ މީހުން އޭރު ހައްޔަރުކޮށް، މުއްދަތުވެސް ޖެހިއެވެ. ނަމަވެސް ފަހުން ވަނީ އެ މީހުން ދޫކޮށްލާފައެވެ. މި މައްސަލައާ ގުޅިގެން މަޙްޒޫމުގެ މައްޗަށް […]