ތ. ވިލުފުށީގައި ތެޔޮ އުފުލާ ދެ ދޯނީގައި ރޯވެ ދެ މީހުން ފިހިއްޖެ

ތ. ވިލުފުށީގައި ތެޔޮ އުފުލާ ދެ ދޯނީގައި އަލިފާން ރޯވެ، ދެ މީހުން ފިހިއްޖެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި، މި ހާދިސާގައި ރޯވެފައި ވަނީ އެ ރަށުގައި ތެލުގެ ވިޔަފާރިކުރާ އަމިއްލަ މީހެއްގެ ދެ ދޯނީގައެވެ. މި ހާދިސާގައި ދިވެއްސަކާއި ބިދޭސީއަކު ފިހުމާގުޅިގެން، ވިލުފުށީ ޞިއްޙީ މަރުކަޒުގައި އަންނަނީ ފަރުވާ ދެމުންނެވެ. ޚަބަރު ލިބިފައިވާގޮތުގައި ފިހުނު ދިވެހި މީހާއަކީ ދޯނީގެ ވެރިފަރާތެވެ. ބިދޭސީ މީހާއަކީ ދޯނީގައި މަސައްކަތްކުރާ މީހެކެވެ.

ބީއެމްއެލް މެދުވެރިކޮށް ބޭރުގެ ބައެއް ސައިޓްތަކުން ކުރާ ވިޔަފާރިތަކަށް %30ގެ ފީއެއް ނަގަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓް ކާޑު މެދުވެރިކޮށް ރާއްޖޭން ބޭރުގެ ބައެއް ސައިޓްތަކުން ކުރާ މުޢާމަލާތްތަކަށް 30 އިންސައްތައިގެ ފީއެއް ނަގާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ. އެ ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފީ ނެގުމަށް ހަމަޖެހިފައިވަނީ ވިޔަފާރީގެ ބޭނުމަށް ރާއްޖޭން ބޭރުން މުދާ ގެނައުމަށް ބައެއް ސައިޓްތަކުން ކުރާ ވިޔަފާރިން ކަމަށެވެ. އެގޮތުން ފީ ނެގުމަށް ހަމަޖެހިފައިވަނީ؛ ޓީމޫ، ޝީއިން، އަލީ ބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭން […]

އައިޖީއެމްއެޗުގައި ފަރުވާދިން ތުއްތު ކުއްޖަކު ނިޔާވި މައްސަލައިގައި އެ ހޮސްޕިޓަލުން ބަޔާނެއް ނެރެފި

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ފަރުވާދިން 8 މަހުގެ ކުއްޖަކު ނިޔާވުމާ ގުޅިގެން އެ ހޮސްޕިޓަލުން ބަޔާނެއް ނެރެފިއެވެ. އެ ހޮސްޕިޓަލުން ބަޔާނެއް ނެރެފައި މި ވަނީ، އެ ކުއްޖާއަށް ފަރުވާދިނުމުގައި އައިޖީއެމްއެޗުން އިހުމާލުވެފައިވާކަމަށް ތުހުމަތުކޮށް، ޢާއިލާއިން ސޯޝަލްމީޑިއާގައި ކޮށްފައިވާ ޕޯސްޓަކާ ގުޅިގެންނެވެ. މި މައްސަލާގައި ޢާއިލާގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަން: މިކަމާ ގުޅިގެން އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޞިއްޙީ ފަރުވާ ދިނުމާގުޅޭގޮތުން ހުށަހެޅޭ ކޮންމެ ޝަކުވާއެއްވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށެވެ. އެގޮތުން، […]

އައްޑޫ ސިޓީ ހަންކެޑެ ހަލާލު ފަތުރުވެރިކަން ތަރައްޤީކުރާ ރަށެއްގޮތުގައި

އައްޑޫ ސިޓީ، ހަންކެޑެއަކީ ހަލާލު ފަތުރުވެރިކަން ތަރައްޤީކުރާ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ހަލާލު ފަތުރުވެރިކަން ތަރައްޤީކުރާ ރަށެއްގެ ގޮތުގައި ހަންކެޑެ ކަނޑައަޅުއްވާފައި މި ވަނީ، ފަތުރުވެރިކަން ތަރައްޤީވެފައިނުވާ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރެއްވުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުންނެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ބުނީ، ރައީސްގެ މި ނިންމެވުމާ ގުޅިގެން، މި މަޝްރޫޢު ތަންފީޒުކުރުމުގެ ގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމުގެ މަސައްކަތް އެ ވުޒާރާއިން ކުރަމުންދާކަމަށެވެ. ހަލާލު ފަތުރުވެރިކަމަކީ ޚާއްޞަކޮށް މުސްލިމު […]

ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އޮންނަ އުސޫލަކީ ކޮންމެ ޢާއިލާއަކަށް އެއް ތަން ދިނުން: ވަޒީރު

ދިވެހި ދައުލަތުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އޮންނަ އުސޫލަކީ ކޮންމެ ޢާއިލާއަކަށް އެއް ތަން ދިނުން ކަމަށް، އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ”އަހާށޭ ބުނާނަން“ ޕްރޮގްރާމުގައި ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިގޮތުން ބަލާއިރު، އުސޫލުގެ ތެރޭގައި ސީދާ ލިޔެފައި ނެތްނަމަވެސް ގެދޮރުވެރިކަމާބެހޭ އެއްވެސް ސްކީމަކުން ދެމަފިރިންނަށް ވަކިވަކިން ބޯހިޔާވަހިކަން ފޯރުކޮށްނުދޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ އެފަދައިން ބޯހިޔާވަހިކަން ނެތް މީހާއަށް ސަރުކާރުން ހިންގާ […]

އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފި

ޖޫން މަހުގެ 23 ވަނަ ދުވަހުގެ ހަވީރު ހުޅުމާލޭ ރީތިގަސް މަގާއި ކަށިމާ ހިނގުން ގުޅޭ ހިސާބުގައި ދެ ސައިކަލާއި ކާރެއް ޖެހި އެކްސިޑެންޓުވުމުން މަޑުނުކޮށް މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މ. މަޑުއްވަރި / ކޮކްނަޓްވިލާ، އާދަމް ޖަނާން މުޙައްމަދު (26އ) ކަމަށާއި، މިއީ އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވަން އިން މީހާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓުގައި ހިމެނޭ އަނެއް ސައިކަލު ދުއްވަންއިން 38 އަހަރުގެ […]

މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް އުދައެރުން އެކަށީގެންވޭ: މޫސުމާބެހޭ އިދާރާ

މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް އުދައަރާނެކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ މިއަދުގެ 14.00ން 17.30ގެ ނިޔަލަށެވެ. މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، އުދަ އަރަމުންދާ ދުވަސްވަރެކެވެ. މިގޮތުން، އިއްޔެގެ 13.30ން 17.00ށް ވެސް އުދަ އަރާނެކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހުދު ސަމާލު ނެރެފައެވެ.

އުދައަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ އެކި ހިސާބުތަކަށް އުދައަރާނެކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ މިއަދުގެ 13.30ން 17.00ގެ ނިޔަލަށެވެ. މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވުމާއެކު އުދައަރަމުންދާ ދުވަސްވަރެކެވެ. މިގޮތުން، އެ އިދާރާއިން ވަނީ ހއ އަތޮޅުން ފެށިގެން އދ އަތޮޅާ ހަމައަށް، މިއަދުގެ 10.45ން 16.30އާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. އެ ވަގުތުގެ ތެރޭގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު […]

އުދަ އަރާނެކަމަށް ލަފާކޮށްފައިވާތީ ސައިކަލުގައި ބުރިޖުން ދަތުރުނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

އުދައަރާނެ ކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވާތީ، އެ ވަގުތުގެ ތެރޭގައި ބުރިޖާއި ހައިވޭގައި ދަތުރުކުރުމަށް ހަތަރުފުރޮޅުލީ އުޅަނދު ބޭނުންކުރުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ. މިއަދުގެ 13.30ން 17.00އާ ހަމައަށް މުޅި ރާއްޖެއަށް އުދައަރާނެކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހުދު ސަމާލު ނެރެފައެވެ. މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވެ، ބައެއް ރަށްރަށަށް ދަނީ އުދައަރަމުންދާ ދުވަސްވަރެކެވެ.

ކަރަންޓުގެ މައްސަލައަކާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުގެ އޯޕީޑީ ޚިދުމަތް ހުއްޓާލުމަށްފަހު އަލުން ފަށައިފި

ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލޭ ހޮސްޕިޓަލަށް ދިމާވި ކަރަންޓު ކެނޑުމުގެ މައްސަލައަކާ ގުޅިގެން އެ ހޮސްޕިޓަލުގެ ޖެނެރަލް އޯޕީޑީގެ ޚިދުމަތް މެދުކަނޑާލުމަށްފަހު އަލުން ޚިދުމަތް ދޭންފަށައިފިއެވެ. ކަރަންޓު ކެނޑުމާ ގުޅިގެން އެ ހޮސްޕިޓަލުގެ އޯޕީޑީ ޚިދުމަތް ހުއްޓާލައި، ޚިދުމަތްދެމުން ގެންދިޔައީ ހިޔާ ފުލެޓު 16ގައި ހުންނަ ހިޔާ ކްލިނިކުންނެވެ. ހުޅުމާލޭ ހޮސްޕިޓަލުން މަޢުލޫމާތު ދިންގޮތުގައި، ކަރަންޓު ކެނޑުމަށް ދިމާވެފައިވަނީ ހޮސްޕިޓަލުގެ މައި ކަރަންޓު ވިއުގައަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. މައްސަލަ ހައްލުކުރެވި، އަލުން ޚިދުމަތް ފެށިފައި […]