އައިޖީއެމްއެޗްގެ އޯޕީޑީ ސަރަހައްދު ވަގުތީގޮތުން ބަންދުކުރަނީ

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އޯޕީޑީ ސަރަހައްދު، މިރޭ 9.00ން ފެށިގެން ހޮނިހިރު ވިލޭރޭގެ ދަންވަރު 3.00އާ ހަމައަށް ބަންދުކުރުމަށް ނިންމާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. އެ ހޮސްޕިޓަލުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، އެ ސަރަހައްދު ބަންދުކުރަނީ އޯޕީޑީ ވޯކްވޭގެ މަރާމާތުގެ މަސައްކަތެއް ކުރުމަށް ކަމަށެވެ. އެ ސަރަހައްދު ބަންދުކޮށްފައި ހުންނަ ދުވަސްތަކުގައި އޯޕީޑީއަށް ވަނުމަށް ބޭނުންކުރެވޭނީ އިމަޖެންސީ ގޭޓާއި ކެންޓީނަށް ވަންނަ ދިމާގެ ގޭޓު ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި ޑަޔަލިސިސް ސެންޓަރަށް […]
މިނިވަން ދުވަހާ ގުޅިގެން މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތުތަކެއް

މިނިވަން ދުވަސް ފާހަގަކުރުމަށް މާލޭ ސަރަހައްދުގައި ގިނަ ހަރަކާތްތަކެއް ބާއްވަން ނިންމާފައި ވުމާއެކު، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތުތަކެއް، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ. އެ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، 60ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށްޓަކައި ހުކުރު، ހޮނިހިރު، އަދި އާދިއްތަ ދުވަހު މާލޭ ސަރަހައްދުގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ. އެހެންކަމާއެކު، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމުގެ އިތުރުން، […]
ޕޯސްޓްމޯޓަމަށްފަހު ޢަބްދުއްރަޙުމާނުގެ ހަށިގަނޑު މާލެ ގެނެސް ވަޅުލައިފި

އއ. މާޅޮހުގައި ހަމަލަދީ އަނިޔާވެރި ގޮތަކަށް މަރާލި ޢަބްދުއްރަޙްމާނު އާދަމްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު އަނބުރައި ރާއްޖެ ގެނެސް، ވަޅުލައިފިއެވެ. ޢަބްދުއްރަޙްމާނުގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ މިއަދުގެ މެންދުރު ނަމާދަށްފަހު، މަސްޖިދުއްތަޢާވުން (އާސަހަރާ މިސްކިތް)ގައެވެ. ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އޭނާގެ ހަށިގަނޑު އިންޑިއާގެ ޓްރިވެންޑްރަމަށް ގެންދިޔައީ މިދިޔަ ހޯމަ ދުވަހުއެވެ. ޖުލައި މަހުގެ 13 ވިލޭރޭ ޢަބްދުއްރަޙުމާނަށް ބޮޑެތި ޒަޚަމުތަކެއް ދީފައި އޮއްވާ ފެނުނީ މާޅޮހުގައި އޭނާ ދިރިއުޅެމުންދިޔަ މާހިޔާގޭގައި ނިދާފައި އޮއްވައެވެ. އޭނާގެ އަނބިމީހާ، ނާޡިމާ އިބްރާހީމާ […]
7000 ރުފިޔާގެ ލޭ ޕެކެޓު

މިއީ ދާދި ފަހުން ދިމާވި ހާދިސާއެކެވެ. ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވާ ބަލި މީހަކަށް އޯ ޕޮޒިޓިވް ލޭ ހޯދުމަށް އެދި ސޯޝަލްމީޑިއާގައި ޕޯސްޓެއް ޖެހިއެވެ. ޕޯސްޓުގައި ބުނެފައިވާގޮތުގައި، ބަލިމީހާއަކީ ދެ ކިޑްނީ ފޭލުވެފައިވާ މީހެކެވެ. ހުޅުމާލޭ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވާ މި މީހާއަށް ޖުމުލަ 4 ޑޯނަރުން ބޭނުންވާ ކަމަށްވެސް ޕޯސްޓުގައި ވެއެވެ. މި ޕޯސްޓު ޖެހުމާއެކު އެ މީހުންނަށް މީހަކު ކުރި މެސެޖުތަކެއް ކަމަށް ބުނާ ސްކްރީންޝޮޓުތަކެއް، ފަހުން ކުރި ޕޯސްޓެއްގައި ހިމަނާފައި ހުއްޓެވެ. މެސެޖުކުރި މީހާ 1 […]
ސަހަރާ ކައިރިން ފެނުނު ޖިންނި

އެއީ 2018ވަނަ އަހަރެވެ. އޭރު އަދި ސިނަމާލެ ބުރިޖެއް ނުހުޅުވައެވެ. އެހެންވެ ހުޅުމާލެތެރެ ފެންނަނީ އަބަދުވެސް ވަރަށް ހަމަހިމޭންކޮށެވެ. ރޭގަނޑު އެގާރައިގެ ފަހުން މީހުން ވަރަށް ނުކުމެ އުޅޭތީ ނުފެންނާނެއެވެ. ޚާއްޞަކޮށް ސެންޓްރަލް ޕާކު ސަރަހައްދާއި ސަހަރާ ހުންނަ ހިސާބަށް މީހުން ވަރަށް ގޮސް ނޫޅޭނެއެވެ. އަހަރެންނާއި އަހަރެންގެ އެކުވެރިޔާ ދިޔައީ ސައިކަލު ދުއްވަން ދަސްކުރާށެވެ. ދުއްވާ އެއްޗެއް އެންމެ ނޫޅޭނެހެން ހީވާ ސަރަހައްދުތަކުގައި އަހަރެމެން ދުއްވަމުންދިޔައިމެވެ. އެކި މަޖާ ވާހަކަތައް ދައްކަމުން ހެމުންނެވެ. އަހަރެންގެ ނުފަރިތަކަމަށް […]
މިލަދޫގައި އަޅާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ފަށައިފި

ނ. މިލަދޫގައި އަޅާ، ފުލުހުންގެ މަރުކަޒުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ފަށާފައިވަނީ، ނ. މިލަދޫގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާނެވެ. ބިންގާ އަޅުއްވައިދެއްވުމަށްފަހު ވަޒީރު ވަނީ އެ ތަނުގެ މަސައްކަތް ފައްޓަވައިދެއްވާފައެވެ. މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނާއި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ނަޖާޙާއި މިލަދޫ ކައުންސިލްގެ ރައީސް ވެސް ބައިވެރިވެވަޑައިގަތެވެ. ނ. […]
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބޮޑު ސަރަހައްދަކަށް ކަރަންޓު ލިބިއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ގިނަ ފުލެޓުތަކަކުން ކަރަންޓު ކެނޑުމަށްފަހު، މިހާރު ބޮޑު ސަރަހައްދަކަށް ކަރަންޓު ލިބިއްޖެއެވެ. ސްޓެލްކޯއިން ބުނީ، ކަރަންޓު ކެނޑިފައިވަނީ ޑިސްޓްރިބިއުޝަން ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. ކަރަންޓު ކެނޑިފައިވަނީ ހިޔާ ފުލެޓު، އެމްއޭސީއެލް، ސްޓެލްކޯ، އެސްޓީއޯ އަދި އެމްޑަބްލިޔުއެސްސީގެ ފްލެޓްތަކުންނެވެ. މީގެތެރޭން އެސްޓީއޯ ފުލެޓުތައް ފިޔަވައި އެހެން ހުރިހާ ފުލެޓުުތަކަކަށް ކަރަންޓު ދެވިފައިވާކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ. އާދަޔާ ޚިލާފަށް ކަރަންޓު ކެނޑުމުގެ މައްސަލަތަކެއް ފަހަކަށް އައިސް ދިމާވަމުންދާއިރު، މިދިޔަ ޖޫން 1ވަނަ ދުވަހު […]
އެންސްޕާއިން ބޭސްކުރާ މީހުންނަށް 2000 ޑޮލަރު، އަދި އަމިއްލަ ޚަރަދުގައި ބޭސްކުރާ މީހުންނަށް 1000 ޑޮލަރު

ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ދާ މީހުންގެ ތެރޭން، އެންސްޕާ މެދުވެރިކޮށް ބޭސްފަރުވާއަށް ދާ މީހުންނަށް، އަންނަ އޯގަސްޓު 1ވަނަ ދުވަހުން ފެށިގެން 2000 ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސަވާފައި ވާނެކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނުގެ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އާސަންދަ މެދުވެރިކޮށް ބޭސްފަރުވާއަށް ދާ މީހުންނަށް ބެންކު މެދުވެރިކޮށް މިހާރުވެސް 2000 ޑޮލަރު ލިބޭ ފަދައިން، އެންސްޕާ މެދުވެރިކޮށް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދާ މީހުންނަށް 2000 ޑޮލަރު ހަމަޖެއްސުމަށް […]
ފުލެޓު އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި

ގެދޮރުވެރިޔާ ސްކީމުގެ 4،000 ފުލެޓު ލިބޭ މީހުންނާއެކު، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން މިއަދު އެއްބަސްވުމުގައި ސޮއިކުރަން ފަށައިފިއެވެ. ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި، ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9:00ން 4:00ށް ސޮއިކުރުން ކުރިއަށްދާނެ ކަމަށް އެފްޑީސީން ބުނެއެވެ. ފުލެޓު ލިބޭ މީހުންގެ މަޢުލޫމާތު ހިމެނޭ ލިސްޓު ހައުސިންގ މިނިސްޓްރީން ދަނީ އެފްޑީސީއަށް އަންގަމުން ކަމަށާއި، އަދި އެކަން ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް އެ މީހަކަށް އަންގާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އޭގެ […]
ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ޢަބްދުއްރަޙްމާނުގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސްފި

އއ. މާޅޮހުގައި ދާދިފަހުން އަނިޔާވެރި ގޮތަކަށް ހަމަލަދީ މަރާލި ޢަބްދުއްރަޙްމާނު އާދަމްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މިއަދު އިންޑިއާގެ ޓްރިވެންޑްރަމަށް ގެންގޮސްފިއެވެ. ޖުލައި މަހުގެ 13 ވިލޭރޭ ޢަބްދުއްރަޙުމާނަށް ބޮޑެތި ޒަޚަމުތަކެއް ދީފައި އޮއްވާ ފެނުނީ މާޅޮހުގައި އޭނާ ދިރިއުޅެމުންދިޔަ މާހިޔާގޭގައި ނިދާފައި އޮއްވައެވެ. އޭނާގެ އަނބިމީހާ، ނާޡިމާ އިބްރާހީމާ ހަވާލާދީ އޭރު ބުނެފައިވަނީ، އޭނާ އެރޭ ނިދީ އެ ގޭގެ އެހެން ކޮޓަރިއެއްގައި ކަމަށާއި، އަދި ފާޚާނާއަކަށް ދާންވެގެން ހޭލެވުނުއިރު އޭނާއަށް ޢަބްދުއްރަޙުމާނު ފެނުނީ ”މަރަށް […]