ތިލަފުށްޓަށް ދަތުުރުކުރަނިކޮށް ފަރަށް އެރި ދޯންޏަކަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

ހއ. މަނަފަރު ރިޒޯޓުން ކުނި ބަރުކޮށްގެން ކ. ތިލަފުށްޓަށް ދަތުުރުކުރަނިކޮށް ފަރަށް އެރި ”ގުރުވަ 1“ ނަމަކަށްކިޔާ ދޯނީގައި ތިބި ފަޅުވެރިންނަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެމްއެންޑީއެފުން ބުނީ، ދިވެއްސަކާއި ދެ ބިދޭސީން ދަތުރުކުރި މި ދޯނި، ނ. ކުޑަރަށް ކައިރިން ފަރަށް އެރިކަމުގެ މަޢުލޫމާތު ލިބިފައިވަނީ އޮގަސްޓު މަހުގެ 1ވަނަ ދުވަހުގެ 11.30 ވަނިކޮށް ކަމަށެވެ. އެއާއެކު، ކޯސްޓްގާޑުން ވަނީ އެ ސަރަހައްދަށް ދަތުރުކޮށް، ދޯނިން ދަތުރުކުރި ތިން ފަޅުވެރިން ސަލާމަތްކޮށްފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ […]
އެމްޑީޕީ ހަރުގެއަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފި

އިސްކަންދަރު ސްކޫލް ކައިރީގައި ހުންނަ އެމްޑީޕީ ހަރުގެއަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، މ. ސްޓާރ، މުޙައްމަދު ރަޒީން (49އ) އެވެ. ފުލުހުން ބުނީ، ޗާނދަނީމަގުގައި ހުންނަ އެމްޑީޕީ ހަރުގޭގެ ދޮރަށް ގެއްލުން ދިން މައްސަލަ ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 1:30 ހާއިރު ކަމަށެވެ. އެކި މައްސަލަތަކުގައި މީގެ ކުރިންވެސް އޭނާ ހައްޔަރުކޮށްފައި ވާއިރު، އެންމެ ފަހުން އޭނާ ހައްޔަރުކޮށްފައިވަނީ މާލޭގެ ކެފޭއެއްގެ ބިއްލޫރިގަނޑު ތަޅައިލި މައްސަލައެއްގައެވެ. އަދި އައިޖީއެމްއެޗްގައި، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި […]
މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މިއަދުގެ އެކި ވަގުތުތަކުގައި މާލެއާއި ހުޅުމާލޭގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑިދާނެކަމަށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ބުނެފިއެވެ. ސްޓެލްކޯއިން ބުނީ، މިއަދު މާލެއާއި ހުޅުމާލޭގެ ކަނޑައެޅިފައިވާ ސަރަހައްދުތަކެއްގައި ކަރަންޓު ވިއުގައިގެ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާތީ، އެ ސަރަހައްދުތަކުން ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށެވެ. ކަރަންޓު ވިއުގައިގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ: ސްޓެލްކޯއިން ބުނެފައިވާގޮތުގައި، ކަރަންޓުގެ ޚިދުމަތް އެ ސަރަހައްދުތަކުން މެދުކެނޑޭނީ ބަޔާންކޮށްފައިވާ ވަގުތުގެ ތެރޭގައި، ކުޑަ ވަގުތުކޮޅަކަށެވެ.
ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން ޖެހޭކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަވަހާރަކޮށްލަން ޖެހޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށި، މަލަސް، މަސީޙު މޫސާއެވެ. އޭނާ ހައްޔަރުކޮށް، އޭނާގެ ފޯނުވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މަސީޙު މޫސާ ކުރި މި ޕޯސްޓަކީ، މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ކަނޑައެޅުމާގުޅޭ ދިރާސާއެއް ކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް ރައީސް މުޢިއްޒު އެންގެވުމާ ގުޅިގެން […]
ހައިކޯޓުގެ ފަނޑިޔާރުކަމަށް މުޙައްމަދު ޝަހީދާއި ޢަބްދުﷲ ޖަމީލު އައްޔަންކުރަނީ

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް މުޙައްމަދު ޝަހީދާއި ޢަބްދުﷲ ޖަމީލު އައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނީ، އެ ދެ ބޭފުޅުން އައްޔަންކުރުމަށް ނިންމާފައިވަނީ، ހައިކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން އެކަމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު ކަމަށެވެ. މި ދެ ބޭފުޅުންގެ ތެރޭން މުޙައްމަދު ޝަހީދު ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނަރސް ހާސިލްކުރައްވާފައެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ […]
މަރުގެ އަދަބު ހިމެނޭހެން، މަސްތުވާތަކެތީގެ މައްސަލަތަކުގައި ބޮޑެތި އަދަބުތަކެއް ކަނޑައެޅުމާގުޅޭ ދިރާސާއެއް ކުރަނީ

މަސްތުވާތަކެތީގެ މައްސަލަތަކުގައި، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތަކެއް ކަނޑައެޅުމާގުޅޭ ދިރާސާއެއް ހެދުމަށް، ކަމާބެހޭ ވުޒާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމަޢު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި އެ ތަކެތި އެތެރެކުރާ މީހުންނަށް ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގައިވެސް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައަޅާފައި […]
މިހާރު ކުރިއަށްދަނީ ސިވިލް ސަރވަންޓުންގެ މުސާރަ ބޮޑުކުރުމާ ބެހޭ ފަންނީ މަސައްކަތް: ޕޭ ކޮމިޝަން

މިހާރު ކުރިއަށްދަނީ ސިވިލް ސަރވަންޓުންގެ މުސާރަ ބޮޑުކުރުމަށްޓަކައި ކުރަންޖެހޭ ފަންނީ މަސައްކަތް ކަމަށް، ނޭޝަނަލް ޕޭ ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން، އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޑރ.މުޙައްމަދު ފައިޒަލް ވިދާޅުވީ، އެކަން ކުރުމަށްޓަކައި ވުޒާރާތަކާއި އިދާރާތަކާއެކު ކުރަންޖެހޭ މަޝްވަރާތައް ކޮށް ނިމިފައިވާކަމަށެވެ. މި އަހަރުގެ ބަޖެޓުގައި މިކަމަށްޓަކައި 500 މިލިޔަން ރުފިޔާ ކަނޑައަޅުއްވާފައި ވާއިރު، މުސާރަ ބޮޑުކުރާ ދާއިރާތަކުގެ ތެރޭގައި ޖުޑީޝަރީއާއި ސިވިލް ސަރވިސް ހިމެނެއެވެ. ސިވިލް ސަރވިސްއާއި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ މި […]
ބޮޑުކުރި މުސާރަ ފުލުހުންނަށް ދަނީ ހަމައަށް ދެމުން: ފުލުހުންގެ އިދާރާ

ފާއިތުވި އަހަރުގެ އޭޕްރީލް މަހުން ފެށިގެން ފުލުހުންނަށް ސަރުކާރުން ބޮޑުކޮށްދީފައިވާ މުސާރަ ހަމައަށް ދެމުންދާކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން މިހެން ބުނެފައިވަނީ، ފުލުހުންނަށް މުސާރަ ހަމައަށް ނުލިބޭކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ދޮގުކޮށް، ނެރެފައިވާ ބަޔާނެއްގައެވެ. ފުލުހުންގެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އާންމު ފުލުހުންނާ ޚިލާފަށް، ސްޕެޝަލް ކޮންސްޓަބުލަރީ ޚިދުމަތަކީ އެ ކަމަށް އެދި ހުށަހަޅާ ފުލުހުންނަށް، ވަކި އެއްބަސްވުމެއް ހެދުމަށްފަހު ދެވޭ ޚިދުމަތެއް ކަމަށެވެ. އެހެންކަމާއެކު، އެ ޚިދުމަތަށް އެދިފައިވާ […]
ރަޝިއާއަށް އައި ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ އަސަރު ރާއްޖެއަކަށް ނުކުރާނެ: މޫސުމާބެހޭ އިދާރާ

ރަޝިއާއަށް އައި ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، 8.8 މެގްނިޓިއުޑްގައި އައި މި ބިންހެލުމާ ގުޅިގެން އުފެދިފައިވާ ސުނާމީގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށެވެ. މި ބިންހެލުން އައީ ރަޝިއާ ގަޑިން އިއްޔެ ހެނދުނު 8.30 ވަނިކޮށެވެ. ބިންހެލުމާ ގުޅިގެން، ރަޝިއާގެ ކަމްޗަޓްކާ ޕެނިންސުލާ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއްވެ، އެތައް ބަޔަކު ވަނީ […]
ރޭ އިންޑިއާއަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރިތަ؟

ރޭ 12 ޖަހާ އެހާކަންހާއިރު އިންޑިއާ އަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރިކަމާމެދު އާންމުންގެ މެދުގައި ޚިޔާލު ތަފާފުވެއްޖެއެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެކަމަށް ނުބެލެވޭ ކަމަށެވެ. 6.5 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުން އައިސްފައިވަނީ މާލެއާ 2215 ކިލޯމީޓަރު ދުރުން، އިންޑިއާގެ ނިކޮބާރ އައިލެންޑްސްއަށެވެ. މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް ބެލެވޭކަމަށް ބުނެ، މޫސުމާބެހޭ އިދާރާއިން ނެރެފައިވާ ބަޔާނަށް ގިނަ ބަޔަކު ކުރި ކޮމެންޓުތަކުގައި […]