ބާރު ސްޕީޑުގައި ދުއްވި ކާރެއް މަޑުކުރަން އެންގުމުން ފުލުހުންގެ ސައިކަލެއްގައި ޖައްސައިފި

ހުޅުމާލޭގައި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވަމުންދިޔަ ކާރެއް މަޑުކުރަން އެންގުމުން، ފުލުހުންގެ ސައިކަލެއްގައި ޖައްސައި ވައްޓާލައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ކާރު މަޑުކުރަން އެންގުމުން އަމުރަށް ނުކިޔަމަންތެރިވެ، ހުޅުމާލެ 1އާއި ހުޅުމާލެ 2ގައި ދުއްވި ކަމަށެވެ. އަދި ކާރުގެ ފަހަތުން އެ ވަގުތު ދިޔަ ފުލުހުންގެ ސައިކަލުގައި ޖައްސައި ވައްޓާލި ކަމަށެވެ. މި ހާދިސާގައި ސައިކަލުގައި އިން ފުލުހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، ހުޅުމާލޭގައި ހުންނަ ދިރާގު އޮފީހާ […]

މާލޭގެ ތިން ސަރަހައްދަކުން މިއަދު ކަރަންޓު ކެނޑިދާނެ

މާލޭގެ ތިން ސަރަހައްދަކުން މިއަދު ކަރަންޓު ކެނޑިދާނެކަމަށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ބުނެފިއެވެ. ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ކަރަންޓު ވިއުގައިގެ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާތީ، މިއަދު މާލޭގެ ތިން ސަރަހައްދަކުން ކަރަންޓު ކެނޑިދާނެ ކަމަށް ބެލެވޭ ކަމަށެވެ. މިގޮތުން ކަރަންޓު ކެނޑޭނެ ކަމަށް ބެލެވޭ ސަރަހައްދުތަކަކީ: * ބޮޑުފުޅައްގޯޅި ހިމެނޭ ސަރަހައްދު. (10:00އާ 12:00އާ ދެމެދު) * މުނިޔާމަގާއި ޝާރިޢުވަރުދީ ހިމެނޭ ސަރަހައްދު. (14:00އާ 16:00އާ ދެމެދު) * ފާށަނާކިލެގެމަގު، އަލިކިލެގެފާނުމަގު، ބަނަފްސާގޯޅި، ބޮޑުފުޅައްގޯޅި، […]

ސަރަހައްދީ ޤައުމުތަކުގެ މީހުންނާ އަޅުގަނޑުމެން ވަކިކޮށްދޭ ސިފައަކީ ދިވެހި ބަސް: ޑރ. އަޝްރަފް

އިންޑިއާ، ބަންގްލަދޭޝް ނުވަތަ ޝްރީލަންކާ މީހުންނާ އަޅުގަނޑުމެން ވަކިކޮށްދޭ ސިފައަކީ އަޅުގަނޑުމެންގެ ދިވެހި ބަސް ކަމަށް، ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ. އަޝްރަފް މިހެން ވިދާޅުވީ، ހުކުރު ދުވަހުގެ ރޭ ރ. ކިނޮޅަހުގައި ބޭއްވި ”ސަރުނަވެރިންގެ ޙަފުލާ“ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއީ އެކި ރޮނގުރޮނގުން ކިނޮޅަހަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވި ފަރާތްތަކަށާއި، ރަށަށް ރީތި ނަން ހޯދައިދޭ ދަރިވަރުންގެ އަގު ވަޒަންކުރުމަށް ކިނޮޅަހު ކައުންސިލުން ބާއްވާ އެވޯޑު ޙަފުލާއެކެވެ. މި […]

ސުންދަރަލިންގަމް ކޫޑަލިންގަމްއަކީ ދިވެހި ރައްޔިތުކަން އޮންނަ މީހެއް ނޫން: އިމިގްރޭޝަން

މަޝްހޫރު ލަވަކިއުންތެރިއަކަށް ޖިންސީގޯނާކުރި މައްސަލައިގައި އިނގިރޭސިވިލާތުގެ ކޯޓަކުން ޙުކުމްކޮށްފައިވާ ސުންދަރަލިންގަމް ކޫޑަލިންގަމްއަކީ ދިވެހި ރައްޔިތުކަން އޮންނަ މިހެން ނޫންކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ. އިމިގްރޭޝަނުން މިހެން ބުނެފައިވަނީ، އެ މީހާއަކީ ދިވެއްސެއްކަމަށް އަޑުފެތުރުމާއެކު، ކަމުގެ ޞައްޙަ މަޢުލޫމާތު ނުހޯދައި ދިވެހި ބައެއް ނޫސްތަކުގައި އެއީ ދިވެއްސެއްކަމަށް ދޭހަވާގޮތަށް ޚަބަރު ފަތުރާފައިވާތީ، އެކަމާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައެވެ. ޚަބަރުތައް ބުނާގޮތުގައި އެމީހާއަކީ އިނގިރޭސިވިލާތުގެ މަސާޖުޕާލާއެއްގައި މަސައްކަތްކުރާ މީހެކެވެ. އޭނާ މި ޢަމަލު ހިންގާފައިވަނީ މަސާޖުކުރުމުގެ ތެރޭގައި ކަމަށްވެސް ބުނެފައިވެއެވެ. […]

ޙައްޖު ކޯޕަރޭޝަނުން ފަތުރުވެރިކަމުގެ ވިޔަފާރި ކުރުމާމެދު ފާޑުކިޔުންތައް

ޙައްޖު ކޯޕަރޭޝަނުން ފަތުރުވެރިކަމުގެ ވިޔަފާރިކުރަން އުޅޭތީ ގިނަ ބަޔަކު އެކަމަށް ފާޑުކިޔަން ފަށައިފިއެވެ.  ފާޑުކީ ބައެއް މީހުން ބުނެފައިވަނީ ހައްޖަށް ދާން މީހުން ދައްކާފައިވާ ފައިސާއިން ކުރަންވީ ކަމަކީ މިއީތޯއެވެ. މިވަރުން ދަންޏާ ޓެކްސީކުރުމާއި ކަންމަތީ ފިހާރަތައްވެސް ހުޅުވަންވީ ކަމަށް ބައެއް މީހުން ބުނެފައިވެއެވެ. އާންމުން މިކަމަށް ފާޑުކިޔަން ފަށާފައިވަނީ، ”ހަލާލު ފަތުރުވެރިކަމުގެ“ ނަމުގައި މާފުށީގައި ހޮޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން އެ ކޯޕަރޭޝަނުން އިޢުލާންކުރުމާ ގުޅިގެންނެވެ. ގިނަ ބައެއްގެ ފާޑުކިޔުން މިކަމަށް އަމާޒުވެފައި ވަނިކޮށް، އިސްލާމީ […]

މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ އޭގެ ވިޔަފާރިކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެއިން ވިޔަފާރިކުރުމާއި، އަދި ގަވައިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، ވިއްކައި، އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ޑްރަގް އެންފޯރސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ލ. ގަން / ތުނޑި، ފައިވްސްޓަރ، ޢަލީ ޝާމް (29އ)އާއި ހއ. ހޯރަފުށި / މީރަންގެ، ޢަލީ އަޢުފާން (20އ) ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، […]

ސަޕްލައި ދޯންޏެއް ބަންޑުންޖަހައިލި ހާދިސާއެއްގައި މީހަކު ނިޔާވެއްޖެ

4 މީހުންނާއެކު ށ. ފުނަދުއަށް ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއް ބަންޑުންޖަހާލައި، އެއިން ދަތުރުކުރި އެކަކު ނިޔާވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ހދ. ކުޅުދުއްފުށިން ށ. ފުނަދުއަށް 4 މީހުންނާއެކު ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއް ކުމުންދޫ ކައިރިން ބަންޑުންޖަހާލާފައި ވާކަމަށް މިއަދު 08:55ހާއިރު ރިޕޯޓްކޮށްފައި ވާކަމަށެވެ. ފުލުހުން ބުނީ، އެ ދޯނިން ދަތުރުކުރީ 2 ދިވެހިންނާއި 2 ބިދޭސީން ކުޅުދުއްފުއްޓަށް ގެންދިޔަފަހުން އެތަނުން އެކެއްގެ ހާލު ދެރަވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވ. އުމުރުން 66 […]

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މ. އާރު / މާލެ، މުޙައްމަދު ލަޔާން އަޙްމަދު (21އ)އާއި، ކޮކާހަނދުވަރު / މ. މުލައް، ޢަލީ ނާޡިމް (40އ) އަދި މ. މޯނިންގވިޔު / މާލެ، ޢަލީ ނާވީ ނިޔާޒު (23އ) ކަމަށް ފުލުހުން ބުނެފައިވާއިރު، އަނެއް މީހާގެ މަޢުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ […]

ފުލެޓު ގުރުއަތުގައި 76 ޕޮއިންޓުގެ ގުރު ނުނަގައި 75 ޕޮއިންޓުގެ ގުރު ނެގި މައްސަލަ އޭސީސީއަށް

ގެދޮރުވެރިޔާ ސްކީމުން ފުލެޓު ލިބޭ ލިސްޓުގެ ގުރުއަތު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ނެގިއިރު، 76 ޕޮއިންޓަށްވުރެ މަތިން ލިބިފައިވާ މީހުންގެ ގުރުއަތު ނުނަގައި، 75 ޕޮއިންޓަށްވުރެ މަތިން ލިބުނު މީހުންގެ ގުރުއަތު ނަގާފައިވާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ. މި އުސޫލުގެ ދަށުން ގުރުއަތު ނަގައި، 315 ފުލެޓު ހަމަޖައްސައިދީފައިވާ މައްސަލަ ފެންމަތިވީ ފުލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުޙަލާގައެވެ.  މި މައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިންނެވެ. މި މައްސަލާގައި […]

ގެއްލިގެން ހޯދި އަންހެން ކުއްޖާ ފެނިއްޖެ

ޅ. ނައިފަރުން ގެއްލިގެން ހޯދަމުންދިޔަ ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިޞަލް މިރޭގެ ވަގުތެއްގައި ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން މިއަދު ބުނެފައިވަނީ، އޭނާ ނައިފަރުގައި ދިރިއުޅޭ ގެއިން މި އޮގަސްޓު މަހުގެ 2 ވަނަ ދުވަހުގެ 10:25ހާއިރު ނުކުމެގެން ދިޔަފަހުން ޢާއިލާއަށް ޚަބަރެއްވެފައި ނުވާތީ، އާއިލާއިން ރިޕޯޓުކޮށްފައިވާކަމަށެވެ. އެހެންކަމާއެކު، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް ފުލުހުން މިއަދު ބުނެފައިވެއެވެ.