އިންސާނާ ހެއްދެވުމުގައި ހަށިގަނޑުގައި ލައްވާފައިވާ ބައެއް ގުނަވަނާ އަދި ބައެއް ތަންތަނާމެދު ކޮންމެ އިންސާނަކު ފަރުވާތެރިވާން އަންގަވައިފައިވާ ކަންތައްތައް

ޚިޞާލުލް ފިޠުރަތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނާ ހެއްދެވުމުގައި އޭނާގެ ހަށިގަނޑުގައި ލައްވާފައިވާ ބައެއް ގުނަވަނާ އަދި ބައެއް ތަންތަނާމެދު ކޮންމެ އިންސާނަކު ފަރުވާތެރިވާން އަންގަވާފައިވާ ކަންކަމެވެ. އެއީ ފިޠުރަތީ އަދި ޠަބީޢީ ކަންކަމެވެ. އަދި އެކަންތައްތަކަކީ މާތްﷲ ބާވައިލެއްވި ހުރިހާ ދީނެއްގައިވެސް އެކިވަރުވަރަށް ކަނޑައަޅުއްވާފައިވާ ކަންތައްތަކެއް ކަމުގައި އެތައްގޮތަކުން އެނގެން އެބަހުއްޓެވެ. އަދި މީގެ އިތުރަށް މުސްލިމުންނަށް ވާޖިބުވެގެންވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަންކަމަށް އަމުރުކުރައްވާފައިވާތީ އެކަލޭގެފާނަށް އީމާންވެ އަދި ތަބާވުމުގެ ގޮތުން އެކަންތައްތައް […]