ވެކްސިން ޕާސްޕޯޓު ހަގީގަތަކަށް ވަނީ

Loading

Facebook
Twitter
WhatsApp

ޔޫރަޕިއަން ޔުނިއަންގެ ގައުމުތަކަށް ދަތުރު ކުރުމުގައި ވެކްސިން ޕާސްޕޯޓު ބޭނުން ކުރުމަށް ކަމާބެހޭފަރާތްތަކުން މަޝްވަރާތައް ކުރަންފަށައިފިއެވެ.

ވެކްސިން ޕާސްޕޯޓު ނުވަތަ ވެކްސިން ޖެހި ކަމުގެ ސެޓްފިކެޓަކީ ޑިޖިޓަލް ނުވަތަ ކަރުދާސް ލިޔުމެކެވެ. މިލިޔުމުގައި ހިމެނޭނީ ކޯވިޑް 19ގެ ވެކްސިން ޖެހިކަން ހާމަކޮށްދޭ ފާހަގައެކެވެ. އަދި ޖަހާފައިވަނީ ކޮން ވެކްސިނެއް ކަމާއި ވެކްސިން ޖަހާފައިވާ ތަނާއި ޖަހާފައިވާ ތާރީޚުވެސް މި ލިޔުމުގައި ހިމެނޭނެއެވެ. މީގެ އިތުރުން އެންޓިބޮޑީ ލެވެލްއާއި ޕީ.ސީ.އާރް ޓެސްޓާއި ރެޕިޑް އެންޓިޖެން ޓެސްޓުގެ ނަތީޖާވެސް މި ލިޔުމުގައި ހިމެނޭނެއެވެ.

އީ.ޔޫއިން އިސްނަގައިގެން ވެކްސިން ޕާސްޕޯޓުގެ މި ހަރަކާތް ފެށުމަށް ގަސްތުކޮށްފައިވާއިރު ދުނިޔޭގެ އެހެން ގައުމުތަކުންވެސް މި ކަން ކުރަން ފަށާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ވެކްސިން ޕާސްޕޯޓު ހަގީގަތަކަށްވާން މާ ގިނަދުވަސްތަކެއް ވާނެކަމަކަށް ނުބެލެވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް