ހުޅުމާލެ ގޮނޑުދޮށުގައި ހުރި ކެފޭއެއްގައި އަލިފާން ރޯވެ އަނދައިފި

Loading

Facebook
Twitter
WhatsApp

ހުޅުމާލެ ގޮނޑުދޮށުގައި ހުންނަ ވައިޓް ބީޗް ކެފޭ އާއި ގުޅިގެން ހުރި ގުދަނެއްގައި ރޯވެ އެތަން ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭގޮތުގައި އެތަނުގައި ހުޅުހިފާފައިގެން ރިޕޯޓް ލިބިފައިވަނީ ރޭ މެންދަމު 2:43 ހާއިރުއެވެ. އަދި މެންދަމު 3:00 ވީއިރު އެތަނުގައި ވަރަށް ބޮޑަށް ހުޅުހިފައިވާ ކަމަށް މަންޒަރު ދުށް ފަރާތްތަކުން މައުލޫމާތު ދެއެވެ.

އަލިފާން ރޯވުމާއި އެކު ފުލުހުންނާއި ސިފައިން އެސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވެއެވެ. އެގޮތުން އަލިފާންގަނޑު ނިއްވުމުގެ އިތުރުން ކައިރި ގޭގޭގެ މީހުން ހުސްކުރުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ގުޅިގެން ކޮށްފައިވާ ކަމަށް މަންޒަރު ދުށް ފަރާތްތަކުން މައުލޫމާތު ދެއެވެ.

މާގިނަ އިރުތަކެއް ނުވެ މި އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކުރެވިފައެވެ. ނަމަވެސް އެތަންވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ. އެތަނަކީ ހުޅުމާލެ ގޮނޑުދޮށުގައި ހުންނަ ޑައިންމޯރއާއި ދާދި ކައިރީގައި ހުންނަ ތަނެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް