މަންޓާ އެއާގެ ސީ ޕްލޭނެއް ވެއްޓިއްޖެއެވެ.
ސީ ޕްލޭން ވެއްޓިފައިވަނީ މާލެއަށް ޖައްސަން އުޅުމުގެ ތެރޭގައެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ސީޕްލޭންގެ އެކްސިޑެންޓް ހިނގިއިރު ސީޕްލޭންގައި ނުވަ މީހުން ތިބި ކަމަށެވެ. އެއީ ހަފަސެންޖަރުންނާއި ތިން ކްރޫންނެ. މީގެ ތެރެއިން އެކެއްގެ ކޮނޑުހުޅު ނައްޓާލާފައިވެއެވެ. އަދި އިތުރު މީހެއްގެ ކޮނޑަށް އަނިޔާވެފައިވެއެވެ.
މިހާރު ސިފައިން ދަނީ ސީޕްލޭނުން ދަތުރުކުރި މީހުންގެ ލަގެޖްތައް ރިކަވާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ސީޕްލޭނުން ދަތުރުކުރި އެންމެން މެޑިކަލް ޗެކަޕެއް ހެދުމަށް ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ވެސް ކުރަމުން އެބަގެންދެއެވެ.
މިއެކްސިޑެންޓާއި ގުޅިގެން މިވަގުތު މާލެއަށް ޖައްސަން ހުރި ސީޕްލޭންތައް ވަނީ އެހެން ތަންތަނަށް ޑައިވާޓްކޮށްފައެވެ.