Skip to content
ދުނިޔެ

އީރާން ހަނގުރާމައިގެ ސަބަބުން ގަލްފްގެ 6 ގައުމެއްގެ އިގްތިޞާދަށް 790ބިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ: އަލިއާންޒް ރިސަރޗް

ފާފު ޒަވިޔަނިފާފު ޒަވިޔަނި

އީރާން ހަނގުރާމައިގެ ސަބަބުން ގަލްފްގެ 6 ގައުމެއްގެ އިގްތިސާދަށް،“ލޮސްޓް އިކޮނޮމިކް އައުޓްޕުޓް“ ގެ ގޮތުގައި،2030 އާއި ހަމަޔަށް ދާއިރު 790ބިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް، މުހިންމު ރިސަރޗްތައް ކުރާ ފަރާތެއް ކަމަށްވާ ”އަލިއާންޒް“ އިން ބުނެފިއެވެ.


”ލޮސްޓް އިކޮނޮމިކް އައުޓްޕުޓް“ އަކީ އެގަމުގެ އިގްތިސާދަށް ފައިދާވާނެކަމަށް ކުރިން ބެލުނު، އެހެންނަމަވެސް ވަކިސަބަބަކާއި ހުރެ އެކަމެއް ކުރިޔަށް ނުދިއުމުން ލިބޭ ގެއްލުމެވެ.
އީރާން ހަނގުރާމައިގެ ސަބަބުން އިގްތިސާދަށް އެންމެ ބޮޑު ގެއްލުން ލިބޭނެ ކަމަށް އަލިއާންޒް ރިސަރޗްގައި ބުނެފައިވާ ގައުމުތަކަކީ ސައޫދީއަރަބިއްޔާ، ޔުނައިޓަޑް އެރެބް އެމިރޭޓްސް،ޤަތަރު، ކުވެއިތު، ބަހުރެއިން އަދި އޮމާން އެވެ.
އަލިއާންޒް ގެ ރިޕޯޓް ބުނާގޮތުން ހަނގުރާމައިގެ ސަބަބުން މިހާތަނަށްވެސް 200 ބިލިއަން ޑޮލަރުގެ ”ފިޒިކަލް ޑެމޭޖް“، ނުވަތަ އަތްލެވޭ މުދަލަށް ގެއްލުން ލިބިފައިވެއެވެ. މިގޮތުން 80 އަށް ވުރެގިނަ އެނަރޖީ ފެސިލިޓީ އަށް ހަމަލާ އަރާފައިވާއިރު، އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ކުވެއިތު ޤަތަރު އަދި ބަހްރެއިން ގެ ތެލާއި ބެހޭ ތަންތަނަށް ކަން ފާހަގަކޮށްފައި ވެއެވެ.
ބުދަދުވަހު ހާމަކުރި ރިސަރޗްގައި ފާހަގަކޮށްފައިވާ ގޮތުގައި ހަނގުރާމައިގެ ސަބަބުން ލިބޭ އިގްތިސާދީ ގެއްލުންތައް މައިދާނުން ބޭރަށް ގޮސް، އިތުރު އެތައް ދާއިރާތަކަށް ވެސް ބޮޑެތި ގެއްލުންތައް ލިބޭނެއެވެ. މިގޮތުން މުޅި ގަލްފް ސަރަހައްދުގައި ތެލާއި ގޭހުގެ ޕްރޮޑަކްޝަން ދަށަށް ގޮސް،އިންޓަރނޭޝަނަލް ޓްރޭޑް ދަށަށް ގޮސް، ޓުއަރިޒަމް ދަށަށްގޮސް، އިންވެސްޓްކުރުން ހުއްޓި،ތަރައްގީގެ މުހިންމު ޕްރޮޖެކްޓްތައްވެސް ހުއްޓިގެންދާނެ ކަމަށް ބުނެފައި ވެއެވެ.
ރިޕޯޓްގައި ބުނެފައިވާ ގޮތުން މެދުއިރުމަތީގައި ހަނގުރާމަ ކުރިޔަށް ދިޔަނަމަވެސް މިކަމުގެ ނޭދެވޭ އަސަރު މުޅި ދުނިޔެއަށް ދަނީ ކުރަމުންނެވެ.އަދި ހަނގުރާމަ ހުއްޓާލާޓާއެތައް އަހަރެއް ވަންދެން ”ރިކަވަރީ“ ކުރިޔަށް ދާނެކަމަށްވެސް ބުނެފައި ވެއެވެ.
ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލް ގުޅިގެން އީރާނަށް ދިން އުދުވާނީ ހަމަލާތަކުގެ ރައްދުގައި ގަލްފްގެ އެކި ގައުމުތަކަށް އީރާނުން ހަމަލާތައް ދީފައި ވެއެވެ.ގަލްގައި ހުރި އެމެރިކާ އަދި އެމެރިކާގެ އެކުވެރި ގައުމުތަކުގެ އެއާޕޯޓް ތަކާ ކަނޑުގެ ބަނދަރުތަކާއި އެނަރޖީ ފެސިލިޓީ އަދި މުހިންމު ލޭންޑް މާކްތަކަށް ހަމަލާދީފައިވެއެވެ. އެއާ އެކުއެކީ އީރާނުން ހޮރްމޫޒް ކަނޑުއޮޅި ވެސް ބަންދު ކުރިއެވެ.
ހަނގުރާމައިގައި 80 އަށް ވުރެގިނަ އެނަރޖީ ފެސިލިޓީ އަށް ހަމަލާއަރާފައިވާއިރު ގިނަ އަދަދެއްގެ ތަންތަން ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

”އަލިއާންޒް ރިސަރޗް“ އަކީ އިންޝުއަރެންސާއި ފައިނޭންޝަލް ސަރވިސަސް ގެ ރޮގުން ދުނިޔޭގައި ގުނާލެވޭ އެންމެ ބޮޑު އެއް ގްރޫޕެވެ.އަލިއާންޒްގެ ހެޑްކުއާޓަރު ހުންނަނީ ޖަރމަނީގައެވެ.އެގްރޫޕުން އާންމުކޮށް ރިސަރޗް އަދި އެނޭލިސިސް ހަދާ ކަންކަމުގެ ތެރޭގައި :
ގްލޯބަލް އަދި ރީޖަނަލް އިކޮނޮމިކް ޓްރެންޑްސް
އިންފްލޭޝަން،އިންޓަރެސްޓް ރޭޓް އަދި ފައިނޭންޝަލް މާކެޓްތައް
އިންޓަރނޭޝަނަލް ޓްރޭޑް އަދި އިންވެސްޓްމަންޓް
ކަންޓްރީ ރިސްކް އެންޑް ސޮވްރިން ޑެޓް
ބިޒްނަސް އިންސޮލްވެންސީސް(ވިޔަފާރީގައި ދަރަނިވެރިވުން)
ކްލައިމެޓް ޗޭންޖް އަދި އެކަމުގެ އިކޮނޮމިކް އިމްޕެކްޓް

Loading

Comments are reviewed before publication. You can write in English or Dhivehi.

Leave a Reply