ޚިދުމަތުގައި އުޅެނިކޮށް މަރުވި ސިފައިންގެ މީހެއްގެ ރަހުމަތްތެރިން ތަކެއްގެ ޚާއްސަ ހަދިޔާއެއް

ޚިދުމަތުގައި އުޅެނިކޮށް މަރުވެފައިވާ އިންޑިޔާ ސިފައިންގެ މީހަކު ހިމެނުނު ރެޖިމަންގެ ބައެއް މެންބަރުން އޭނާއަށްޓަކައި ވަރަށް ޚާއްސަ ކަމެއް ކޮށްދީފިއެވެ.މިގޮތުން އެ ރެޖިމަންގެ ބައެއް މެމްބަރުން ވަނީ މަރުވެފައިވާ އެމީހުންގެ ރަހުމަތްތެރިޔާ ހަވިލްދަރު ޕަޕާލް ސިންގގެ އަންހެން ދަރިފުޅު ޕްރީތީގެ ކައިވެނީގައި، އާއިލާގެ މެމްބަރުންގެ ގޮތުގައި ބައިވެރިވެފައެވެ. މިގޮތުން ބައްޕަ އާއީ އެއްބަޑު ފިރިހެން ކުދިން ކައިވެނީގެ ރަސްމިއްޔާތުގައި ކުރަންޖެހޭ ކަންތައް ފުރިހަމަ ކުރީ ސިފައިން ކަމަށް ވެއެވެ. މީގެ އިތުރުން އެމީހުން ވަނީ 1.61 ލައްކަ އިންޑިޔާ ރުޕީސްގެ ފައިސާގެ އެހީއެއްވެސް ވެދީފައެވެ.
ރާޖަސްތާންގެ އަލްވާރް ޑިސްޓްރިކްޓްގައި ހޮނިހިރު ދުވަހު އޮތް ކައިވެނީގައި އަންހެން ކުއްޖާ ޕްރީތީގެ ބައްޕަ ނެތް ތަން ފޫބެއްދުމަށް އޭނާގެ ރަހުމަތްތެރިން ހަރަކާތްތެރިވެފައިވާ ކަމަށް ވެއެވެ. އަދި ޕްރީތީގެ މަންމަ އަނީތާ އަށް ވެސް ޚާއްސަ ޝުކުރެއް އަދާކޮށް ޝަރަފުގެ އިނާމުތައް ދީފައި ވެއެވެ.
މިކައިވެނި ޕާޓީ އަށް އަސްކަރިންޔާގެ ބައެއް ވެރިންގެ އެހީތެރިކަމާއި އެއްބާރުލުންވެސް ލިބިފައިވާ ކަމަށް ޚަބަރު ލިބެއެވެ.
![]()




Comments are reviewed before publication. You can write in English or Dhivehi.