Skip to content
ދުނިޔެ

އިންޑިޔާއިން 1.6ބިލިއަން ޑޮލަރުގެ އެހީގެ ޕެކެޖެއް ނޭޕާލް އަށް ދޭން ނިންމައިފި

ފާފު ޒަވިޔަނިފާފު ޒަވިޔަނި

އިންޑިޔާއިން ނޭޕާލް އަށް ދޭ 1.6ބިލިއަން ޑޮލަރުގެ އެހީގެ ޕެކެޖެއް ބޮޑުވަޒިރު ނަރެންދުރަމޯދީ އިއުލާން ކުރައްވައިފިއެވެ. މޯދީ މިކަން އިއުލާން ކުރައްވާފައިވަނީ ހޯމަ ދުވަހު ވެރިރަށް ޑެލްހީގައި ނޭޕާލްގެ ބޮޑުވަޒީރު ބަލެންދުރަ ޝާހް އާއި ބައްދަލް ކުރެއްވުމަށް ފަހުއެވެ. މިއެހީ އަކީ ދާދިފަހުން ނޭޕާލް އަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ލިބުނު ގެއްލުންތަކާއިގުޅިގެން ތަން އަލުން އާރާސްތު ކުރުމަށް ވެދެއްވި އެހީއެކެވެ.
ހައިދަރުއާބާދު ހައުސްގައި ބޭއްވެވި ރަސްމީ ވާހަކަތަކަށް ފަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލް ވުމެއްގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ އިންޑިޔާއިން ދޭ އެހީ އަކީ ގެއްލުން ލިބުނު ސަރަހައްދުތައް އަލުން އާރާސްތުކޮށް ދިގުރާސްތާގެ ތަރައްގީއަށް ވެދިން އެހީއެއްކަމުގައެވެ.މީގެ އިތުރުން ގެއްލުން ލިބުނު އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު ރަގަޅު ކޮށްދީ އަދި މުސްތަގްބަލްގައި ކުރިމަތިވެދާނެ އެފަދަ ކާރިސާތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުންވެސް އެހީގެ މަގްސަދުގެ ތެރޭގައި ހިމެނެއެވެ.


ބަލެންދުރަ ޝާހް އަށް މަރުހަބާ ދަންނަވަމުން މޯދީވަނީ ނޭޕާލްގެ އިންތިހާބްގައި ބަލެންދުރަ އަށް ޒުވާނުންގެ ތާއީދު ވަރަށް ބޮޑަށް ލިބިވަޑައިގެންނެވިކަން ފާހަގަކުރައްވަމުން އޭނާގެ ލީޑަރޝިޕް އަށް ތައުރީފް ކުރައްވާފައެވެ. އަދި އެންމެ ހަގު ބޮޑުވަޒީރުގެ ގޮތުގައި ބަލެންދުރަ އދގައި ކުރެއްވި ތަގްރީރަކީވެސް މުހިންމު ތާރީޚީ ތަގްރީރެއްކަމަށާ އެތަގްރީރުންވެސް އޭނާ ނޭޕާލް އަށްޓަކާ ގެންގުޅުއްވާ ވިޝަން ފެނިގެން ދިޔަކަމަށް ވިދާޅުވެފައި ވެއެވެ. އަދި އެހެން ގައުމަކަށް ބަލެންދުރަ ކުރައްވާ ފުރަތަމަ ދަތުރު ފުޅުގައި އިންޑިޔާއަށް ވަޑައިގެންނެވީތީ އުފާކުރައްވާކަމަށް ވިދާޅުވެފައި ވެއެވެ.
ބައްދަލް ވުމުގައި ބަލެންދުރަ ޝާހް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އިންޑިޔާ އާއި ނޭޕާލްގެ ގުޅުމަކީ ހިމާލިޔާ ފަރުބަދަހާ ވަރުގަދަ އަދި ކަނޑުތައްހާ ފުޅާ ގުޅުންތަކެއް ކަމުގައެވެ.އިތުބާރުކުރެވޭ އަވަށްޓެރިއެއްގެ ހައިސިއްޔަތުން އިންޑިޔާ އަބަދުވެސް ފަސްޓް ރެސްޕޮންޑަރގެ ދައުރު އަދާކުރާކަމަށް ވިދާޅުވެ އެކަމަށްޓަކާ އިންޑިޔާސަ ރުކާރަށް އިޚުލާސްތެރިކަމާއި އެކު ޝުކުރު އަދާ ކުރައްވާކަމަށް ވިދާޅުވިއެވެ.
ދެބޭފުޅުންގެ ބައްދަލް ކުރެއްވުމުގައިވަނީ ދެގައުމު ދެމެދު އައު ރޭލު ދަތުރު ތަކެއް ފައްޓަވާ ދެއްވާފައެވެ.އަދި ޝާހް ވަނީ މޯދީ ނޭޕާލް އަށް ދަތުރު ފުޅެއް ކުރެއްވުމަށް ދައުވަތުވެސް ދެއްވާފައެވެ.
ޝާހްގެ މިދަތުރުފުޅުގައި އިންޑިޔާއާއި ނޭޕާލުން ވަނީ 8 އެމްއޯޔޫގައި ސޮއި ކޮށްފައެވެ.އެއޯޔޫތައް އެކުލަވާލެވުނު ދާއިރާތަކުގެ ތެރޭގައި ސްޕޭސް ޓެކްނޮލޮޖީ،ޕޮލިސް އެންޑް ސެކިއުރިޓީ ޓްރެއިނިންގ ،ސިވިލް ސަރވިސް ކެޕޭސިޓީ ބިލްޑިންގ، ހެލްތުކެއާ، ޓްރެޑިޝަނަލް މެޑިސީން، ސަސްޓެއިނަބަލް އަރބަން ޑިވެލޮޕްމަންޓް،އަދި އެގްރިކަލްޗަރ ހިމެނެއެވެ.

Loading

Comments are reviewed before publication. You can write in English or Dhivehi.

Leave a Reply