Skip to content
ޚަބަރު

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

މަރްޔަމް މަލާކްމަރްޔަމް މަލާކް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް ”ކްލަބް އެޗްޑީސީ“ން ހޯދައިފިއެވެ.

އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިން ހިމެނޭ ކްލަބް އެޗްޑީސީގެ ޓީމުން ވަނީ މި ތިން މުބާރާތުގައި ކުޅުނު ޖުމުލަ 12 މެޗުން ވެސް މޮޅުވެފައެވެ.

  1. ބީޗް ވޮލީ ޗެމްޕިއަންޝިޕް

މި އަހަރުގެ ނޮވެންބަރު 9 އިން 13 އަށް މާލޭ ބީޗް ވޮލީބޯޅަ ކޯޓުގައި ޖުމުލަ 18 ޓީމު ވާދަކުރި މި މުބާރާތުގައި އެޗްޑީސީގެ ފަރާތުން ތިން ޓީމު ވާދަކުރިއެވެ. އެއީ:

· ކްލަބް އެޗްޑީސީ 1: އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިން

· ކްލަބް އެޗްޑީސީ 2: މާލިކް އަސަދު އަދި ބިލާލް އަސްއަދު

· ކްލަބް އެޗްޑީސީ 3: އަލީ ނިމާލް އަދި ހުމާމް ހަސަން

މި މުބާރާތުގެ ޗެމްޕިއަންކަން ކްލަބް އެޗްޑީސީ 1 އިން ހޯދީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެގެންނެވެ.

  1. ނޭޝަނަލް ބީޗް ވޮލީބޯޅަ ލީގު

މި އަހަރުގެ ނޮވެންބަރު 15 އިން 17 އަށް ކުރިއަށްދިޔަ ބީޗް ވޮލީ ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ހަ ޓީމު ވާދަކުރި މި މުބާރާތުގައި މާލޭ ބީޗް ވޮލީބޯޅަ ކޯޓުގައި އެޗްޑީސީ ތަމުސީލުކުރީ ކްލަބް އެޗްޑީސީގެ އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިން އެކަންޏެވެ. ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، މި ލީގުގެ ޗެމްޕިއަންކަން ވެސް ހޯދީ އެ ޓީމުންނެވެ.

  1. ނޭޝަނަލް ބީޗް ވޮލީބޯޅަ ޗެމްޕިއަންޝިޕް

ނޮވެންބަރު 18 ވަނަ ދުވަހު ކުރިއަށްދިޔަ ނޭޝަނަލް ބީޗް ވޮލީބޯޅަ ލީގުގެ އެންމެ މޮޅު ހަތަރު ޓީމުގެ މެދުގައި މާލޭ ބީޗް ވޮލީބޯޅަ ކޯޓުގައި ބޭއްވި މި މުބާރާތުގައި ވެސް އެ ކޯޕަރޭޝަން ތަމުސީލުކުރީ ކްލަބް އެޗްޑީސީގެ (އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިން) އެވެ. ކުޅުނު ދެ މެޗުން ވެސް މޮޅުވެ، މި މުބާރާތުގެ ތަށި ވެސް ކާމިޔާބުކުރީ އެ ޓީމުންނެވެ.

އެޗްޑީސީގެ އަމާޒަކީ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް، މި ފަދަ ކުޅިވަރުތަކުން ކުރިއަށްދާން މުވައްޒަފުންނަށް ހިތްވަރުދީ، ފުރުސަތު ފަހިކޮށްދިނުމެވެ.

Loading

Comments are reviewed before publication. You can write in English or Dhivehi.

Leave a Reply