ޗައިނާގެ ޝެންޒެންގައި ޕޫޓިން އާއި ޝީ ޖިންޕިން އާއި ޓްރަމްޕްގެ ބައްދަލުކުރެއްވުމެއް

Loading

Facebook
Twitter
WhatsApp

މިއަންނަ ހަފުތާގައި ޗައިނާގެ ޝެން ޒެންގައި ބޭއްވުމަށް ތާވަލް ކުރެވިފައިވާ އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯރޕަރޭޝަންގެ އެންމެ އިސްވެރިންގެ ބައްދަލު ކުރެއްވުމުގައި އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންގެންދާ ހަނގުރާމައާއި އަދި އީރާނުގެ ނިއުކްލިއަރ މަޝްރޫއާ ބެހޭގޮތުން ރައީސް ޝީ ޖިންޕިން އާއި އަދި ރައީސް ޕޫޓިންއާއެކު މަޝްވަރާކުރައްވަން އުންމީދު ކުރައްވާ ކަމުގައި ރައީސް ޓްރަމްޕް ވިދާޅުވެއްޖެކަމަށް އަލްޖަޒީރާގެ ޚަބަރުގައި ބުނެފައިވެއެވެ. އަދި އެއްގަމު މަގުން އީރާނަށް ހުޅުވިފައިހުރި މަގުތައް އެމެރިކާއިން ބަންދުކޮށްލުން ވަރަށް ކާމިޔާބު ކަމަށާއި މިހާރު ކުރެވޭ މަޝްވަރާތަކުގައި އީރާނުގެ ނިއުކްލިއަރ މަޝްރޫއުގައި ކުރިއެރުން ލިބި އަދި ހޮރްމުޒް ކަނޑުއޮޅި ހުޅުވޭނެގޮތް ހަމަޖެހިއްޖެނަމަ އެމެރިކާއިން އީރާނަށް އަލުން ހަމަލާދިނުމުގެ ބޭނުމެއް އޮތްކަމަށް ދެކިވަޑައި ނުގަންނަވާކަމަށްވެސް ވިދާޅުވިއެވެ.


ހަނގުރާމަ ހުއްޓޭނީ އެމެރިކާއިން ވަގަށް ނަގާފައިވާ އީރާނުގެ ފައިސާ އަނބުރާ ދިނުމުންނާއި އަދި މިހާރު އީރާނުގެ ދެކުނު ބަނދަރުތައް އެމެރިކާގެ ނޭވީން ބްލޮކް ކޮށްފައިއޮތް އޮތުން ދޫކޮށްލައި އީރާނަށްހަމަލާދިނުން ހުއްޓާލައި އަދި އެމެރިކާގެ ބާރުގައި އަޅާފައިވާ އިގްތިސާދީ ދަތިކުރުން އުވާލުމުން ކަމުގައި އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.
ރައީސް ޓްރަމްޕް އާއި ނައިބު ރައީސް ޖޭ ޑީ ވޭންސް އާއެކު ގަތަރުގެ ބޮޑުވަޒީރު މުހަންމަދު ބިން އަބްދުއްރަހްމާން އަލް ސާނީ ދެއްކެވި ވާހަކަފުޅަށްފަހު އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުން ގެންދާ ހަނގުރާމަ ދެން ކުރިއަށް ގެންދިއުމުގެ ބޭނުމެއް އޮތްކަމަށް ދެކިވަޑައި ނުގަންނަވާކަމަށް ރިޕޯރޓަރުންނަށް ރައީސް ޓްރަމްޕް ވިދާޅުވިކަމަށްވެއެވެ. އެހެންނަމަވެސް ނިމުމެއް ނުވާ ހަނގުރާމައަކަށް އިސްރާއީލުން އެމެރިކާ ކޮށްޕަމުން ގެންދިއުން އަދިވެސް ނުހުއްޓޭކަމަށް އީރާނުގެ މަޖިލީހުގެ ރައީސް މުހަންމަދު ބާޣިރު ގަލިބާފް ވިދާޅުވެފައިވާކަމަށް އަލް ޖަޒީރާއިން ބުނެފައިވެއެވެ.
އެއްގަމުމަގުން އީރާނަށް މިލިޓްރީ ސާމާނު އެތެރެވިޔަ ދިނުން ހުއްޓުވުމަށްޓަކައި ދަގަނޑު ދޮރާށީގެ ނަމުގައި ޓާސްކް ފޯހެއް އުފައްދައިގެން އެމެރިކާއިން މިހާރު އަޑުއަރުވަމުން ގެންދަނީ މިޑްޓާރމް އިލެކްޝަންގައި ރައީސް ޓްރަމްޕް ފޭލިވުމުގެ އަޑު ކަނޑުވާލަން ކަމުގައި އީރާނުން ބުނެފިއެވެ. ބުނެވޭގޮތުގައި ކެސްޕިއަން ސީއަށް ހުޅުވާލެވިފައިވާ އީރާނުގެ ބަނދަރުތައް ބަންދުކުރުމަށްޓަކައި ވިއްސަކަށް މިލިޓްރީ އަދި އާންމުރައްޔިތުން އެމެރިކާއިން ބޭނުންކުރާނެއެވެ. ހަތްގައުމަކަށް ކެސްޕިއަން ސީއަށް އީރާނު އޮންނަނީ ހުޅުވިފައެވެ. އެ ގައުމުތަކަކީ އަފްޣާނިސްތާނާއި އަރމީނިއާ އަދި އަޒަރްބާއިޖާނާއި އިރާގާއި ޕާކިސްތާން އަދި ތުރުކީއާއި ތުރުކްމިސްތާނެވެ.
ސިޔާސީ ކުޅިގަނޑުގައި ފުރުސަތު ލިބިދާނެކަމަށް އުންމީދު ކުރެވޭ ހިނދު ވަރަށް ގިނަފަހަރު އެންމެ ނުބައި ރޯލު ކުޅޭނީ އެންމެ އަރިހުގައި ހުންނަމީހާއެވެ. ދިވެހި ތާރީޚުގެ ސަފްހާތަކުންވެސް އެކަން އޮތީ ފެންނާށެވެ.
މީޑިއާއަށް މިޒަމާނުގައި ސިއްރު ކުރެވޭނީ ވަރަށް މަދު ހާދިސާއެކެވެ. މީޑިއާތަކުގައި ނުދައްކާ އެކަމަކު އެންމެންނަށް ވެސް އެނގޭ މިހާރުގެ އެންމެ ހޫނު ވާހަކައަކީ އެމެރިކާގެ ނައިބު ރައީސް އެގައުމުގެ ރިޔާސަތަށް ބޭނުންވެފައި ހުންނެވިކަމެވެ. ރައީސް ޓްރަމްޕްގެ ރިޔާސަތުގެ ނިމުން ސިއްކަ ޖެހުމަށްޓަކައި ނައިބު ރައީސް އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުގެ ވާހަކަ ބައެއް މީޑިއާތަކުގައި ފާޅުކޮށްފައި އެބަހުރެއެވެ. ނައިބު ރައީސާއެކު ރިޕަބްލިކަންގެ ބައެއް ގާނޫނީ ބޭފުޅުންވެސް ބައިވެރިވުމުގެ ފުރުސަތު ވަރަށްބޮޑުކަމަށްވެސް ބުނެފައިވެއެވެ.
ރޭވިފައިވާގޮތަށް ބަލާއިރު އަންނަ ޖެނުއަރީ މަހު 3 ވަނަ ދުވަހު ޑިމޮކްރެޓްސް ފަށާގަންނާނީ ހައުސްގެ 254 ގޮނޑިއާއެކުގައެވެ. އިމްޕީޗްމެންޓް ރިޒޮލިއުޝަނެއް ފާސްކުރަން ޑިމޮކްރެޓުންނަށް ބޭނުންވާނީ ހަމައެކަނި 218 ގޮނޑިއެވެ. އެކަމަކު އެ ރިޒޮލިއުޝަން ސެނެޓްއިން ފާސްކުރަން ޑިމޮކްރެޓުންނަށް އިތުރު 13 ވޯޓު ބޭނުން ވާނެއެވެ. ފެންނަ ފެނުމުގައި ރިޕަބްލިކަންގެ 13 މެމްބަރުން އަތުލައިގަތުމަކީ އުދަނގޫ ކަމަކަށް ނުވާނެއެވެ. މިހާރުވެސް ވައިޓްހައުސް އޮތީ އީރާނުގެ ހަނގުރާމައިގާ ތިންބަޔަކަށް ބެހިފައެވެ. ނައިބު ރައީސް ވޭންސް އާއި ޓްރަމްޕްގެ ދަނބިދަރި ކުޝްނަރ ބޭނުންވަނީ ސިޔާސީ ހައްލެއް ހޯދުމްށެވެ. ޚާރިޖީ ވަޒީރު ރޫބިއޯ ބޭނުންވަނީ އީރާނަށް ފިއްތުން ކުރިމަތިކޮށްގެން ނޭވާ ހާސްކޮށްލުމެވެ. ހަނގުރާމައާ ބެހޭ ވަޒީރު ޕީޓް ހެގްސެތު އާއި ސެންޓްކޮމްގެ ވެރިޔާ ބްރެޑް ކޫޕަރ ބޭނުންވަނީ ހަނގުރާމަކޮށް އީރާން ސުންނާފަތި ކޮށްލުމަށެވެ. ޚަބަރުތަކަށް އެނގިފައިވާގޮތުގައި ގަތަރު މެދުވެރިކޮށް ނައިބު ރައީސް ގެންދަވަނީ އީރާނާއެކު މަޝްވަރާ ކުރަމުން އަދި ޓްރަމްޕް ދޭން ގަސްދުކުރާ ހަމަލާތަކަށް މަގު ބަންދު ކުރަމުންނެވެ. އެކަމަކު ހަނގުރާމައަކަށް ނުގޮސް ޓްރަމްޕް މަޑުކޮށްފާނެކަމަކަށް ނުބެލެވެއެވެ. ރައީސް ޓްރަމްޕް ބޭނުންވަނީ އެމަނިކުފާނުގެ ކޮރަޕްޝަންގެ މައްސަލަތައް ވަޅުޖައްސާލުމާއެކު ހަނގުރާމައިގެ ތެރޭގައި އަމިއްލަ އެކައުންޓްތަކަށް ކަހާލި އެތައް ބިލިއަން ޑޮލަރ މަތިން ސަރުކާރުން ހަނދާންއަތާލުމަށެވެ. ރައީސް ޓްރަމްޕް އާ ދެކޮޅަށް އީރާނުން އެއްކޮށްފައިހުރި އެވިޑެންސްތައް ކޮންމެ ގޮތެއް ހަދާފައިވެސް ޓްރަމްޕް ބޭނުން ވެއެވެ. އީރާނުން އޮތީ ހެކިތައް ފަޅާއަރުވާލަން ތައްޔާރަށެވެ. އެމެރިކާއަށް އެންމެ މިސައިލެއްވެސް ފޮނުވާލުމަކާނުލައި އެމެރިކާއާއި އިސްރާއީލުގެ ވެރިން އެތިބީ ބިމަށް ތުން ހަރުވާލާފައެވެ. ނަތަންޔާހޫ ބޭރުއަރުވާލުމަށްފަހު އެމެރިކާގެ މިޑްޓާރމް އިލެކްޝަން ރައީސް ޑޮނާލްޑް ޓްރަމްޕްއަށް ހިތި ބޭހަކަށް ހަދާދީފައެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމަ ހުއްޓުވިދާނެ މަގެއް ފެނޭތޯ ގަތަރާއި ޕާކިސްތާނުންކުރަމުންގެންދާ މަސައްކަތަށް ޝުކުރުވެރިކަން ފާޅުކުރުމާއެކު އީރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވެފައިވަނީ މީގެކުރިން މަޝްވަރާތަކުގައި ރަނގަޅު ނަތީޖާހަމައަށް ދެވިދާނެކަމަށް ކުރެވުނީ އުންމީދެއްކަމަށާއި މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު އީރާނުގެ ގައުމީ މަސްލަހަތު ހުރިހާގޮތަކުން ރައްކާތެރި ކުރެވިފައިވާ އެއްބަސްވުމެއްގައި މެނުވީ އެ ގައުމުން ސޮއި ނުކުރާނެއެވެ. އަދި އިސްރާއީލުގެ އެދުމަށް ރައީސް ޓްރަމްޕް ބޯ ލަންބަވަމުން އީރާނަށް ހަމަލާ ދެއްވަމުން ގެންދަވާއިރު މެދުއިރުމަތީގެ ގައުމުތަކުން ކުރިމަތިލާންޖެހިދާނެ ނުރައްކާތެރި ހާލަތުވެސް އަންދާޒާ ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. އީރާނުގެ ރެޖީމް ބަދަލުކުރުމަކީ އިސްރާއީލަށް ނުވަތަ އެމެރިކާއަށްވެސް ކުރެވޭނެކަމެއް ނޫންކަން މިހާރު އެނގޭހާ ދުވަސްވެއްޖެއެވެ.
އީރާނުގެ ނިއުކްލިއަރ މަޝްރޫޢާ ގުޅިގެން ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވެފައިވަނީ އީރާނަކީ ނޮން ޕްރޮލިފެރޭޝަން ޓްރީޓީގެ މެމްބަރ ގައުމަކަށްވީތީވެ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ބަރާބަރަށް އަޅަމުން ގެންދާ ކަމަށާއި އެކަމަކު އިސްރާއީލާއި އެމެރިކާގެ ހަމަލާތަކުގައި އެތަންތަން ހަލާކު ކޮށްލަމުންގެންދާއިރުވެސް އެމެރިކާއާއި އިސްރާއީލު ޒިންމާކުރުވުމަށްޓަކައި އެޓޮމިކް އެނަރޖީ އޭޖެންސީއިން ކުރެވޭ އެއްވެސް ކަމެއް ނުފެނެއެވެ. އީރާނުގެ ނިއުކްލިއަރ މަޝްރޫއު ހިންގަމުންގެންދާގޮތުގެ ހުރިހާ މައުލޫމާތެއް މި ގެންދަނީ ވިއެނާއާއެކު ހިއްސާކުރަމުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް