ޞައްދާމު ޙުސައިން ދަންޖެއްސި ހާދިސާ ފެނުނު އެކަމުގައި އުޅުނު އެމެރިކާ ސިފައިންގެ މީހެއްގެ ވާހަކަ

Loading

September 26, 2026
profile
Facebook
Twitter
WhatsApp

ޞައްދާމް ޙުސައިން އަވަހާރަކޮށްލުމުގެ ކަންތައްތަކުގައި ބައިވެރިވި އެމެރިކާގެ މީހަކު ބުނާގޮތުގައި، އޭނާ މިއަދާ ހަމައަށްވެސް މި ހާދިސާއާާމެދު ފިކުރުކޮށް ވިސްނައެވެ.

އަދި މަރާ މެދު އިސްލާމްދީން ދެކޭގޮތަކީ ކޮންއެއްޗެއްތޯ އޭނާ އަބަދުވެސް ސުވާލުކުރެއެވެ. އޭނާ ބުންޏެވެ ”ޞައްދާމަކީ ޤަދަރުކުރަންޖެހޭ ފަދަ ޝަޚުޞިއްޔަތެކެވެ. ރޭގަނޑު ދެގަޑިބައި (ގްރީންވިޗް ގަޑިން) ޞައްދާމް ޙުސައިންގެ ގޮޅީގެ ދޮރު ހުޅުވިއެވެ. ޖައްސާފައިވާ ޤަތުލުކުރުމުގެ ކަންތައްތައް ބަލަހައްޓާ ގްރޫޕުގެ އިސްވެރިޔާ އެތެރެއަށް ވަދެ، އެމެރިކާގެ ގާޑުން ދުރަށް ދިއުމަށް އަމުރުކުރިއެވެ.

އަދި އެއްގަޑިއިރުފަހުން ޞައްދާމަށް އަށް މަރުގެ އަދަބު ދޭނެކަން އެންގިއެވެ. ޞައްދާމް ކުޑަކޮށްވެސް ޖެހިލުމެއް ނުވެއެވެ. ޞައްދާމް Middle night ގައި ކުކުޅު މަހާއެކު ބަތް ގެނައުމަށް އެދުނެވެ. ދެން މާމުއި އެއްކޮށްފައިވާ ހޫނު ފެންތައް ޓެއް އެތަމުން ބެއްލެވި އެވެ ؛ މިއީ އޭނާ ކުޑައިރުއްސުރެ އާދަވެފައިވާ ބުއިމެކެވެ. ކެއުމަށްފަހު ފާޚާނާއަށް ދާން ހުށަހެޅުމުން ޞައްދާމް އެކަމަށް އިންކާރު ކުރެއްވިއެވެ.

ރޭގަނޑު ދެގަޑިބައި (2:30) ވީއިރު ޞައްދާމް ޙުސައިން ވުޟޫކުރެއްވިއެވެ (އަތާއި، މޫނާއި، ފައި ދޮވެވަޑައިގަތެވެ). އަދި ދަނޑިމައު (ހަރު) އެނދުގެ އެއްއަރިމަތީގައި އިށީނދެވަޑައިގެން ޤުރުއާން ކިޔަވާ ވިދާޅުވާން ފެއްޓެވިއެވެ. މިއީ އެމަނިކުފާނުގެ އަނބިކަނބަލުން ހަދިޔާއެއްގެ ގޮތުގައި ދެއްވި ޤުރުއާނެކެވެ. އެ ވަގުތު ޤަތުލުކުރަން ތިބި ޓީމު ދަނީ ވާގަނޑާއި تخت (ސްޓޭޖު) ޗެކުކުރަމުންނެވެ.

ގަޑިން 2:45 (ދެ ގަޑި ސާޅީސް ފަހެއް) ގައި މަރުދާޚާނާ (މަރުގެ ކޮޓަރި) ގެ ދެ މީހަކު ސަންދޯކެއް ހިފައިގެން އައިސް، ފާނދުގެ (ފާނދަށް އެރުމަށް/ފާނދުގެ) ސްޓޭޖް ކައިރީގައި ބެހެއްޓިއެވެ. ގަޑިން 2:50 ގައި صدام، ދަންޖައްސާ ކޮޓަރިއަށް ގެނެވުނެވެ.

އެތަނުގައި ހެކިންގެ ގޮތުގައި ފަނޑިޔާރަކާއި، ޝީޢީ ޢިލްމުވެރިންނާއި، ސަރުކާރުގެ މަންދޫބުންނާއި އަދި ޑޮކްޓަރަކު ވިއެވެ. ގަޑިން 3:01 ގައި ދަންޖެއްސުމުގެ މަސައްކަތް ފެށުނެވެ.

އެކަން ދުނިޔެއިން ދެއްކީ (ކަންމަތީގައި) ހަރުކޮށްފައިވާ ވީޑިއޯ ކެމެރާއިންނެވެ. އޭގެ ކުރިން ސަރުކާރުގެ އޮފިޝަލެއްވަނީ ދަންޖެއްސުމުގެ ޙުކުމް ކިޔައިދީފައެވެ.صدام حسين އެއްވެސް ބިރެއް ނެތި ސްޓޭޖްމަތީގައި ހުންނެވި އިރު، ދަންޖެއްސުމުގެ މަސައްކަތުގައި އުޅުނު މީހުން (ޖައްލާދުން) ތިބީ ބިރުގެންފައެވެ. ބައެއް މީހުން ތުރުތުރުއަޅައެވެ. އަދި އަނެއްބައި މީހުން މާފިއާ ނުވަތަ ރެޑް ބްރިގޭޑްގެ މީހުން ފަދައިން މޫނު ނިވާކޮށްގެން ތިބެވެ.

އެމީހުން ތިބީ ބިރުން ސިހިފައެވެ.އެމެރިކާގެ ސިފައިންގެ މީހަކު ބުނެއެވެ: ”صدام ހިނިތުންވެ ހުންނެވި މަންޒަރު ފެނުމުން އަޅުގަނޑު ދުއްވައިގަންނަން ބޭނުންވިއެވެ. އެ ވަގުތު އެމަނިކުފާނުގެ އެންމެ ފަހު ބަސްފުޅަކަށް ވިދާޅުވަމުން ގެންދެވީ މުސްލިމުންގެ ޝިޢާރެވެ: لا إله إلا الله محمد رسول الله. އަޅުގަނޑަށް ހީވީ ކޮޓަރީގައި ގޮވާތަކެތި ފުރިފައިވަނީ ކަމަށާއި، އަޅުގަނޑުމެން ކޮންމެވެސް ދަލެއްގައި (އަނދަގޮނޑިއެއްގައި) ޖެހުނީ ކަމަށެވެ. ސަބަބަކީ، މީހަކު އޭނާ ދަންޖެއްސުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ހިނިތުންވެދާނެ ކަމަށް ޤަބޫލު ނުކުރެވޭތީއެވެ.“

އިރާގުގެ މީހުން މި މަންޒަރު ރެކޯޑު ނުކުރި ނަމަ، އަހަރެންގެ އެމެރިކާގެ އެކުވެރިން ހީކުރާނީ އަހަރެން ހަދަނީ ދޮގު ކަމަށެވެ. ސަބަބަކީ އެއީ ޤަބޫލުކުރަން ދަތި ކަމަކަށް ވާތީއެވެ. ނަމަވެސް އޭގެ ސިއްރަކީ އޭނާ ކަލިމަ ކިޔައި، ހިނިތުންވެލި ކަމެވެ. އަހަރެން ޔަގީންކޮށްދެމެވެ، އޭނާ ޙަޤީޤަތުގައި ވެސް ހިނިތުންވިއެވެ. އެއީ ކުއްލިއަކަށް އޭނާގެ ކުރިމައްޗަށް ފާޅުވި ކޮންމެވެސް އެއްޗެއް ފެނުނު ފަދައިންނެވެ.

ދެން، ކޮންމެވެސް ނުފެންނަ ބާރަކުން އޭނާއަށް ލައިދެއްވި ފަދައިން، ސާބިތުކަމާއެކު އޭނާ އަލުން ޝަހާދަތުގެ ދެ ކަލިމަ ކިޔައިފިއެވެ.

ޞައްދާމް ޙުސައިނާ ބެހޭ ބައެއް ހަގީގަތްތައް:1- އެމަނިކުފާނަކީ އިޒްރޭލު ގެ ރަށް، ތެލް އަވީވަށް މިސައިލް ހަމަލާދިން ފުރަތަމަ ވެރިޔާއެވެ.

2- އެމަނިކުފާން ޔަހޫދީން ބިރުގަންނަވައިލި ވަރުން، ބުޅާތަކެއް ފަދައިން އެމީހުން ބަންކަރުތަކަށް ވަދެ ފިލިއެވެ.

3- ހަނގުރާމަތަކުގެ ތެރޭގައި ވެސް އޭނާ ގޮވަމުންދިޔައީ ޢަރަބި ޤައުމިއްޔަތުގެ ޝިޢާރުތަކެވެ.

4- ފަނޑިޔާރަށް ބުންޏެވެ: ”ކަލެއަށް ދަންޖައްސަން ޙުކުމް ކޮށްފައި ވަނިކޮށް، އަހަރެން ކަލެއަށް މާފުކުރި ހަނދާން އެބަހުރި ހެއްޔެވެ؟“ ފަނޑިޔާރު ބިރުގަނެ، އިސްތިއުފާ ދިނެވެ. އެއަށްފަހު (އާ ފަނޑިޔާރަކަށް) رعوف ގެނެވުނެވެ.

5- އޭނާ ބުންޏެވެ: ”އޭ ތިޔަ ކާފިރުންނޭވެ! އަހަރެމެން މަރު ދަސްކުރީ މަދަރުސާތަކުންނެވެ. ދެން މިއަދު މުސްކުޅިވީމާ އެއަށް ބިރުގަންނަންވީ ހެއްޔެވެ؟“

6- އޭނާ ސީރިޔާ އާއި ލުބުނާނަށް ބުންޏެވެ. އަހަރެންނަށް އެއް ހަފުތާއަށް ތިޔަ ޤައުމުތަކުގެ ބޯޑަރުތައް ދޭށެވެ، އަހަރެން ފަލަސްޠީން މިނިވަންކޮށްދޭނަމެވެ.“❣️

ދަންޖެއްސުމުގެ އެންމެ ފަހު ވަގުތުކޮޅު، އެމެރިކާގެ އޮފިސަރަކު ޞައްދާމާ ސުވާލުކުރިއެވެ . ”ކަލޭގެ އެންމެ ފަހުގެ އެދުމަކީ ކޮބައިހެއްޔެވެ؟“ޞައްދާމް ވިދާޅުވި އެވެ. އަހަރެން ލައިއުޅޭ ކޯޓު ގެނެސްދޭށެވެ. އޮފިސަރު ބުންޏެވެ . ”ބޭނުންވަނީ ހަމައެކަނި ތިޔަކަން ހެއްޔެވެ؟ އެކަމަކު ކީއްވެގެން ހެއްޔެވެ؟“ޞައްދާމް ޖަވާބުދެއްވިއެވެ . އިރާގުގައި ހެނދުނު ވަގުތަކީ ފިނި ވަގުތެކެވެ. އަހަރެންގެ ހަށިގަނޑު ފިންޏާހުރެ ތެޅެވިގަނެ، އެމީހުންގެ ލީޑަރު މަރަށް ބިރުގަތީ ކަމަށް އަހަރެންގެ ޤައުމުގެ މީހުން ހީކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ.“ދަންޖެއްސުމުގެ ކުރިން އޭނާގެ ދޫމަތިން ފެނުނު އެންމެ ފަހު ބަސްތަކަކީ ޝަހާދަތުގެ ދެކަލިމައެވެ.

އަދި އޭނާ ޢަރަބި ވެރިންނަށް ބުނެފައިވެއެވެ: ”އަހަރެން ދަންޖައްސާނީ އެމެރިކާއިންނެވެ. ނަމަވެސް ތިޔަބައިމީހުން ދަންޖައްސާނީ ތިޔަބައިމީހުންގެ އަމިއްލަ ރައްޔިތުންނެވެ.“ މިއީ އާދައިގެ ޖުމްލައެއް ނޫނެވެ، މިއަދު އެއީ ހަޤީޤަތެކެވެ. މި ހިތްވަރުގަދަ އަބްޠާލަށް الله ރަޙުމަތްލައްވާށިފައެވެ. މި ލިޔުން ކިޔައި ނިމިއްޖެނަމަ، އެމަނިކުފާނުގެ ޝަހީދު ފުރާނަފުޅަށް ﷲ ބަރަކާތް މިންވަރުކޮށްދެއްވުމަށް އެދި ދުޢާ ކުރެއްވުމާއެކު ރަސޫލާ محمد صلّى اللَّه عليه وسلّم ގެ މައްޗަށް صلوات ކިޔުއްވުން އެދެމެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް