އއ. ތޮއްޑޫއިން 107 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި އެ މީހުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ އާންމުންގެ ގިނަ ޝަކުވާތަކެއް ލިބެމުންދިއުމާ ގުޅިގެން، ތޮއްޑޫއަށް އަމާޒުކޮށްގެން ޓާސްކްފޯސްއިން ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު 6:00ން 4:00ށް ހިންގި މި އޮޕަރޭޝަނުގައި ޖުމްލަ 507 ބިދޭސީއަކު ބަލައިފާސްކޮށްފައި ވާކަމަށް އެ އިދާރާއިން ބުނެއެވެ.
ދަނޑުވެރިކަމަށް މަޝްހޫރު ތޮއްޑޫގައި، އެ ދާއިރާގެ އިތުރުން ގެސްޓް ހައުސް ވިޔަފާރީގައާއި އަދި އެހެނިހެން މަސައްކަތްތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ދަނީ ހަރަކާތްތެރިވަމުންނެވެ.
މިއީ ފަހަކަށްއައިސް އެއް ރަށަކުން އެއްފަހަރާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މިހާ ގިނަ އަދަދެއްގެ ބިދޭސީން ގެންދިޔަ ފުރަތަމަ ފަހަރެވެ.
![]()
