ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އިސްތިއުފާދެއްވައިފި

Loading

September 14, 2026
profile
Facebook
Twitter
WhatsApp

ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމުގައި ހުންނެވި ޢަބްދުﷲ ނާޡިމް އިބްރާހީމް މިއަދު އިސްތިއުފާ ދެއްވައިިފިއެވެ.

ނާޡިމް އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ ޖޫން މަހުއެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ވަޒީރުންގެ ފެންވަރުގައެވެ.

ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ވެރިކަމުގައި ޞިއްޙީ ވަޒީރުގެ މަގާމު އަދާކުރެއްވި ކުރެއްވި ނާޡިމް، މި ސަރުކާރުގައި ފުރަތަމަ ހުންނެވީ ރައީސް އޮފީހުގެ އިސް މަގާމެއްގައެވެ. އެއަށްފަހު ޞިއްޙީ ވަޒީރުގެ މަގާމަށް ސެޕްޓެމްބަރު 30, 2024ގައި ވަނީ އައްޔަން ކުރައްވާފައެވެ.

އެއަށްފަހު މިއަހަރުގެ އޭޕްރީލް މަހު އެ މަގާމުން އިސްތިއުފާދެއްވިއެވެ. އޭގެ ފަހުން މިއަދާ ހަމައަށް ހުންނެވީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމުގައެވެ.

ޢަބްދުﷲ ނާޡިމް އެ މަގާމުން އިސްތިއުފާދެއްވި ވަކި ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

Loading

One Response

  1. ވަކިވަރަކަށް ދޯ ވިދާޅުވިޔަސް ރައްޔަތުންނަށް ދޮގުހެދޭނީ ؟ ނާޒިމަށް އުނދަގުވާނެ ދޮގުގެވެސް ބުހުތާން ދޮގުހަދަން. ދެންވާނެއެތި އެވީއެވެ. ޕޕމ ގައި ތިބި ޕައިރެޓުންނަށް ޕނސ ގައި އުޅެވޭނީ. އެއީ ތިވާގޮތަކީ. ދެންހަމަ ޕޕމ ގެ މީހުނަސް އޮތީ ޕީނސ އާއި ގުޅިގެން ކުރިޔަށް ގެންދިއުމެވެ. އެހެނީ ޕޕމ އަކީ ފިކުރެކެވެ. ޕނސ އައީ ޓިނު ގުރޫޕްގެ ފިކުރެވެ. މަވާ ސަލާމް !

Leave a Reply

ފަހުގެ އަޕްޑޭޓް