ރޮކެޓް ބޭނުންކޮށްގެންވެސް އީރާނުން ހޮރްމުޒް ކަނޑުއޮޅީގައި މައިން އަޅާފާނެ

Loading

September 4, 2026
profile
Facebook
Twitter
WhatsApp

އެއް މަސްދުވަސް ވާންދެން އީރާނަށް ހަމަލާއެއް ނުދީ ހަމަހިމޭނުން ތިބުމަށްފަހު އީރާނުން ރޮކެޓް ބޭނުންކޮށްގެން ހޮރްމުޒް ކަނޑުއޮޅިގައި މައިން އަޅާފާނެތީވެ މިދިޔަ އާދިއްތަ ދުވަހު އީރާނުގެ ލަރާކް ޖަޒީރާގެ މިލިޓްރީ ޓާރގެޓްތަކަށް އަމާޒުކޮށް އެމެރިކާއިން ހަމަލާދީފިއެވެ. އެމެރިކާއިން ލަރާކް ޖަޒީރާއަށް ދީފައިވާނީ ކޮންމެހެން ހަލާކުކޮށްލަން ބޭނުންވާ މައިން އަޅަން ބޭނުންކުރާ މިލިޓްރީ ވަސީލަތްތަކަށް ކަމުގައި އެމެރިކާގެ އޮފިޝަލުން ބުނެފައިވެއެވެ. އެމެރިކާ ނޭވީން އީރާނުގެ ބަނދަރުތަކާއި ހޮރްމުޒް ކަނޑުއޮޅި ހިމެނޭ ސަރަހައްދު ބަނދުކޮޤގެން އުޅޭތީވެ އީރާނުގެ އިންގިލާބީ ލަޝްކަރުން ރޮކެޓް ބޭނުންކޮށްގެން މައިން އަޅަން ތައްޔާރު ވަމުންދާކަން އެނގިފައިވާކަން ސެންޓްރަލް ކޮމާންޑުގެ ތަރުޖަމާނު ޓިމް ހައުކިންސް ބުނެފައިވެއެވެ. އެކަމަކު ރޮކެޓް ބޭނުންކޮށްގެން މައިން އެޅިދާނެތޯ ސުވާލު އުފެދޭކަމަށް އެމެރިކާ ނޭވީންގެ އިސް މަގާމުތަކުގައި ކުރިން މަސައްކަތްކޮށްފައިވާ ހަރްލަން އުލްމަން އަލްޖަޒީރާއަށް ކިޔާދީފައިވެއެވެ. އަދި އަހަރެންނަށް ދަސްވެފައިވާ ގޮތުގައި މައިން އުފުލާ ރޮކެޓް މޫދަށް ޖެހިގަންނަވަގުތު އަރާ ލޮޅުމުގައި މައިނަށް ގެއްލުންތަކެއް ލިބޭނެއެވެ. ހޮރްމުޒް ކަނޑުއޮޅިގައި މައިން އަޅާނެ އެތައް ގޮތެއް އީރާނަށް އެނގޭނެއެވެ. އަދި އެ ވަސީލަތްތައްވެސް ހުރީ އީރާނަށް ލިބިފައެވެ. ސެންޓްރަލް ކޮމާންޑުން ބުނެފައިވާގޮތައް އީރާނުން ރޮކެޓް ބޭނުންކޮށްގެން މައިން އެޅުމަކީ އާދަޔާ ޚިލާފް މޮޅު ކަމެކެވެ. އެކަމަކު އީރާނުން އެކަންކުރާގޮތް ސެންޓްރަލް ކޮމާންޑުންއޮޅުންފިލުވާދޭނެނަމަ އެއީ މިހާތަނަށް އަދި ދަސްނުވެ އޮތް ފިލާވަޅަކަށް ގިނަ މައުލޫމާތު ތަކެއް ލިބޭނެއެވެ. އެ ދުވަހަކާ ހަމަޔަށް އެވާހަކަ ގަބޫލެއް ނުކުރެވޭނެއެވެ. އަދި އެއީ ހަގީގަތެއްނަމަ އީރާނަށް ސެލިއުޓް ކުރަންޖެހެއެވެ.                 

އާންމުގޮތެއްގައި މައިން އަޅަންބޭނުންކުރަނީ އެކަމަށް ޚާއްސަކުރެވިފައިވާ ކަނޑުގައި ދުއްވާ އުޅަނދުފަހަރާއި ސަބްމެރިން އަދި މަތިންދާ ބޯޓު ފަހަރެވެ. ކަނޑު އަޑިއައަށް ފައްތާލުމަށްފަހު ނުވަތަ ކަނޑުގެ އެންމެ އަޑިއަށްވުރެންތަންކޮޅެއް މަތީގައި ނަގިއްޔެއްގައި ހަރުކޮށްލުމެވެ.އަދި ބައެއްފަހަރު ދެފެންދޭތެރޭގައި އޮޔާދެމެގޮތަށް ފޮރުވާފައިވެސް ބޭއްވެއެވެ. އޭގެމަތިން ކަނޑުގައި ދުއްވާ އުޅަނދެއް ދަތުރުކުރުން އުފެދޭ ވައިބްރޭޝަންގައި ނުވަތަ އޭގައި ޖެހުމުން މައިންގެ ދަގަތްފާނު ހަރަކާތްތެރިވެ ގޮވަނީއެވެ.                          

ހައިރާންކުރުވާ ކަމަކީ 2025 ޖެނުއަރީގައި އީރާނުގެ އިންގިލާބީ ލަޝްކަރުގެ ތަމްރީނު ޕްރޮގްރާމްތަކުގައި ފަޖުރް ނަންދީފައިވާ މަލްޓިޕްލް ލޯންޗް ރޮކެޓް ސިސްޓަމް ބޭނުންކޮށްގެން މައިން އަޅަމުންގެންދާކަން ގައުމީ ޓެލިވިޒަނުން އިއުލާންކޮށްފައި ވުމެވެ.                                                       

ފަޖްރު 3-ސީ މަރުކާގެ ރޮކެޓްގައި ވަރަށް މޮޅަށް އޭގެ 130 ކިލޯމީޓަރުގެ އަމާޒަށް ދަތުރުކުރުމުގެ ނެވިގޭޝަން ވަސީލަތް ގާއިމްކޮށްފައި ހުންނާނެއެވެ. އެހެންނަމަވެސް ކަނޑުގައި މައިން އެޅުމަށް އީރާނުން ފަޖްރު-5 ނުވަތަ އެހެން ރޮކެޓް ސިސްޓަމެއް ބޭނުންކުރި ވާހަކަވެސް ބުނެފައެއް ނުވެއެވެ.                         

 

.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް