13 އަހަރުގެ ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއްގައި ފިރިހެނަކު ހައްޔަރުކޮށްފި

Loading

September 4, 2026
profile
Facebook
Twitter
WhatsApp
Maldives Dhivehi News

ދެކުނުގެ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާކޮށް އަނިޔާކުރި މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި، އިތުރުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ އިތުރުން ޖިސްމާނީ އަނިޔާއާއި ނަފްސާނީ އަނިޔާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް 2026 އޮގަސްޓް 31 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.

އަދި މި މައްސަލައިގެ ތުހުމަތުގައި 2026 ސެޕްޓެންބަރު 3 ވަނަ ދުވަހު 41 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އެކުއްޖާގެ ދޮންބައްޕަ ކަމަށާއި އެއީ ކޮޅުމަޑުލަށް ނިސްބަތްވާ މީހެއް ކަމަަށް ބައެއް ދުވަހު ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

މިކަމާ ގުޅިގެން، މި ހާދިސާ ހިނގާފައިވާ ރަށުގައި ރައްޔިތުން ނުކުމެ އެމީހާއާ ދެކޮޅަށް އަޑުއުފުލަމުންދާކަމުގެ ޚަބަރުތައް ދަނީ ލިބެމުންނެވެ.

މި މައްސަލާގައި އެމީހާ ހައްޔަރުކޮށްފައިވާއިރު، މައްސަލައާ ގުޅިގެން ހިންގަންޖެހޭ ތަހުގީގުތައް ކުރިއަށްދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް