އީރާނު ހަނގުރާމަ ދިގުދަންމާލުމުގެ ނުރައްކާ މިލިޓްރީ އިސްވެރިންގެ ދުލުން ދިފާއީ ވަޒީރަށް

Loading

Facebook
Twitter
WhatsApp

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންގެންދާ ހަނގުރާމަ ދިގު ދެމިގެންދާނަމަ އެމެރިކާގެ އެތެރޭންނާއި ބޭރުންވެސް އަތުވެދާނެ މިލިޓްރީ ހަރަކާތަކަށް ކުރިމަތިލުމުގެ ގާބިލުކަން އެމެރިކާ މިލިޓްރީގައި ނެތިގެން ހިނގައިދާނެކަމަށް ގިނަ އަދަދެއްގެ މިލިޓްރީ އިސް ލީޑަރުން ދިފާއީ ވަޒީރު ހެގްސެތަށް އިންޒާރު ދީފިއެވެ. ދިފާއީ ވަޒީރަށް އިންޒާރު ދެއްވި މިލިޓްރީ އިސް ލީޑަރުންގެ ތެރޭގައި އެމެރިކާގެ އެއްގަމާއި ކަނޑު އަދި ވައިގެ ސިފައިންގެ އެންމެ އިސްވެރިންނާއި ޔޫރަޕް އާއި ލެޓިން އެމެރިކާ އަދި އޭޝިއާގެ މިލިޓްރީ ހާލަތު ދިރާސާ ކުރަމުންގެންދާ އެމެރިކާއަށް ނިސްބަތް ކުރެވޭ ހަތަރު ތަރީގެ ގިނަ ޖެނެރަލުން ހިމެނޭ ކަމަށްމައުލޫމާތު ރަނގަޅަށް އެނގޭ ބަޔަކު އެކަމަކު ވަނަވަރު ސިއްރުކުރުން ޝަރުތުކޮށް ވޯޝިންގޓަން ޕޯސްޓަށް ކިޔާދީފައި ވެއެވެ. އެމީހުން ކިޔާދީފައިވާ ގޮތުގައި އެ މައުލޫމާތުތައް ހާމަކޮށްފައިވަނީ ސެކްރެޓަރީ އޮފް ޑިފެންސް އޯޑަރ ބުކް( އެސް ޑީ އޯ ބީ ) ގެ 14 ވަނަ ނަންބަރުގައެވެ. އެސް ޑީ އޯބީ އަކީ މަހަކު ދެފަހަރު ޝާއިއު ކުރާ ލިއެކިއުމެކެވެ.                    

އެސް ޑީ އޯ ބީ އިން މަހަކު ދެފަހަރު އެމެރިކާގެ މަނަވަރު ތަކާއި ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި އެހެނިހެން ހަތިޔާރު ލިބެންހުރި މިންވަރާއި މިލިޓްރީން ގެ ހާލަތު  ބަޔާންކުރާނެއެވެ. އަދި މިލިޓްރީގެ އިސް ޖެނެރަލުންނާއި އެޑްމިރަލް އިންގެ ރައުޔާއެކު ބާރުގެ ބޭނުން ކުރުމާމެދު ރައީސްގެ ނިންމުންތައްވެސް ހާމަކުރާނެއެވެ.        

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ އެއްވެސް ކާމިޔާބީއެއް ހާސިލު ކުރެވިފައިނެތަސް ބޭނުން ކޮންމެ ކަމެއް ކުރެވިދާނެކަމަށްދެކި ހޮރްމުޒް ކަނޑުއޮޅި ހުޅުވަން އީރާނަށް ފިއްތުން ކުރިމަތިކުރަމުން އެމެރިކާގެ ބައިލައްކަ ސިފައިން ރައީސް ޓްރަމްޕްގެ އޯޑަރކަށް މެދުއިރުމަތީގައި އެ ތިބެނީ އިންތިޒާރުގައެވެ. އެ ލަޝްކަރުތައް 2027 ވަނައަހަރު ސެޕްޓެމްބަރ އާ ހަމަޔަށްވެސް މެދުއިރުމަތީގައި ތިބެންޖެހުމަކީ މިލިޓްރީ އިސް ލީޑަރުން އެންމެ ޖެހިލުންވާ ކަންތަކެވެ. އަދި ސިފައިން ބޭއްތިއްބުމުގައި ހުރި ނުރައްކާތެރިކަމަށްޓަކައި އެއްވެސް ހާލެއްގައި މިލިޓްރީ ލީޑަރުންގެ ރުހުން ދިފާއީ ވަޒީރަށް ނުދެވޭނެކަމަށް ބުނެފައިވެއެވެ. މިހާތަނަށް އެމެރިކާއިން ރަނގަޅު ނަތީޖާއަކާ ހަމަޔަށް ނުދެވި 6 މަސް ދުވަހު އީރާނާ ދެކޮޅަށް ހަނގުރާމަކުރަން ޖެހުމަކީވެސް ބަލާގަނެވޭނެ ކަމެއް ނޫނެވެ. އަދި ހަނގުރާމައިގައި އެމެރިކާއަށް ލިބެމުންދާ ގެއްލުންތައް ސިއްރުކުރަން މަސައކަތްކުރުމާއެކު ޓްރަމްޕް އެޑްމިނިސްޓްރޭޝަނުން ބޭނުންވަނީ އެމެރިކާއިން ބޭނުންވާ ޝަރުތުތަކުގެ މައްޗަށް ހަނގުރާމަ ނިންމުމަށެވެ.                                                             

ހަނގުރާމައިގެ ތެރޭގައި ކަންތައް ހިނގަމުންދާ ގޮތާއިބެހޭގޮތުން ޕެންޓަގަނުން ހަގީގަތް ހާމަކުރާކަށް ބޭނުމެއް ނުވެއެވެ. ދިފާއީ ވަޒީރުގެ އޮފީހަށް ހުށައެޅޭ ސުވާލުތަކާ ބެހޭގޮތުން ޗެއާރމަން އޮފް ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް ޑަން ކެއިން އަދިމިލިޓްރީންގެ ތަރުޖަމާނުވެސް ވާހަކަ ދައްކަން ބޭނުމެއް ނުވެއެވެ.             

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންގެންދާ ހަނގުރާމަ ނިމޭނެ ދުވަހެއް ނޭންގޭތީވެ ކުރިއަށް އޮތްތަނުގައި މިހާރު ފޯރުކޮށްދޭ ފެންވަރުގައި ނޭވީންގެ ޚިދުމަތް ނުދެވޭނެކަމަށް ކަނޑު ސިފައިންގެ ވެރިޔާ އެޑްމިރަލް ޑެރިލް ކައުޑިލް ވަނީ ދިފާއީ ވަޒީރަށް އަންގާފައެވެ. އީރާނުގެ ހަމަލާތައް ހުއްޓުވުމާއި އީރާނަށް ހަމަލާ ދިނުމާއި އީރާނުގެ ބަނދަރުތައް ބްލޮކް ކުރުމަށް ނޭވީންގެ ގިނަ އުޅަނދުތަކެއް މުއްދަތެއް ނޭންގޭ ގޮތުގައި ބޭނުންކުރަންޖެހުމަކީ ނޭވީންނަށް އުފުލޭ ވަރުގެ ބުރައެއް ނޫންކަމަށްވެސް އެޑްމިރަލް އަންގާފައިވެއެވެ. އަދި އީރާން ހަނގުރާމަ ދިގުލައިގެންދާނަމަ އުޅަނދުފަހަރު މަރާމާތުކުރުމަކީވެސް ބޮޑު މައްސަލައަކަށް ވެގެންދާނެއެވެ.             

ރައީސް ޓްރަމްޕްގެ ސަރުކާރުން އެއްބަސް ނުވިޔަސް އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ އެމެރިކާ މިލިޓްރީގެ ޕެޓްރިއަޓް މިސައިލް އިންސެޕްޓަރތަކުން ގިނަ އަދަދެއް ބޭނުންކުރެވި އަދި ބައެއް އިންޓަރސެޕްޓަރ ޔޫކްރެއިނަށް ހަދިޔާކުރެވިފައިވުމާއެކު އީރާނުން ކާމިޔާބީއާއެކު މެދު އިރުމަތީގައިހުރި އެމެރިކާގެ މަސްލަހަތުތަކަށް ދެމުންގެންދާ ހަމަލާތައް ހުއްޓުވޭނެ ގޮތެއް ނެތެވެ. އެމެރިކާގެ ޓަރމިނަލް ހައި އޮލްޓިޓިއުޑް އޭރިއާ ޑިފެންސް އިންޓަރސެޕްޓަރ ތަކުންވެސް ގިނަ އަދަދަކާއި ދުރު ރާސްތާ ޓޮމާހައުކް މިސައިލް އީރާން ހަނގުރާމައިގާ ވަނީ ބޭނުންކުރެވިފައެވެ. އަދި އަގުބޮޑު އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރުނަތިޖާއެއް ނުނެރެވި ބޭނުންކުރެވި އަގު ބޮޑު ރީޕަރ ޑްރޯންތައް ވެސް ވަނީ ހުސްވުމަކާ ކައިރި ވެފައެވެ.                              

  

Loading

Leave a Reply

ފަހުގެ އަޕްޑޭޓް