ހުޅުމާލޭ އެކްސިޑެންޓު: ހާދިސާގައި ހާލުބޮޑުވި ކުއްޖާ ނިޔާވެއްޖެ

Loading

September 1, 2026
profile
Facebook
Twitter
WhatsApp

ހުޅުމާލެ ފޭސް 2، ހިތިގަސްމަގު، ވިނަރެސް 7 ކައިރީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ހާލުބޮޑުވި އުމުރުން 9 އަހަރުގެ ކުއްޖާ ރޭ ފަތިހު ނިޔާވެއްޖެއެވެ.

އެކްސިޑެންޓު ހިނގުމާއެކު އެކުއްޖާ ފުރަތަަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. ނަމަވެސް ފަހުން އިތުރު ފަރުވާ ދިނުމަށްޓަކައި ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. ހޮސްޕިޓަލަށް ގެންދިޔައީރުއްސުރެ އެ ކުއްޖާއަށް ފަރުވާދެމުން އައީ ވެންޓިލޭޓަރުގައެވެ. 

މި އެކްސިޑެންޓު ހިނގާފައިވަނީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް 7 ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އެރުމަށް މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ.

ފުލުހުން ބުނީ އެ އިދާރާއަށް އެ ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ 2026 އޮގަސްޓް 29 ވަނަ ދުވަހުގެ ރޭ 21:04ގައި ކަމަށެވެ.  

ނިޔާވި ކުއްޖާއަކީ މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލުގެ ފަހަތުގައި އިން ކުއްޖާއެވެ. މި އެކްސިޑެންޓުގައި ދެން އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ އަންހެން ކުއްޖާއަށެވެ. 

މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ވަނީ ދެ ކާރެއް ޓޯކޮށްފައެވެ. ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށްޓަކައި ޓޯކޮށްފައިވަނީ އެކްސިޑެންޓު ހިނގި ސަރަހައްދުގައި އޮތް ރީނދޫކުލައިގެ ކާރަކާއި ހުދުކުލައިގެ ކާރެކެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް